ސައިޒުން ބޮޑު ނުވަތަ އަދަދުން ބޮޑު ވެއްޖެއްޔާ ގިނަ ފަހަރު ވަރަށް ލަސްވެގެން ދާ ކަމަށާއި، ކޯޓުތަކުގައި އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން ކަމަށާއި ހުންނަނީ ތަރާދެއް ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
ޒިޔާދު ވިދާޅުވީ، ތަރާދަކުން މާ ބަރު އެއްޗެއް ނުކިރޭނެ ކަމަށާއި ބޮޑު މައްސަލައެއް ވެއްޖެއްޔާ ކޯޓުގައި އެތައް ޒަމާނެއް ވާކަމަށެވެ. ރިސޯޓެއްގެ ޓެކްސް ނުދައްކައިފި ނަމަ އެ މައްސަލަ ކޯޓުގައި އެތައް ޒަމާނެއް ވާކަން ފާހަގަކުރައްވާ ޒިޔާދު ވިދާޅުވީ، ކަންމަތީ ފިހާރައެއް ވެއްޖެއްޔާ ދުވަހުން ދުވަހަށް އެތަނެއް ބަންދުކުރާ ކަމަށެވެ. މިއީ މީރާގެ ކުށެއް ނޫން ކަމަށާއި މިއީ މުޅި ނިޒާމުގެ މައްސަލައެއް ކަމަށް ޒިޔާދު ވިދާޅުވި އެވެ.
މިހާރު މިއޮތް ގޮތުން މީރާއަށް ޓެކްސް މާފުކުރުމުގެ ކޮންމެވެސް ވަރެއްގެ ދައުރެއް ލިބޭ ކަމީ ކަންބޮޑުވާ ކަމެއްކަމަށާއި އޭގެ ޒާތައް ބަލާއިރު ރަނގަޅީ އެ ގޮތް ކަމަށާއި އެހެން ނަމަވެސް ކަން ހިނގަނީ އެގޮތައް ނޫން ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ރާއްޖޭގެ ސަގާފަތާއި އާދަކާދަ އަކީ އޮތް ކަމެއް، އަޅުގަނޑުމެން ދުށިން ދާދި ފަހުން އެފްއައިޔޫ ގެ ވެރިޔާ ބަދަލުވެގެން ދިޔަ ކޮންމެސް މައްސަލައަކާއި ގުޅިގެން އިއްތިފާގުން ކަމަށް ވިދާޅުވި ގަވަރުނަރު، ހަމަ އެހެން ވަޒީރެއްގެ ފޯނުކޯލަކާއި ގުޅިގެން ޕޮލިސް ކޮމިޝަނަރު މަގާމު ގެއްލިގެން ދިޔަ، ރާއްޖޭގެ މަރުގެ ތަހުގީގުތައް އެންމެ ވަރުގަދަޔަށް އެންމެ ރަނގަޅަށް ކިޔަވާފައިހުރި އެއްފަރާތް ތަހުގީގުކުރާ އެއްފަރާތް މަގާމު ބަދަލުވެގެން ދިޔައީ، މިހާރު މިއޮތްގޮތުން ވެއްޖެއްޔާ މީރާ އަށް ސަރުކާރުގެ ނުފޫޒެއް އައިސްގެން އެ ބަދަލުވާން މީރާގެ ބޯޑު ކޮންމެ ފަހަރަކު ބަދަލުވާން ޖެހިއްޖެއްޔާ އެ އަޅުގަނޑު ގަބޫލުކުރަނީ ކަން ހިނގާގޮތައް ބަލާއިރު ގޯހެކޭ، މިދައުރު ތެރޭގައި ބީއެމްއެލް ވެސް ބަދަލުވެގެން ހިނގައްޖެ ސުޕްރީމް ކޯޓައްލީ މައްސަލައެއްގެ ސަބަބުން މުޅި ސުޕްރީމް ކޯޓު ބަދަލުވެގެން ހިނގައްޖެ، ނމިއީ ކަން ހިނގާފަ އޮތް ގޮތް
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު![]()
ސަރުކާރުން އަބަދުވެސް ދައްކަނީ ފައިސާ ނެތިގެން ކަންކަން ނުވާކަން ކަމަށާއި އެހެން ނަމަވެސް މަސްވެރިކަން ކުރާ މީހުންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޭ ކަމަށާއި އެއީ ރަނގަޅު ކަމެއްކަން ގަބޫލުރާކަމަށް ޒިޔާދު ވިދާޅުވި އެވެ. އެހެން ނަމަވެސް 45 ދުވަސް ވާއިރުވެސް އަހަރު ދެއަހަރު ވާއިރުވެސް މިއުޅެނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުންނަށް އެ ދޭންވާ ކުޑަ އަދަދުވެސް ނުދެވިގެން ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ ޑްރޯން ޝޯވ ތަކާއި އަރުވާ ހަވައިން ފައިސާ ހުރިކަން އެނގޭ ކަމަށާއި އެއް އަތުން ފައިސާ ހުރިކަން ދައްކަމުން އަނެއްކޮޅުން ކަމެއް ޖެހޭއިރަށް ބުނަނީ ކުރީ ސަރުކާރޭ ކަމަށެވެ. ރައްޔިތުންނަށް އެއްޗެއް ދޭންޖެހޭ ކޮންމެ ފަހަރަކު ބުނަނީ "ކުރީ ސަރުކާރޭ" ކަމަށް ޒިޔާދު ވިދާޅުވި އެވެ.
މިހާރު ގާނޫނުތަކަށް އިސްލާހު ގެންނަ ގޮތުން އޮންނަނީ ވަންވޭ ޓްރެފިކެއް ކަމަށާއި އަބަދުވެސް ދައުލަތައް ލިބޭ ކޮޅު ކަމަށް ޒިޔާދު ވިދާޅުވި އެވެ.