ކ. މާލެ
|
14 އޮކްޓޯބަރ 2023 | ހޮނިހިރު 09:41
މީރާ
މީރާ
ޝުއައިބް މުހައްމަދު އިގްބާލް
މީރާ
މީރާއިން ވިޔަފާރިތަކަށް ޒިޔާރަތްކުރަނީ
މި ހަރަކާތް ކުރިއަށްދާނީ މިއަދު
ޓެކްސް ބަޔާން ހުށަހެޅުމުގައި އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ

މީރާގެ "ކޮމްޕްލަޔަންސް ޑޭ"ގެ ހަރަކާތުގައި، މީރާގެ ޓީމުތަކުން މާލެއާއި އެ އިދާރާގެ އޮފީސްތައް ގާއިމުވެފައިވާ ރަށްރަށުގެ ވިޔަފާރިތަކަށް ޒިޔާރަތް ކުރަން ފަށައިފިއެވެ.

ހޮނިހިރު ދުވަހު ކުރިއަށްގެންދާ މި ހަރަކާތް މިފަހަރު ޚާއްސަކޮށްފައިވަނީ މީރާއިން ކުރިއަށްގެންދާ "ފަންސައާހި" ކެމްޕޭނުގެ ދަށުން، ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހެޅުމުގައި ދިމާވާ ދަތިތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް މީރާއިން ބުންޏެވެ. ފަންސައާހި ކެމްޕޭނުގެ މަގުސަދަކީ މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ސުންގަޑިއަށް ހުށަހަޅާ މިންވަރު އިތުރުކުރުމެވެ.

ކަނޑައަޅާފައިވާ ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަކީ، ޓެކްސް އިދާރާގެ ރެކޯޑްތަކުގައި، އެ ޓެކްސް ދައްކާ ފަރާތަކީ ޓެކުހުގެ ގާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ ޓެކްސް ބަޔާން ހުށަހެޅުމުގެ އިލްތިޒާމުތައް ސުންގަޑިއަށް އަދާކުރާ ފަރާތެއްގެ ގޮތުގައި ފާހަގަވެ، އެ ފަރާތުގެ "ކޮމްޕްލަޔަންސް ސްކޯ" ރަނގަޅުވާ ކަމެކެވެ. އަދި އެއީ މީރާއިން ޓެކްސް ދައްކާ ފަރާތްތަކަށް ދެވޭ ލުއިތަކުގައި އެ ފަރާތްތަކަށް އިސްކަންދެވޭނެ ކަމެއް ކަމަށްވެސް މީރާއިން ބުނެއެވެ.

ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޓެކްސް ބަޔާން ހުށަހެޅުމުގައި އެހީތެރިކަމެއް ބޭނުންވާނަމަ، މީރާއިން ހޮނިހިރު ދުވަހު ހިންގާ ހަރަކާތުގައި އެ އިދާރާގެ ޓީމުތަކުގެ އެހީތެރިކަން ހޯދުމަށް ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް