ކ. މާލެ
|
8 އޮކްޓޯބަރ 2023 | އާދީއްތަ 16:32
އިންތިޚާބާބެހޭ މަރުކަޒު
އިންތިޚާބާބެހޭ މަރުކަޒު
އަމްނާ އިމާދު
2024ގެ ރައްޔިތުން މަޖިލިސް
މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައި ވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާއެއް އޮތްނަމަ ލިޔުމުން ހުށަހަޅާ: އީސީ
އިންތިޚާބީ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓު ކޮމިޝަނުން ވަނީ އާއްމުކޮށްފައި
ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30ން މެންދުރުފަހު 03:00ށް ޝަކުވާ ހުށަހެޅޭނެ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓާމެދު ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ލިޔުމުން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން އެދިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނުގައި ވާ ގޮތުގެމަތިން، 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓު ކޮމިޝަނުން އާއްމުކޮށްފައިވާ ކަމަށެވެ. އަދި މި ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 19 އޮކްޓޫބަރު 2023ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ނިޔަލަށް ހުޅުވާލާފައި ވާކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ މި ރިޕޯޓާމެދު ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ލިޔުމުން އީސީއަށް ހުށަހެޅުމަށް އެދޭކަމަށެވެ.

އީސީން ބުނީ މި ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހަޅާނީ 19 އޮކްޓޫބަރުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30ން މެންދުރުފަހު 03:00ށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00ން މެންދުރުފަހު 03:00ށެވެ. ހުކުރު ދުވަހު މެންދުރުފަހު 03:00ން ހަވީރު 05:00ށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް