ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އެއްވެސް ސަބަބަކާ ހުރެ އިންފަންޓީނޯ މަގާމުން ވަކިކުރުމަށް ފީފާ އިން ވިސްނާ ނަމަ، އެއީ ބޮޑު ގޯހެއް ކަމަށް. އިންފަންޓީނޯ އަކީ ވަރަށް ކާމިޔާބު ބޭފުޅެއްކަން ފާހަގަ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އޭނާގެ ބެއްލެވުމުގެ ދަށުން މިދިޔަ ހޫނު މޫސުމުގައި ބޭއްވި ވޯލްޑް ކަޕް އަކީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު މުބާރާތް ކަމަށް. އަދި އިންފަންޓީނޯ މަގާމުން ވަކިވެއްޖެ ނަމަ، ފީފާ އަށް ލިބޭ ފައިދާ އާއި ކާމިޔާބީ އެ މިންވަރަށް ދެން ނުލިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި