ކ. މާލެ
|
5 ސެޕްޓެންބަރ 2022 | ހޯމަ 07:13
އޭއައިއެފްއެފްގެ ރައީސްކަމަށް އިންތިޚާބުވި ކަލްޔާން ޗޯބޭ
އޭއައިއެފްއެފްގެ ރައީސްކަމަށް އިންތިޚާބުވި ކަލްޔާން ޗޯބޭ
އިންޑިއާގެ ފުޓުބޯޅަ އެސޯސިއޭޝަން
އޭއައިއެފްއެފްގެ ރައީސްކަމަށް ކަލްޔާން ޗޯބޭ އިންތިޚާބުވެއްޖެ
ޗޯބޭ ވަނީ 33 ސްޓޭޓް އެސޯސިއޭޝަންގެ ވޯޓު ހޯދާފައި

އޯލް އިންޑިއަން ފުޓުބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ރައީސްކަމުގެ މަގާމަށް ކަލްޔާން ޗޯބޭ އިންތިޚާބުވެއްޖެއެވެ.

މިއަހަރުގެ ތެރޭގައި އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ ކުރިން އޭއައިއެފްއެފްގެ ރައީސްކަމުގެ މަގާމުގައި ހުރި ޕްރަފުލް ޕަޓޭލް އާއި އޭނާގެ އެކްސްކޯ މަގާމުން ދުރުކޮށްފައެވެ. އެއީ އެ ގައުމުގެ ކުޅިވަރު ގަވާއިދުގައި ބުނާ މުއްދަތަށްވުރެ އިތުރަށް އޭނާ ރައީސްކަން ކޮށްފައިވާތީއެވެ. ޕަޓޭލް މަގާމުން ދުރުކުރުމަށްފަހު، ސުޕްރީމް ކޯޓުން ވަނީ އޭއައިއެފްއެފްގެ ހިންގަށް ކޮމެޓީއެއް އެކުލަވާލާފައެވެ. އެއާއެކު ފީފާއިން ވަނީ އިންޑިއާ ސަސްޕެންޑުކޮށްފައެވެ.

އިންޑިއާ ސަސްޕެންޑު ކުރުމާއެކު އެ ގައުމުގެ ފުޓުބޯޅައަށް ކުރިމަތިވި ދަތި ހާލަތުން އަރައިގަތުމަށް ސުޕްރީމް ކޯޓުން ވަނީ ކުރިން އެކުލަވާލި ކޮމެޓީގެ މަސައްކަތް ނިމުމަކަށް ގެނެސްފައެވެ. އެއާއެކު ފީފާއިން ވަނީ އިންޑިއާގެ ސަސްޕެންޝަން އުވާލާފައެވެ.

އިންޑިއާގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ހޮވަން ބޭއްވި އިންތިޚާބު ޗޯބޭ ކާމިޔާބު ކުރެއްވީ އެ ޤައުމުގެ ކުރީގެ ލެޖެންޑު ބައިޗުން ބުޓިއާއާއެވެ. އެ އިންތިޚާބުގައި 34 ސްޓޭޓެއްގެ އެސޯސިއޭޝަނުން ވަނީ ވޯޓު ލާފައެވެ. ބޮޑު ތަފާތަކުން ޗޯބޭ ވަނީ ބުޓިއާ ބަލިކޮށްފައެވެ. ޗޯބޭ ވަނީ 33 ސްޓޭޓް އެސޯސިއޭޝަންގެ ވޯޓު ހޯދާފައެވެ. ބުޓިއާ އަށް ލިބުނީ އެންމެ ވޯޓެކެވެ. އޭއައިއެފްއެފްގެ ނައިބު ރައީސްކަމުގެ މަގާމަށް އިންތިޚާބުވެފައިވަނީ އެން އޭ ހާރިސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް