Advertisement
ކ. މާލެ
|
24 ނޮވެންބަރ 2023 | ހުކުރު 22:29
ސްކޫލް ކުދިންތަކެއް އިމްތިހާނު ހަދަނީ
ސްކޫލް ކުދިންތަކެއް އިމްތިހާނު ހަދަނީ
އެޑިއުކޭޝަން މިނިސްޓްރީ
ގްރޭޑް 10ގެ ދެވަނަ ޓާމް ޓެސްޓް ރޯދައިގެ ކުރިން ބާއްވަން އަންގައިފި
މިގޮތަށް ނިންމާފައިވަނީ ސްކޫލްތަކުން އެދިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނޭ
އަންނަ އަހަރުގެ ފެބްރުއަރީ 25 އާއި މަރޗު 14 އާ ދެމެދު ޓާމް ޓެސްޓް ބާއްވަން ވަނީ އަންގާފައި

ގްރޭޑް 10ގެ ދަރިވަރުންގެ ދެވަނަ ޓާމް ޓެސްޓް ރޯދައިގެ ކުރިން ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން މިގޮތަށް އެންގީ ބުރާސްފަތި ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ފޮނުވި ސަރކިއުލާއެއްގައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް އާސިފު ރަޝީދު ސޮއިކުރައްވައި ސްކޫލްތަކަށް ފޮނުއްވި އެ ސާކިއުލާގައި ބުނީ މިގޮތަށް ނިންމީ ގްރޭޑް 10ގެ ކުދިންގެ ދެވަނަ ޓާމް ޓެސްޓް، އަންނަ ރޯދަމަސް ފެށުމުގެ ކުރިން ބާއްވަން ސްކޫލްތަކުން މިނިސްޓްރީގައި އެދެމުން އަންނަތީ ކަމަށެވެ.

Advertisement

ސްކޫލްތަކުގެ އެދުމުގެ މަތިން، ގްރޭޑް 10ގެ ކުދިންގެ ދެވަނަ ޓާމް ޓެސްޓް އަންނަ އަހަރުގެ ފެބްރުއަރީ 25 އާއި މަރޗު 14 އާ ދެމެދު ބާއްވަން ވަނީ އަންގާފައެވެ.

ރޯދަމަސް ފެށޭނީ އަންނަ އަހަރުގެ މަރޗު 10 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް