ކ. މާލެ
|
8 އޮކްޓޯބަރ 2023 | އާދީއްތަ 08:21
އެކްސިޑެންޓުގައި އަނިޔާވެ، ނިޔާވި އަހުމަދު މަނިކު
އެކްސިޑެންޓުގައި އަނިޔާވެ، ނިޔާވި އަހުމަދު މަނިކު
ސަން އޮންލައިން
އަހުމަދު މަނިކު ނިޔާވުން
ކުރީގެ ހެލްތު މިނިސްޓަރު އަމީންގެ ބައްޕަ ނިޔާވެއްޖެ
ނިޔާވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް

ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ބައްޕަ، އަހުމަދު މަނިކު އަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން 74 އަހަރުގެ އަހުމަދު މަނިކު ނިޔާވީ ރޭ ދަންވަރުއެވެ.

Advertisement

އަހުމަދު މަނިކުގެ ކަށުނަމާދު އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު ސަހަރާ މިސްކިތުގައެވެ.

ނިޔާވިއިރު، އޭނާގެ އަންހެނުންނާއި ހަތަރު ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. އެއީ، އަމީންގެ އިތުރުން ޖަޕާންގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ވެސް ބައްޕަ އެވެ. އަދި އިތުރު ފިރިހެން ދަރިޔަކާއި އަންހެން ދަރިއެއް ހުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް