Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެއަރ އެޝީއާ

އެއަރ އެޝީއާގެ ފްލައިޓް އަނެއްކާވެސް ކެންސަލްކޮށްފި

ފްލައިޓް ކެންސަލްވީ "ހައިޑްރޯލިކް ތެޔޮ" ލީކުވެގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2017 | ހުކުރު 16:28
އެއަރ އޭޝިއާގެ ފްލައިޓެއް

އެއަރ އޭޝިއާގެ ފްލައިޓެއް

ރާއްޖެއިން މެލޭޝިއާ އަށް ދަތުރު ކުރުމަށް ހަމަޖެހިފައި އޮތް އެއަރ އެޝިއާގެ ފްލައިޓް އަނެއްކާވެސް ކެންސަލްކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން، އެ އެއާލައިންގެ ރާއްޖޭގެ އޭޖެންޓް، އޯލް އެޗް މޯލްޑިވްސްގެ އޮފިޝަލަކު ވިދާޅުވީ ހުކުރު ދުވަހު ހަވީރު 5 ޖަހާއިރު ފުރަން ހަމަޖެހިފައި އޮތް ފްލައިޓް ކެންސަލްވީ ބޯޓުން "ހައިޑްރޯލިކް ތެޔޮ" ލީކުވެގެން ކަމަށާއި، ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ ކެންސަލްވި ފްލައިޓް ހޮނިހިރު ދުވަހު ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަ މި ފްލައިޓް އެއަރ އެޝިއާގެ ފަރާތުން ބުރާސްފަތި ދުވަހުގެ ރޭވެސް ވަނީ ކެންސަލްކޮށްފައެވެ. އެހެންނަމަވެސް ފްލައިޓް ކެންސަލް ކުރީ ކޮން ސަބަބަކާއި ހުރެކަމެއް އެ ފަރާތުން ހާމައެއް ނުކުރެއެވެ.

އަނެއްކާވެސް ހަމަ މި ފްލައިޓް މިރޭ ކެންސަލްވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ނުރުހުން ފާޅުކޮށްފައެވެ.

މި ފްލައިޓް އިން ފުރުމަށް ހަމަޖެހިފައިވާ ދިވެހި ފަސިންޖަރުން އަނބުރާ ގޮސްފައިވާއިރު ބައެއް ބިދޭސީ ފަސިންޖަރުން ވަނީ ހުޅުލޭ އައިލެންޑް ހޮޓަލަށް ބަދަލުކޮށްފައެވެ.

އިތުރަށް ކިޔާލަން

11 ޖޫން 2017

ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ

11 ޖޫން 2017
ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ
08 ޖޫން 2017

އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

08 ޖޫން 2017
އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި
09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
09 އެޕްރީލު 2017

މޯލްޑިވިއަނުން ކޮލަންބޯއަށް ޑައިރެކްޓް ފްލައިޓް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
މޯލްޑިވިއަނުން ކޮލަންބޯއަށް ޑައިރެކްޓް ފްލައިޓް ބާއްވަން ނިންމައިފި
05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު