Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއުރީދޫ މޯލްޑިވްސް

އުރީދޫ އާއި ޓާޓާ ގުޅިގެން އިންޓަނެޓް ޓެކްނޮލޮޖީތައް ތަޢާރަފްކުރަނީ

28 ޑިސެމްބަރު 2017 | ބުރާސްފަތި 13:13

މި އެއްބަސްވުމުގެ ސަބަބުން މުވާޞަލާތީ ދާއިރާ އިތުރަށް ވަރުގަދަވެގެންދާނެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 28 ޑިސެމްބަރު 2017 | ބުރާސްފަތި 13:13
އުރީދޫ މޯލްޑިވްސްގެ އޮފީސް: ރާއްޖެއަށް އާ ގިނަ ޚިދުމަތްތަކެއް ތަޢާރަފްކޮށްފައިވޭ

އުރީދޫ މޯލްޑިވްސްގެ އޮފީސް: ރާއްޖެއަށް އާ ގިނަ ޚިދުމަތްތަކެއް ތަޢާރަފްކޮށްފައިވޭ

މުވާޞަލާތީ ދާއިރާ ތަރައްޤީކޮށް، ގުޅިގެން މަސައްކަތްކުރުމަށް އުރީދޫ މޯލްޑިވްސް އާއި އިންޑިއާގެ ޓާޓާ ޓެލޮކޮމްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޓާޓާ ޓެލެކޮމް އިން ބުނީ އެކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓާޓާ ކޮމިއުނިކޭޝަންސް ޓްރާންސްފޮމޭޝަން ސަރވިސަސް އާއި އުރީދޫއާ ދެމެދު ސޮއިކުރެވުނީ އިންޓަނެޓްގެ ޒަރީޢާ އިން ދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ރާއްޖޭގައި ދޭ މުވާޞަލާތީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކަމަށެވެ. ޓާޓާއިން މިހާރު ގެންދަނީ ދުނިޔޭގެ އެންމެ ބޮޑު "އިންޓަރނެޓް އޮފް ތިންގްސް ނެޓްވޯކް" އިންޑިއާގައި ޤާއިމްކުރުމަށް މަސައްކަތްކުރަމުންނެވެ.

ޓާޓާއާ އެކު މިމަސައްކަތްކުރުމަށް އެކުލަވާލި އެއްބަސްވުމުގައި ސޮއެކުރެއްވުމަށް ފަހު އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ ޓާޓާއާ އެކު ސޮއިކުރެވުނު އެމްއޯޔޫއަކީ ދިވެހިރާއްޖޭގައި ޑިޖިޓަލް ޚިދުމަތް ދިނުމަށް އުރީދޫ އިން ކުރާ މަސައްކަތުގައި ގިރާކުރެވުނު އިތުރު ހަރުފަތެއް ކަމަށެވެ. އަދި އުރީދޫ އިން މަސައްކަތްކުރަނީ ދުނިޔެއަށް އަންނަ ޓެކްނޮލޮޖީގެ ކުރިއެރުންތައް ވީހާ ވެސް އަވަހަކަށް އުރީދޫގެ ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޓާޓާ ކޮމިއުނިކޭޝަންސް ޓްރާންސްފޮމޭޝަން ސަރވިސަސްގެ ސީއީއޯ މަދުޝުދަން މައިސޫރު ވިދާޅުވީ މިއީ ޓާޓާގެ ޑިޖިޓަލް ޚިދުމަތް ފުޅާކުރުމަށް ލިބުނު އިތުރު ފުރުސަތެއް ކަމަށެވެ. އަދި އިންޑިއާ އިން ލިބޭ ތަޖުރިބާގެ އަލީގައި އެހެން މާކެޓްތަކުގައި ވެސް، އެމާކެޓްތަކަށް ބޭނުންވާ އިންޓަނެޓް ޓެކްނޮލޮޖީތަކާއި ހައްލުތައް ގެނެސްދިނުމަށް ޓާޓާއިން މަސައްކަތްކުރާ ކަމަށް ވެސް މައިސޫރު ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން އުރީދޫގެ ކަސްޓަމަރުންނަށް ސްމާޓް އެކި ޓެކްނޮލޮޖީތައް ބޭނުންކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް ޓާޓާ ކުންފުނިން ބުނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
08 މާރިޗު 2017

އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ

08 މާރިޗު 2017
އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ
28 ފެބުރުއަރީ 2017

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
02 ފެބުރުއަރީ 2017

އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި

02 ފެބުރުއަރީ 2017
އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި
01 ފެބުރުއަރީ 2017

އެއްލައިދޫ މަނިކުއާ ގުޅިގެން އެެމެރިކާ ކުންފުންޏަކުން ދެ ރިސޯޓެއް ހުޅުވަނީ

01 ފެބުރުއަރީ 2017
އެއްލައިދޫ މަނިކުއާ ގުޅިގެން އެެމެރިކާ ކުންފުންޏަކުން ދެ ރިސޯޓެއް ހުޅުވަނީ
10 ޖެނުއަރީ 2017

75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި

10 ޖެނުއަރީ 2017
75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް