އާސެނަލްގެ އެއްވެސް ކުޅުންތެރިއަކަށް ޓީމުގައި އަބަދު ދެމިހުރެވޭނެ ކަމުގެ ޔަގީންނުދެވޭނެ ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
އާޓެޓާ މިހެން ބުނީ އެ ޓީމުގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް ވިއްކާލަން ތައްޔާރުވަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުންނެވެ.
އޭނާ މި ކުލަބުގައި އަހަރުމެންނާއެކު ހުރުމަކީ އަހަރެން އެދޭގޮތް. އެކަމަކު އެއްވެސް ކުޅުންތެރިއަކު އަންނަ ޖެނުއަރީ ޓްރާންސްފާގައި ނުވިއްކާނެ ކަމުގެ ޔަގީންކަމެއް ނުދެވޭނެ. އަދި އެއްވެސް ކުޅުންތެރިއަކު ތިން އަހަރު ވަންދެން މި ޓީމުގައި ހުންނާނެ ކަމުގެ ޔަގީންކަމެއް ވެސް ނުދެވޭނެއާޓެޓާ
އޭނާ އަދި ބުނީ އާސެނަލްގައި މިދިޔަ ސީޒަނުގައި މޮޅަށް ކުޅުނު ކީޕަރުގެ ފޯމް މި ސީޒަނުގައި ރަނގަޅު ކުރަންޖެހޭ ކަމަށެވެ. ރަމްސްޑޭލް މިވަގުތު އިންނަނީ ގިނައިން ބެންޗުގަ އެވެ. އޭނާގެ ބަދަލުގައި އެއްވަނަ ކީޕަރުކަން ކުރަނީ ރާޔާ އެވެ. އޭނާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.