ސަރުކާރު ހިންގާ ޕީއެންސީގެ ޕާރލިމަންޓްރީ ގްރޫޕު މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން ތަކެއް އުފެދި، 'ބޮޑު ހާއިޖާނުގަނޑެއް' އޮތް ކަމުގެ ވާހަކަތައް ތިލަވިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ.
ވެރިކަން ކުރަމުން އަންނަ މައި ޕާޓީ ޕީއެންސީ ޕީޖީ ގުރޫޕް މެމްބަރުންގެ މެދުގައި އުފެދުނު މި ކޯޅުންގަނޑުގެ ވާހަކަ އެންމެ ފުރަތަމަ ތިލަކުރީ އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންވާ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ބުރާސްފަތި ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މެމްބަރު އައްބާސް އަކީ މަޖިލީހުގައި ވެސް ރައްޔިތުންގެ ހައްގުގައި، ފިސާރި ކެރިގެން ވަކާލާތު ކުރަމުން ރައީސް މުއިއްޒުގެ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޅުގައި ބަސް ވިދާޅުވަމުން އަންނަ ބޭފުޅެކެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީގެ 14 ވަރަކަށް މެމްބަރުން ގޮނޑި ގެއްލުނަސް، ރައްޔިތުންގެ ހައްގުގައި ޕީއެންސީ ދޫކޮށް، ރައްޔިތުންގެ ފަޅިއަށް އަރާނެ ކަމީ ޔަގީން ކަމެއް ކަމަށެވެ.
އައްބާސްގެ އެ ވާހަކަތައް ޕީއެންސީގެ އިސް ސަފުގައި ތިބި މެމްބަރުންތަކެއް ދިފާއު ކުރެއްވި ނަމަވެސް އެއީ ހަގީގަތެއް ކަމަށް މިއަދު އެންމެން ވެސް ދަނެއެވެ.
މެމްބަރު އައްބާސްގެ މި ޓްވީޓާއި އެކު މުޅި މީޑިއާތަށް ގުޑައިގެން ދިއަހެން ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ ޕީޖީ ގުރޫޕުގެ މެމްބަރުންގެ އިތުރުން މި ސަރުކާރުގެ މަތިފަޑިއަށް ވެސް މިހާރު އެވަނީ ބޮޑު ލޮޅުމެއް އަރާފަ އެވެ.
ކަންކަން ފޮރުވާ ފަސްއަޅަން މަސައްކަތް ކުރި ނަމަވެސް ހަގީގަތެއް ބަދަލުކުރުމަކީ ވާނޭ ކަމެއް ނޫކަން އެންމެންވެސް ދަނެ އެވެ.
އައްބާސްގެ ވާހަތަކަކީ މުޅި އެކުން ދޮގު ވާހަކަތަކެއް ނޫން. އޭގެއިން ގިނަ ވާހަތަކަކީ ތެދު. ޕީއެންސީ ޕީޖީ ގުރޫފުގެ މެމްބަރުންގެ މެދުގައި ކޯޅުން ބޮޑު. ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވި، އަދި ބައެއް މެމްބަރުން ތިބީ ޕީޖީ ގުރޫޕުން ވަކިވާ ހިސާބުގަ. އެހެން ނަމަވެސް އޭގެ މެމްބަރަކު ގޮޑިގެއް ގެއްލުނަސް ހެޔޮކަމަށް ރައީސް މުއިއްޒާއި ދެކޮޅަށް ނުކުމެދާނެޔޭ ބުނާ ކަށް އެހެން ނޭންގެ. އެނގޭ ކަމަކީ ވަރަށް ހައިޖާނު ބޮޑުކަން
ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެމްބަރެއް![]()
މިހާވަރުން ވެސް މިކަން ގަބޫލުނުކޮށް މެމްބަރު އައްބާސް ދެއްކެވީ ދޮގުވާހާކަތަކެއް ކަމަށް ގަބޫލު ކުރަން ވީހެއްވެ..؟ މިއީ ޕީއެންސީ މަޖިލިސް މެމްބަރެއްގެ ދުލުން ކިޔައިދިން ވާހަތަކެކެވެ. ކަމުގެ ހަގީގަތް އެނގިލައްވާ ސަރުކާރުގެ މެމްބަރެއްގެ ދުލުން ކިޔައިދިން ވާހަކަ ތަކެކެވެ.
ކަންމިހެން އޮތްއިރު، މިކަން ދޮގުކޮށް ރައީސް މުއިއްޒުއާއި މި ސަރުކާރުގެ ދިފާއުގައި ހިތާ ދެކޮޅަށް ޓްވީޓުތައް ކުރުމަކުން ހަގީގަތް އޮޅުވާނުލެވޭނެއެވެ.
ދެން އޮތީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ވާހަކަ އެވެ. އަބްދުއްރަހީމް އައްބާސްގެ ވާހަކަތައް ދޮގުކޮށް ޓްވީޓު ކުރެއްވި އިރު އެންމެ ފުރަތަމަ އަބްދުއްރަހީމް ހުންނެވި ހާލު މިހާރު މި ގައުމުގެ ރައްޔިތުންނަށް ވަރަށް ރަނގަޅަށް ސާފުވެއެވެ. ޕީއެންސީ ޕީޖީ ގުރޫޕުގެ މެމްބަރުންގެ ދިފާއުގައި އެ ޓްވީޓު ކުރެއްވީ ހިތާ ދެކޮޅަށް ކަމަށް ގިނަ ބަޔަކު ދަނީ ބުންމުންނެވެ.
އަބްދުއްރަހީމް ވެސް ޓްވީޓު ކުރައްވާނެތާ، އެހެން ގޮތެއް އެ ބޭފުޅާއަށް ނެތީމަ. އެއީ އަބްދުއްރަހީމް ހިތުން ރުހުމުން ކުރި ޓްވީޓެއް ކަމަށް ގަބޫލެއް ނުކުރަން. ދަރިފުޅު މުލުން ލުހެ އެއްލާލި ސަރުކާރަކަށް އަބްދުއްރަހީމްގެ ހިތް ހެޔޮވާނެތޯ..؟ އަޅުގަނޑު ނަމަވެސް ވާނީ އެހެން ދެއްތޯ.. އަބްދުއްރަހީމް ހިތުން ރުހުމުން، ރައީސް މުއިއްޒަކަށް ވެސް އަދި މި ސަރުކާރަށް ނިސްބަތްވާ މެމްބަރަކާ އެއްކޮޅަށް ވެސް ބަހެެއް ބުނާނެހެން ހަމަ ހީނުވޭ އިނގޭތޯ..
މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ވަރަށް ގާތް ބޭފުޅެއް![]()
މިއީ ރާއްޖެ އެމްވީގެ ނޫސްވެރިންގެ އަމިއްލަ ބަހެއް ނޫންނެވެ. މިއީ އަބްދުއްރަހީމްގެ ވަރަށް ގާތް، އޭނަގެ ހަގީގަތް އެނގޭ މީހެއްގެ ބަހެވެ.
އަބްދުއްރަހީމް އަކީ ރައީސް މުއިއްޒުގެ މި ސަރުކާރު ގެނައުމަށް އެންމެ ބުރަކޮށް ޖާނާއި މާލުން ގުރުބާންވެލެއްވި ބޭފުޅާ އެވެ. ރައީސް މުއިއްޒު ދިފާއުކުރައްވާ ޕޯޑިއަމް ތަކުގައި ގަދަބަސް ވިދާޅުވެ، ރައީސް މުއިއްޒު ދިފާއުކުރުމުގައި މޭ އައްޑަނަ އަކަށް ދިއްކޮށްގެން ދާދި ފަހަކާ ޖެހެންދެން ވެސް އަބްދުއްރަހީމް ހުއްނެވިއެވެ.
ރައީސް މުއިއްޒުގެ މި ސަރުކާރުގެ ސިޔާސީ ބޮޑެތި މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރުމުގައި ވެސް އަބްދުއްރަހީމްގެ ބާރުވެރިކަން ދެއްކިއެވެ. އެގޮތުން ބައެއް ވުޒާރާތަކުގެ މިނަސްޓަރުން ފެންވަރުގެ މަގާމުތަކަށާއި ސްޓޭޓް މިނިސްޓަރުން ފެންވަރުގެ މަގާމުތަކަށް ވެސް ބޭފުޅުން އައްޔަން ކުރައްވަމުން ގެންދެވީ އަބްދުއްރަހީމްގެ ލަފަޔާއި އިރުޝާދުގެ މަތިންނެވެ.
އެގޮތުން ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އަބްދުއްރަހީމްގެ ދަރިކަލުން އިބުރާހީމް ފައިސަލް އައްޔަން ކުރުމަކީ މިކަމަށް ހެކިދޭ އެއްކަމެވެ.
ގިނަ ބަޔަކު ބުނާގޮތުންނަމަ ރައީސް މުއިއްޒާއި އަބްދުއްރަހީމް އާއި ދެމެދު ޚިޔާލުތަފާތުވުންތައް އުފެދި ގުޅުން ގޯސްވީ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް މަގާމުން ވަކިކުރި ހިސާބުންނެވެ.
އެހިސާބުން އެ ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައިވާކަން އަބްދުއްރަހީމް ވަނީ މިޑީއާއަކަށް ދެއްވި އިންޓަވިއު އެއްގައިވެސް ވިދާޅުވެފަ އެވެ.
ކޮންމެއަކަސް އަބްދުއްރަހީމް އަށް މިއަދު އެހުރީ ދެކޮޅުންކުރެ ކޮޅަކަށްވެސް ގުޑާލަން ނުކެރިފައެވެ. ދަރިކަލުން ފައިސަލް މިނިސްޓަރުކަމުގެ މަޤާމުން ވަކިކޮށް އެއްލާލިއިރު ވެސް މިއަދާއި ހަމައަށް ވެސް އެއްވެސް ވާހަކައެއް މި ސަރުކާރޭ ކިޔައިގެން ވެސް އަދި ރައީސް މުއިއްޒުއޭ ކިޔައިގެން ވެސް އެއްވެސް އެއްޗެއް ވިދާޅުވެލަން އަބްދުއްރަހީމަށް ނުކެރިފައި އެ ހުރީ ވަރަށް ރަނގަޅަށް މަޅީގައި ބެދިފައި ހުރީމަ އެވެ.
ސިޔާސީ އިލްމާއި ޅެންވެރިކަމަށް ކިތަންމެ މޮޅަސް، އަދި ހިސާބަށް ކިތަންމެ މޮޅަސް، އަބްދުއްރަޙީމް މިއަދު އެ ހުންނެވީ، އެއްވެސް އާރެއް ބާރެއް ނެތި، ނިކަމެތިކޮށް، ބާކީކޮށް ލައިފައެވެ. ކަންމިހެން ހުރިއިރު، އަބްދުއްރަހީމް ޕީއެންސީ ޕީޖީ ގުރޫޕްގެ މެމްބަރުންގެ ދިފާއުގައި ހުކުރު ދުވަހު ވަރަށް ނުގޮތަކަށް އެކުރެއްވި ޓްވީޓަކީ އެހެން އެއްވެސް ގޮތެއް ނެތިގެން މަޖުބޫރުވެގެން ކުރެއްވި ޓްވީޓެއް ކަމަށް މިއަދު ގިނަ ބަޔަކު ގަބޫލު ކުރެއެވެ.