އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފިއެވެ.
މިކަމާއި ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް އިން އަންގާރަ ދުވަހު ބުނީ ރޮއިޓާސްގެ ނޫސް އެޖެންސީގެ ދެ އެކައުންޓެއް ހިމެނޭ ގޮތަށް 2،355 އެކައުންޓް ބްލޮކް ކުރުމަށް އިންޑިއާ ސަރުކާރުން މިދިޔަ ހަފްތާގައި އަމުރު ކުރުމުން "ވަރަށް ކަންބޮޑުވާ" ކަމަށެވެ.
ބްލޮކް ކުރި ގިނަ އެކައުންޓްތައް އޭގެ ގަޑިއެއްހާއިރު ފަހުން އަލުން އާލާކޮށްފައިވާއިރު، އިންޑިއާއިން ވަނީ މިކަން ކުރުމުގައި އެގައުމުގެ ދައުރެއް އޮތް ކަމަށް ދޮގުކޮށްފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ އިންޑިއާ އަކީ ސޯޝަލް މީޑިއާ ކޮންޓެންޓް ނައްތާލުމަށް ސަރުކާރަކުން އެދޭ ގަދަ ފަސް ގައުމުގެ ތެރޭގައި ގަވާއިދުން ހިމެނިފައިވާ ތަނެކެވެ.
"ޖުލައި 3، 2025 ގައި އިންޑިއާ ސަރުކާރުން އެކްސް އަށް އަމުރުކުރީ ރޮއިޓަރސް އަދި ރޮއިޓަރސް ވޯލްޑް ފަދަ ބައިނަލްއަގްވާމީ ނިއުސް އައުޓްލެޓްތައް ހިމެނޭ ގޮތަށް އިންޑިއާގެ 2،355 އެކައުންޓް ބްލޮކް ކުރުމަށް ކަމަށް އެކްސްގެ ގްލޯބަލް ގަވަރމަންޓް އެފެއާޒް ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން އިންޑިއާގެ އިލެކްޓްރޯނިކްސް މިނިސްޓްރީން "ޖަސްޓިފިކޭޝަން ނުދީ ވަގުތުން ފިޔަވަޅު އަޅަން އެއް ގަޑިއިރުގެ ތެރޭގައި ޑިމާންޑް ކުރި ކަމަށާއި، އެކައުންޓްތައް ބްލޮކްކޮށްފައި ހުންނަން ޖެހޭ" ކަމަށް ބުނެފައިވެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެކައުންޓްތައް އޮފްލައިން ކުރި ނަމަވެސް އާދީއްތަ ދުވަހުގެ ނިޔަލަށް ވަނީ އެ އެކައުންޓްތައް އަލުން ދޫކޮށްފައެވެ. އާންމުންގެ ނުރުހުމާއެކު އިންޑިއާ ސަރުކާރުން އެކްސްގައި އެދުނީ ރޮއިޓަރސް އަދި ރޮއިޓަރސް ވޯލްޑް އަންބްލޮކް ކުރުމަށް ކަމަށް ރިޕޯޓުގައި އިތުރަށް ބުނެފައިވެ އެވެ.
ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ބުނާ ގޮތުގައި އިންޑިއާގައި ހިންދޫ ގައުމިއްޔަތު ވެރިމީހާ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2014 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މިނިވަން ނޫސްވެރިކަމަށް ނުރައްކާވެފައިވާ ކަމަށެވެ.
ނިއުދިއްލީގައި ގަވާއިދުން ހަމަނުޖެހުން ހިނގާ ދުވަސްވަރު އިންޓަރނެޓް މެދުކަނޑާލައެވެ. އިންޑިއާއިން މިދިޔަ އޭޕްރީލް މަހު ސޯޝަލް މީޑިއާގައި ފުޅާ ދާއިރާއެއްގައި ފިޔަވަޅު އަޅައި، ކަޝްމީރުގައި ދިން ހަމަލާއަކާ ގުޅިގެން "ޕްރޮވޮކޭޓިވް" ކޮންޓެންޓް ފެތުރިފައިވާ ކަމަށް ބުނެ ޕާކިސްތާނުގެ ދިހަވަރަކަށް ޔޫޓިއުބް ޗެނަލް މަނާކުރި އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ އަލުން ޗެނަލްގެ ހިދުމަތް ފަށާފައެވެ.
ނިއުދިއްލީން ވަނީ ނަސްލީ އަނިޔާވެރިކަމާ ގުޅިގެން 2023 ވަނަ އަހަރުން ފެށިގެން އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ މަނިޕޫރުގައި މެދުކެނޑުމެއްނެތި އިންޓަނެޓް މެދުކެނޑުން ވެސް ކަނޑައަޅާފަ އެވެ.
ދުނިޔޭގެ އެންމެ އަގުހެޔޮ މޯބައިލް އިންޓަނެޓް ރޭޓްތަކުގެ ތެރެއިން އެތައް ސަތޭކަ މިލިއަން ބަޔަކަށް ލިބޭ ގައުމެއްގައި އިންޓަނެޓާއި ސޯޝަލް މީޑިއާ މަނާކުރުމަކީ ދޮގު މައުލޫމާތު ހުއްޓުވޭނެ ގޮތްތަކެއްގެ ގޮތުގައި ނިއުދިއްލީން ޖަސްޓިފައިކޮށްފި އެވެ.
އެކްސް އިން ބުނީ އެ ކުންފުނިން "ލިބެން ހުރި ހުރިހާ ގާނޫނީ އިޚްތިޔާރުތަކެއް ހޯދަމުންދާ" ކަމަށާއި ނަމަވެސް "ގާނޫނީ ގޮންޖެހުންތައް ގެނައުމުގެ ގާބިލްކަން އިންޑިއާގެ ގާނޫނުން ހަނިކޮށްފައިވާ" ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.