Advertisement
ކ. މާލެ
|
16 އޮކްޓޯބަރ 2023 | ހޯމަ 11:17
މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ
މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލިސް
އިޒްރޭލާ ދެކޮޅަށް ހުށަހެޅި ކުއްލި މައްސަލަ
އިޒްރޭލާ ދެކޮޅަށް ހުށަހެޅި ކުއްލި މައްސަލައެއް އެޖެންޑާ ނުކުރަން ނިންމައި، ގަރާރު ކުރިއަށް ގެންދަނީ
ކުއްލި މައްސަލައަކަށް ބަހުސް ކުރެވެން އަންނަނީ އެޖެންޑާގައި އެމައްސަލަ ނުހިމެނޭ ކަމަށްވާނަމަ
މަޖިލީހުގެ ގަވާއިދު ޖާގަ ދެނީ ގަރާރާއިގެން ކުރިއަށްދިއުމަށް

އިޒްރާއީލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތަކާއި ގުޅިގެން ގަރާރެއް ހުށަހަޅާފައި ވަނިކޮށް، އެކަމާއި ގުޅޭގޮތުން ހުށަހެޅި ކުއްލި މައްސަލައެއް އެޖެންޑާ ނުކުރަން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

ހޯމަ ދުވަހުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އެވެ.

Advertisement

ކުއްލި މައްސަލައާ ގުޅޭގޮތުން އީވާ ވިދާޅުވީ މަޖިލީހުގެ ގަވާއިދު ޖާގަ ދެނީ ގަރާރާއިގެން ކުރިއަށްދިއުމަށް ކަމަށާއި، ކުއްލި މައްސަލައަކަށް ބަހުސް ކުރެވެން އަންނަނީ އެޖެންޑާގައި އެމައްސަލަ ނުހިމެނޭ ކަމަށްވާނަމަ ކަމަށެވެ.

މިއަދު މި މައްސަލާގައި ކުއްލި މައްސަލައެއް ވެސް ލިބިފައި އެބައޮތް. އެހެންނަމަވެސް މަޖިލީހުގައި މިހާރު ގަރާރެއްގެ ގޮތުގައި އެޖެންޑާ ކުރެވިފައިވާތީ އަޅުގަނޑުމެން މި ގަސްތުކުރަނީ އަދި މަޖިލީހުގެ ގަވާއިދު ވެސް ޖާގަ ދެނީ ގަރާރާއިގެން ކުރިއަށްދާން. ގަރާރަކީ ހަގީގަތުގައި ދުރާލާ ނަތީޖާއެއް ނެރެވޭ މަސައްކަތަކަށްވާތީ ގަރާރައިގެން ކުރިއަށް ދިއުން. ކުއްލި މައްސަލައަކަށް ބަހުސް ކުރެވެން އަންނަނީ އެޖެންޑާގައި އެމައްސަލަ ނުހިމެނޭނަމަ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިވަނީ މިމައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ކުރިއާލާ ގަރާރެއް ލިބި އަދި އެޖެންޑާ ކުރެވިފައި
މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ

ފަލަސްތީނުގެ މައްސަލާގައި ހުށަހެޅި ކުއްލި މައްސަލަ އެޖެންޑާ ނުކުރުމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަދައްކަވާފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ކުއްލިއަކަށް މިތާގައި ވާހަކަދައްކާލަން ލިބެންޖެހޭ ފުރުސަތު ނުލިބި ދިޔައީމަ އެމްޑީޕީ ޕީޖީ ގުރޫޕުގެ މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު އެދެނީ ދެކަން ވެސް ކުރިއަށްދާން. ގަރާރު ވެސް ކުރިއަށްދިއުން. ގަރާރަކީ ކުއްލި ބަހުސްއެއް ކުރެވޭނެ އެއްޗެއް ނޫން. ގަރާރަކީ ދުރާލާ ނަތީޖާ ނުކުމެދާނެ އެއްޗެއް. ނަމަވެސް މިމުނާސަބުގައި މިމަޖިލީހުގައި ފުލް ޑިބައިޓެއް ހިންގާލަން ލިބުނު ފުރުސަތު ހަނިވެގެންދިޔާމަ އެކަމާ ހިތާމަ ކުރަން. އަޅުގަނޑު ދެކެނީ ފަލަސްތީނުގެ އަހުންނާއި އުހުތުން މިހާރު ލިބެމުންދާ އަނިޔާ އަޅުގަނޑު ކުށްވެރިކުރަން.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ޖާބިރުގެ ވާހަކަތަކަށް ރައްދުދެއްވައި އީވާ ވިދާޅުވީ އިޒްރޭލާ ދެކޮޅު ގަރާރު ހޯމަ ދުވަހަށް އެޖެންޑާ ނުކޮށް ކުއްލި މައްސަލަ އެޖެންޑާކުރަން ގަރާރު ހުށަަހެޅުއްވި މެމްބަރަށާއި ކުއްލި މައްސަލަ ހުށަހެޅުއްވި މެމްބަަރަށް ރިޔާސަތުން ފުރުސަތު ދިން ކަމަށެވެ. ނަމަވެސް ގަރާރު ހުށަހެޅުއްވި މެމްބަރު އެދިވަޑައިގެންނެވީ ގަރާރު ހޯމަ ދުވަހަށް އެޖެންޑާ ކުރަން ކަމަށެވެ.

އީވާ ވިދާޅުވީ އަމަލުކުރާނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށާއި، މެންބަރުން ހުށަހަޅުއްވާފައިވާ މައްސަލަތައް އެޖެންޑާކޮށްގެން ވަކި ގޮތަކަށް ކުރިއަށް ނުގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް