Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

އެކިޓީކޭގެ ޑީލް ލިވަޕޫލް އިން ކާމިޔާބު ކޮށްފި

އޭނާގެ އެއްބަސްވުމުގައި ބާކީ ހަތަަރު އަހަރު އޮއްވައި އެއްބަސްވުން އުވާލުމަށް ލިވަޕޫލް އިން އެ ކުލަަބަށް 95 މިލިއަން ޔޫރޯގެ އަދަދެއް ދައްކާނެ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖުލައި 2025 | ހޯމަ 04:04
ލިވަޕޫލް އިން ހޯދަން މަސައްކަތް ކުރަމުން އަންނަ ހޫގޯ އެކިޓީކޭ

ލިވަޕޫލް އިން ހޯދަން މަސައްކަތް ކުރަމުން އަންނަ ހޫގޯ އެކިޓީކޭ

ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓް އަށް ކުޅެމުން އަންނަ ފްރާންސްގެ ހޫގޯ އެކިޓީކޭ ހޯދުމަށް ލިވަޕޫލް އިން ކުރި މަސައްކަތް ކާމިޔާބު ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 23 އަހަރުގެ ޒުވާން ކުޅުންތެރިޔާ ހޯދުމުގެ ޑީލް ލިވަޕޫލް އިން ކާމިޔާބު ކޮށްފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް ނިއުކާސަލް ޔުނައިޓެޑުން ވެސް ވަނީ ކޮށްފަ އެވެ. ނިއުކާސަލް އިން ވަނީ އެކަމާ ގުޅުން ހުރި މަޝްވަރާތައް ކޮށްފައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް އެ ޑީލްގެ ތެރެއަށް ލިވަޕޫލް ވަދެ، އެކިޓީކޭ ހޯދުމަށް ކުރި މަސައްކަތް މިހާރު ވަނީ ކާމިޔާބު ކޮށްފަ އެވެ.

ފްރޭންކްފާޓާ އެކު އެކިޓީކޭ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާގެ އެއްބަސްވުމުގައި ބާކީ ހަތަަރު އަހަރު އޮއްވައި އެއްބަސްވުން އުވާލުމަށް ލިވަޕޫލް އިން އެ ކުލަަބަށް 95 މިލިއަން ޔޫރޯގެ އަދަދެއް ދައްކާނެ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެކިޓީކޭ ލިވަޕޫލް އަށް ބަދަލުވާނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން، ލިވަޕޫލާ އެކު އޭނާ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފި ނަމަ، 2031 ވަނަ އަހަރާ ހަމައަށް އޭނާ ލިވަޕޫލަށް ކުޅޭނެ އެވެ.

އެކިޓީކޭ ވަނީ އޭނާ ފްރޭންކްފާޓަށް ކުޅެދިން 64 މެޗުގައި 26 ލަނޑު ޖަހައިފަ އެވެ. ފްރާންސްގެ ރެއިމްސް އިން ސީނިއާ ކެރިއަރު ފެށި އެކިޓީކޭ ވަނީ، ވެޖްލް ބޯލްޑްކްލަބްގެ އިތުރުން، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ވެސް ކުޅެފަ އެވެ. ޕީއެސްޖީ އާއެކު އޭނާ ވަނީ ފްރާންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު