Advertisement
ކ. މާލެ
|
24 ޑިސެންބަރ 2023 | އާދީއްތަ 09:28
އދ. ދިގުރަށް
އދ. ދިގުރަށް
ވިޒިޓް މޯލްޑިވްސް
ދިގުރަށުން މަރުވެފައި އޮތް ކުއްޖާ
ޕޯސްޓްމޯޓަމް ހެދުމަށްފަހު ދިގުރަށު ކުނިގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި
މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ ލަންކާ އަންހެނެއް

ޕޯސްޓްމޯޓަމް ހެދުމަށްފަހު އދ. ދިގުރަށު ކުނިގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.

އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އިންޑިއާއަށް ފޮނުވީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން އދ. ދިގުރަށުގައި ވިހެއުމަށްފަހު ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ މައްސަލައިގައި ތުހުމަތުކުރެވޭ އަންހެންމީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Advertisement

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ކުއްޖާގެ މަންމައެވެ. ސްރީލަންކާއަށް ނިސްބަތްވާ އެ އަންހެން މީހާ ހައްޔަރު ކުރީ ލަންކާއަށް ދިއުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުއްޓައެވެ.

ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތްތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ޑިސެމްބަރު ތިން ވަނަ ދުވަހުގެ ހެނދުނު 09:20 ހާއިރުއެވެ. ކުއްޖާ ފެނުނު އިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ރަށުން މައުލޫމާތު ދިން މީހަކު ބުނިގޮތުގައި އެކުއްޖާ ފެނިފައިވަނީ ގޮނޑަށް ގޮސް، ކުނި ވަކިކުުރުމުގެ މަސައްކަތުގައި އުޅުނު ބަޔަކަށެވެ. ކުއްޖާ އޮތީ ކަޅު ކޮތަޅުގެ 3 ކޮތަޅަށް ލާފައިކަމަށް އެ ރަށުން މީހަކު "ރާއްޖެއެމްވީ" އަށް ކިޔާދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް