Advertisement
ކ. މާލެ
|
10 ޖުލައި 2025 | ބުރާސްފަތި 17:37
ވަށަފަރު ސްކޫލުގެ ސީލިންގުން ބައެއް ވެއްޓުން: ދެ ދަރިވަރަކަށް ވަނީ އަނިޔާވެފަ
ވަށަފަރު ސްކޫލުގެ ސީލިންގުން ބައެއް ވެއްޓުން: ދެ ދަރިވަރަކަށް ވަނީ އަނިޔާވެފަ
ސޯޝަލް މީޑިއާ
ވަށަފަރު ސްކޫލުގެ ސީލިންގުން ބައެއް ވެއްޓުން
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
ހއ. ވަށަފަރު ސްކޫލުގައި ސީލިންގުން ބައެއް ވެއްޓި އެ ރަށުގެ ގްރޭޑް 9 ގައި ކިޔަވާ ދެ ދަރިވަރަކަށް ވަނީ އަނިޔާވެފަ

ހއ. ވަށަފަރު ސްކޫލު ކްލާސްރޫމެއްގައި ސީލިންގުން ބައެއް ވެއްޓި، ކިޔަވަން ތިބި ދަރިވަރުންތަކަކަށް އަނިޔާވެއްޖެ އެވެ.

ވަށަފަރު ސްކޫލުގައި މި ހާދިސާ ހިނގީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެވެ.

ބުރާސްފަތި ދުވަހު ހެނދުނު ހިނގި އެ ހާދިސާގައި އެ ސްކޫލުގައި ކިޔަވަމުން ދިއަ ދެ ދަރިވަރަކަށް އަނިޔާވެގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އޭގެ ތެރެއިން އެއް ކުއްޖެއްގެ ކޮނޑުހުޅަށް ތަދުވާތީ އިތުރު ފަރުވާއަށް ހއ. ދިއްދޫ ހޮސްޕިޓަލަށް ވެސް ވަނީ ގެންގޮސްފައެވެ. އެ ކުއްޖާ އެ ރަށު ހޮސްޕިޓަލަށް ގެންދިއައީ ކޮނޑުހުޅަށް ތަދުވާތީ އެކްސްރޭއެއް ނަގާލަން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އެހެން ނަމަވެސް މިހާރު އެ ދެ ދަރިވަރު ވެސް ގެއަށް ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވީ ގްރޭޑް 9 ގައި ކިޔަވާ ދެ ދަރިވަރަކަށެވެ.

މިނިސްޓްރީން ބުނީ ސީލިންގު ވެއްޓުނު އިމާރާތަކީ އެ ސްކޫލްގައި އެންމެ ފަހުން އިމާރާތްކޮށް ބޭނުންކުރަން ފެށި ތަން ކަމަށެވެ. އަދި މީގެ ފަސް އަހަރު ކުރިން، 2020 ވަނަ އަހަރު ބޭނުން ކުރަން ފެށި އެ އިމާރާތުގެ ސީލިންގުގައި މައްސަލަތަކެއް އުޅޭކަން ފާހަގަވެގެން އެކަން މިނިސްޓްރީއަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.

މިކަމާއި ގުޅިގެން އެ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގީ ސީލިންގުން ހަލާކުވެފައިވާ ތަން މަރާމާތަށް އެއްޗެހި ގެންގޮސް ހުއްޓާ ކަމަށެވެ.

ވަށަފަރު ސްކޫލުގައި ޖުމްލަ 85 ދަރިވަރުން އަންނަނީ ތައުލީމު ހާސިލް ކުރަމުންނެވެ.

- ކޮމެންޓް