ކ. މާލެ
|
17 މެއި 2022 | އަންގާރަ 08:45
ދުނިޔޭގެ ބާޒާރުގައި ގޮދަން ފުށުގެ އަގު އުފުލުން
ދުނިޔޭގެ ބާޒާރުގައި ގޮދަން ފުށުގެ އަގު އުފުލުން
ގޮދަން ފުށުގެ އަގު އުފުލުން
ދުނިޔޭގެ ބާޒާރުގައި ގޮދަން ފުށުގެ އަގު އުފުލިއްޖެ
އިންޑިއާއިން ވަނީ ގޮދަން ފުށް އެކްސްޕޯޓުކުރުން ހުއްޓާލާފައި

އިންޑިއާއިން ގޮދަން ފުށް އެކްސްޕޯޓްކުރުން ހުއްޓާލުމާއެކު ދުނިޔޭގެ ބާޒާރުގައި ފުށުގެ އަގު އުފުލިއްޖެއެވެ.

އިންޑިއާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ އަދަދަކަށް ގޮދަން ފުށް އުފައްދާ ޤައުމެވެ. މިމަހުގެ 13 ވަނަ ދުވަހު އެޤައުމުން ވަނީ ގޮދަން ފުށް އެކްސްޕޯޓުކުރުން ހުއްޓާލަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.

އިންޑިއާއިން މި ނިންމުން ނިންމާފައިވަނީ އެޤައުމަށް މިހާރު ދިމާވަމުންދާ ކާނާގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދުމަށެވެ.

އިންޑިއާގެ މި ނިންމުމުގެ ސަބަބުން ދުނިޔެއަށް މިހާރު ދިމާވެފައިވާ ކާނާ ނުލިބުމުގެ ދަތިކަން އިތުރުވެގެންދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިހާރުވެސް ދުނިޔޭގެ ބާޒާރުގައި ގޮދަން ފުށުގެ އަގު 6 އިންސައްތައަށް ބޮޑުވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް