ކ. މާލެ
|
3 މާރޗް 2023 | ހުކުރު 11:58
ފައްޔާޒް އިސްމާއިލް
ފައްޔާޒް އިސްމާއިލް
އެމްޑީޕީ
ފައްޔާޒް އިސްމާއިލް
ދަރަނި ނަގަނީ ދަރަނި އަނބުރާ ދައްކާނެ ގޮތް ހަމަޖައްސައިގެން: ފައްޔާޒު
ފައްޔާޒް ފާހަގަ ކުރެއްވީ ދަރަނި ނުނަގާށޭ ބުނަނީ ބަހަނާއަކަށް ކަމަށް

ސަރުކާރުން ދަރަނި ނަގާތީ ބައެއް ފަރާތްތަކުން ފާޑުކިޔާ ކަމަށާއި ނަމަވެސް ދަރަނި ނަގަނީ ދަރަނި އަނބުރާ ދެއްކޭނެ ގޮތް ހަމަޖައްސައިފައި ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހިރިލަންދޫގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާ ބުރާސްފަތި ދުވަހުގެ ރޭ ފައްޔާޒު ވިދާޅުވީ ދަރި ނަގައިގެން ކަންކަން ކުރުމުން ގައުމަށް ގެއްލުންވާނެ ކަމަަށް ބައެއް ބޭފުޅުން ވިދާޅުވާ ކަމަށެވެ. އެހެން ނަމަ، ލިބޭ އިތުރު ލާރިން ތަރައްގީގެ މަޝްރޫއުތައް ހިންގަން ހިރިލަންދޫ މަޑުކޮށްލަންވީތޯ ފައްޔާޒު ވަނީ ސުވާލުކުރައްވައިފައެވެ. އިތުރު އަހަރުތަކެއް މަޑުކުރަން އެ ރަށްރަށުގެ ރައްޔިތުން ބޭނުންނުވާނެކަމަށްް އޭނާ ވިދާޅުވިއެވެ.

އިތުރަށް ފައްޔާޒު ވިދާޅުވީ ދަރަނި ނަގައިގެން ވެސް ތަރައްގީގެ މަޝްރޫއު ހިންގުމުން ރަށްރަށުގެ އިގްތިޞާދު ރަނގަޅުވާ ކަމަށާއި އާމްދަނީ އިތުރުވާ ކަމަށެވެ. އަދި ހިލޭ ޑިގްރީ ޕްރޮގްރާމުގެ ސަބަބުން އެ ދަރިވަރުންގެ އާމްދަނީ ރަނގަޅުވާ ކަމަށާއި ރަށްރަށުގެ ބަނދަރު ބޮޑުކޮށް ބިން ހިއްކުމުން އިގްތިޞާދީ ހަރަކާތް ފުޅާވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކަންކަން އިތުރުވުމުން، ގައުމަށް ވަންނަ އާމްދަނީ އިތުރުވާ ކަމަށާއި ލިބޭ ޓެކްސްތައް އިތުރުވާ ކަމަށް ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ އެ ޓެކްސްއިން ދަރަނި ދެއްކޭނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އަބަދުވެސް ރައްޔިތުން އުންމީދެއްގައި ބައިތިއްބަން ބޭނުންވާ ބަޔަކު ބުނާނީ ދަރަނި ނުނަގާށޭ ކަމަށާއި ދަރަނި ބޮޑުވަނީއޭ ކަމަށެވެ. ނަމަވެސް، މި ސަރުކާރުން އެ ކަންކަން އެ ކުރަނީ މި ސަރުކާރަށް ވާނެކަން އެނގޭތީ ކަމަށް އޭނާ ވިދާޅުވިއެވެެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް