ކ. މާލެ
|
21 ނޮވެންބަރ 2023 | އަންގާރަ 18:41
ނަދީމް މަރާލި މައްސަލައިގައި، ދައުވާ އުފުލާފައިވާ މީހުން
ނަދީމް މަރާލި މައްސަލައިގައި، ދައުވާ އުފުލާފައިވާ މީހުން
ރާއްޖެއެމްވީ
ނަދީމުގެ މަރުގެ މައްސަލަ
ނަދީމުގެ މަރުގެ ދައުވާގެ ލިބޭ މީހުން ބަންދުކުރަން އަމުރެއް ނުކުރެވޭނެ: ހައިކޯޓު
ހައި ކޯޓުން ނިންމީ އިސްތިއުނާފް މަރުހަލާގައި މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމާ މެދު އަމަލުކުރާނެ އިޖްރައާތެއް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ބަޔާންވެފައި ނެތް ކަމަށް

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، އުމުރުން 23 އަހަރުގެ ނަދީމު ޢަބްދުއްރަޙީމްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ އިސްތިއުނާފުގެ މައްސަލަ ނިމެންދެން، އެމީހުން ބަންދުގައި ބޭތިއްބުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.

ހޯމަ ދުވަހު ހައި ކޯޓުން ނިންމީ އިސްތިއުނާފް މަރުހަލާގައި މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމާ މެދު އަމަލުކުރާނެ އިޖްރައާތެއް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ބަޔާންވެފައި ނެތް ކަމަށެވެ.

އެގޮތުން އިސްތިއުނާފުގެ މަރުހަލާގައި ކުރިން ހައިކޯޓުން މީހުން ބަންދުކުރިޔަސް، އެ މައްސަލައާ މި މައްސަލައާ ތަފާތު ކަމަށް އެ ނިންމުމުގައި ވެއެވެ.

އެގޮތުން އެ މައްސަލައިގައި ގޮތް ނިންމެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުސައިން މަޒީދާއި އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމުގެ ނިންމެވުމުގައި ބުނީ އެ މީހުން ބަންދުކުރަން އެދެނީ ހައި ކޯޓުން މައްސަލަ ނިމޭއިރު އެ މީހުންގެ މައްޗަށް ކުށް ސާބިތުވުމުގެ ފުރުސަތު އޮތުމުން ކަމަށް ދައުލަތުން ބުނެފައި ވިޔަސް، ދައުވާލިބޭ މީހުންގެ ތެރެއިން މަފާޒަކީ އެހެން މައްސަލައަކާ ގުޅިގެން މިވަގުތު ބަންދުގައި ހުރި މީހެއް ކަމަށެވެ.

Advertisement

އަދި ހަމައެހެންމެ، އެ މީހުން މި މަރުހަލާގައި ބަންދުކުރަން ޖެހޭ ސަބަބެއް ދައުލަތަށް ނުދެއްކޭ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

އެހެންކަމުން، އިސްތިއުނާފީ މަރުހަލާގައި ކޯޓުން މައްސަލަ ނިމެންދެން އެ މީހުން ބަންދު ކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ އަމުރުގައި ވެ އެވެ.

ނިމުނު 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ ނަދީމަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ތުނޑީ އަވަށު ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ސާމިހުގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު އޮތީ ހުކުމްކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް