Advertisement
ކ. މާލެ
|
18 ނޮވެންބަރ 2023 | ހޮނިހިރު 16:24
އައްޑޫ ސިޓީ
އައްޑޫ ސިޓީ
އަހުމަދު ފާރިސް
ފުލުހުން
ފަޅު ރަށަކަށް ދަތުރު ގޮސް އުޅުނު މީހަކު މަރުވެއްޖެ
މަރުވެފައިވަނީ އައްޑޫ ސިޓީ ހިތަދޫ ކައިރީ އޮންނަ ފަޅު ރަށަކަށް ގޮސް އުޅުނު މީހަކު
ފުލުހުން ބުނިގޮތުގައި މަރުވީ 29 އަހަރުގެ ދިވެހި ފިރިހެނެއް

އައްޑޫ ސިޓީ ހިތަދޫ ކައިރީގައި އޮންނަ ފަޅުރަށަކަށް ދަތުރުގޮސް އުޅުނު މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ އެއްރުއްހެރައަށް ދަތުރު ގޮސް އުޅުނު މީހެއްގެ ހާލު ދެރަވެގެން، ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔަކަމުގެ މައުލޫމާތު ހޮނިހިރު ދުވަހުގެ މެންދުރު 12:55ހާއިރު ލިބިފައިވާކަމަށެވެ.

Advertisement

އެމީހާ ސިއްހީ މަރުކަަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި ދަތުރުގޮސް އުޅެނިކޮށް މަރުވެފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް