ކ. މާލެ
|
14 ޑިސެންބަރ 2023 | ބުރާސްފަތި 12:16
އާސަންދަ
އާސަންދަ
އާސަންދަ
ދަރިން ހޯދުމަށް ކުރާ ފަރުވާ
ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާ އާސަންދަ ސްކީމުގައި ހިމެނޭ ގޮތަށް ޤަވާއިދު އިސްލާޙުކޮށްފި
ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާއާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދޭންވާނީ އެކަމަށް ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން
މި އުސޫލު އާންމުކޮށް ޝާއިޢު ކުރަންވާނެކަމަށްވެސް ބަޔާންކޮށްފައިވޭ

ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާ އާސަންދަ ސްކީމުގައި ހިމެނޭ ގޮތަށް، ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ޤަވާއިދު އިސްލާޙުކޮށްފިއެވެ.

ބުރާސްފަތި ދުވަހު މި އިސްލާޙަށް އަމަލު ކުރަން ފަށާފައިވާއިރު، ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާ (އިންފާޓިލިޓީ) އަކީ އާސަންދަ ސްކީމުގެ ދަށުން ލިބިނުދެވޭނެ ޚިދުމަތެއްގެ ގޮތުގައި ލިސްޓުކޮށްފައިވާ ބައި ވަނީ އުވާލާފައެވެ.

Advertisement

އަދި ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާއާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދޭންވާނީ އެކަމަށް ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ކަމަށާއި، އަދި މި އުސޫލު އާންމުކޮށް ޝާއިޢު ކުރަންވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، އެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ނ) ގައި ސްކީމުގެ ދަށުން ލިބި ނުދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ޚިދުމަތްތައް ފިޔަވައި ދެން ހުރި ޚިދުމަތްތައް އެކަމާ ގުޅިގެން ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ފޯރުކޮށްދެވިދާނެ ކަމަށާއި، އަދި މި އުސޫލުތައްވެސް އާންމުކޮށް ޝާއިޢު ކުރަންވާނެކަމަށް އަލަށް ގެނައި އިސްލާޙުގައި ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް