ކ. މާލެ
|
25 އޯގަސްޓް 2023 | ހުކުރު 22:57
އެމްޑީޕީގެ ޗެއަރޕަރސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
އެމްޑީޕީގެ ޗެއަރޕަރސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ސަބްސިޑައިޒްކުރާ ފްލެޓްތައް ކުއްޔަށް ދިނުން
"ސަރުކާރުން ސަބްސިޑައިޒްކުރާ ފްލެޓްތައް ލިބޭ މީހުން ކުއްޔަށް ދޫ ކުރާ ނަމަ ކޮންޓްރޯލް ނިޒާމެއް ޤާއިމް ކުރާނަން"
ފްލެޓްތައް ކުއްޔަށް ދޫކުރާ ނަމަ އެކަން ކުރާނެ ކޮންޓްރޯލްޑް އުސޫލެއް އޮންނަން ޖެހޭ ކަމަށް ފައްޔާޒް ވަނީ ހާމަކުރައްވާފަ

ކުރިއަށް އޮތް އިންތިޚާބުގައި ރައީސް އިބްރާޙިމް މުހައްމަދު ޞާލިހަށް ދެ ވަނަ ދައުރެއް ލިބިވަޑައިގެންފި ކަަމަށް ވާނަމަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ސަރުކާރުން ސަބްސިޑައިޒްކޮށްގެން ދޫކުރާ ފްލެޓްތައް، ދެވަނަ ފަރާތަކަށް ކުއްޔަށް ދޫކުރާ ނަމަ ކޮންޓްރޯލް ނިޒާމެއް ޤާއިމް ކުރާނެ ކަމުގެ އިޝާރާތެއް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ދެއްވައިފިއެވެ.

ހުޅުމާލޭގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ވަނީ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ލުއި ގޮތަކަށް ދޭ ފްލެޓްތަކުގައި އެތަން ސަރުކާރުން ދިން މީހުން ނޫން އެހެން ބަޔަކު އުޅޭ ނަމަ، އެކަން ކޮންމެވެސް މިންގަނޑެއްގެ ތެރޭގައި ކުރެވޭނެ ގޮތް ހެދުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވާފައެވެ. ސަރުކާރުން ސަބްސިޑައިޒް ކުރާ ފްލެޓްތައް ކުއްޔަށް ދޫކުރާ ނަމަ އެކަން ކުރާނެ ކޮންޓްރޯލްޑް އުސޫލެއް އޮންނަން ޖެހޭ ކަމަށް ފައްޔާޒް ވަނީ ހާމަކުރައްވާފައެވެ.

ސަރުކާރުން އެގޮތަށް ސަބްސިޑައިޒްކޮށްގެން ބޯހިޔާވަހިކަން ފޯރުކޮށްދެމުން ދަނީ ބަޔަކު މުއްސަނދިވުމަށް ނޫން ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. އެކަމުގައި ކޮންމެވެސް ކޮންޓްރޯލް ނިޒާމެއް އޮންނަން ޖެހޭ ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ސަރުކާރުގައި ރައްޔިތުންނަށް މަޝްވަރާކޮށްގެން އެކަމަށް ހައްލު ގެންނަވަން މަސައްކަތް ކުރައްވާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހުޅުމާލެ އަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭތަނެއް ކަމަށް ވާއިރު، ހުޅުމާލެއިން ގިނަ އަދަދެއްގެ ވޯޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ލިބިވަޑައިގަންނަވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ހުޅުމާލެ އަށް ވޯޓުލާ އެންމެންގެ މެޖޯރިޓީ ރައީސް ޞާލިހު އަށްހޯދުމަށް އެންމެން މަސައްކަތް ކުރަން ޖެހޭ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް