Advertisement
ކ. މާލެ
|
3 އޯގަސްޓް 2025 | އާދީއްތަ 12:54
މުހައްމަދު ޝަހީދު (ވ) ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ރައީސް މުހައްމަދު މުއިއްޒު ގެ އިސް ވަފާތެރި އެއް
މުހައްމަދު ޝަހީދު (ވ) ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ރައީސް މުހައްމަދު މުއިއްޒު ގެ އިސް ވަފާތެރި އެއް
ސޯޝަލް މީޑިއާ
ހައިކޯޓު
ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުން - ޕްރެޝަރ ބޮޑުވެ އެންމެ ފަހުން ޝަހީދުގެ ނަން ނަގައިފި
ޝަހީދަކީ މިދިޔަ އިންތިޚާބުތަކުގައި ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒަު އާއި ޕީއެންސީ ދިފާއުކުރަން ފާޅުގައި މަސައްކަތް ކުރި ފަރާތެއް

މި ސަރުކާރުގެ ސިޔާސީ މަޤާމެއްގައި ދާދި ފަހަކާއި ޖެހެންދެން ހުންނެވި މުހައްމަދު ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމާފައިވާތީ އާއްމުގެ ފާޑުކިޔުންތައް އިންތިހާ އަށް އަމާޒުވެފައި ވަނިކޮށް އޭނާގެ ނަން ގައިފިއެވެ.

އޭނާގެ ނަން ނެގުމަށް އެދި ޝަހީދު ފޮނުވާފައިވާ ސިޓީގައި ޝަހީދު ވަނީ އޭނާގެ އެޕްލިކޭޝަން ބާތިލް ކޮށްދިނުމަށް އެދިފައެވެ. އެ ސިޓީގައި ޝަހީދު ވަނީ އޭނާ ނަން ނަގާ ސަބަބު ބަޔާންކުރައްވާފައެވެ. އެގޮތުން އެނާގެ ނަން ނަގަން ނިންމާފައި ވަނީ، އޭނާ އަކީ ސިޔާސީ މީހެއް ކަމަށް ސިފަކުރާތީ އޭނާގެ ނަޒާހަތްތެރިކަމާއި މެދު އާއްމުންގެ ހިތުގައި ޖާގަ ދޭން ބޭނުން ނުވާ ކަމަށް ބުނެފައިވެއެވެ.

އޭނާގެ ނަން އަނބުރާ ގެންދަނީ ދިވެހި ގައުމާއި ޖުޑީޝަރީގެ މުސްތަގިއްލުކަން ދަމަހައްޓަން ކަމަށް ޝަހީދު ބުނެފައިވެއެވެ. އަދި އޭނާ ފަނޑިޔާރަކަށް ކުރިމަތިލައްވަން ނިންމެވީ އަމިއްލަ އަށް ކަމަށާއި އެކަމުގައި އިތުރު ނިޔަތެއް ނެތް ކަމަށް ޝަހީދު ގެ ސިޓީ ގައި ވެއެވެ.

އަދި އޭނާ އަކީ ޝަރުތު ހަމަ ނުވާ މީހެއް ކަމަށް ބަޔަކު ދައްކަން މަސައްކަތް ކުރި ނަމަ ވެސް އޭނާ އަކީ ޤާނޫނީ ވަކީލްކަމުގައި 5 އަހަރު ހޭދަކޮށްފައިވާ މީހެއް ކަމަށާއި ހައިކޯޓުގެ ފަނޑިޔާރަކަށް ވާން ބޭނުންވާ ޝަރުތު ފުރިހަމަވާ ކަމަށް އޭނާ އެ ސިޓީގައި ވެއެވެ.

ޝަހީދުގެ ނަން ނަގަން އޭނާ ހުށަހަޅުއްވާފައި މި ވަނީ ސިވިލް ކޯޓަށް މައްސަލަ އެއް ހުށަހަޅާފައި ވަނިކޮށެވެ. ޝަހީދު، ހައި ކޯޓަށް އައްޔަންކުރުން ހުއްޓުވުމަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ އެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތެއް ކަމަށްވާ ވަކީލް އަހުމަދު ނައުޝާދެވެ.

ޝަހީދަކީ މިދިޔަ ރިޔާސީ އިންތިހާބު އަދި އޭގެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒަު އާއި ޕީއެންސީ ދިފާއުކުރަން ފާޅުގައި މަސައްކަތް ކުރި ފަރާތެކެވެ. މީގެ އިތުރުން ވެރިކަން ކުރާ ޕީއެންސީގެ އެކި ޕޯޑިއަމް ތަކުގައި އަދި ޕީއެންސީގެ އެހެން ޕްލެޓްފޯމްތަކުގައި ވެސް އޭނާ ވަނީ ވާހަކަދައްކަވާފައެވެ. އޭނާ އަކީ ދާދިފަހަކާއި ޖެހެންދެން މި ސަރުކާރުގެ ސިޔާސީ މަޤާމެއް އަދާކޮށްފައިވާ ފަރާތެކެވެ.

- ކޮމެންޓް