ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ދަތިކަން ބޮޑުވެފައިވާތީ، ބޭސްފަރުވާއާއި ތައުލީމު ފަދަ ޒަރޫރީ ބޭނުންތަކަށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 25 އިންސައްތަ އިތުރުކުރުމަށް މަރުކަޒީ ބޭންކުން ވަނީ ނިންމާފަ. މި ފިޔަވަޅާއެކު ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރު ލިބުން ފަސޭހަވެގެންދާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވުމާ ގުޅިގެން ކުރިއަށް އޮތް ތިން މަސްދުވަހަށް ގެނައި ބަދަލެއް. ނަމަވެސް، ފޮރިން އެކްސްޗޭންޖް މާކެޓަށް ދާއިމީ ހައްލެއް ލިބޭނީ ފަތުރުވެރިކަމުން ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުވެގެން ކަމަށް މާހިރުން ފާހަގަކުރޭ.