Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފަސް ރުފިޔާގެ ނޫޓު

ކުރީގެ ފަސް ރުފިޔާގެ ނޫޓުތަކަކީ ލީގަލް ޓެންޑަރެއް ނޫން ކަމަށް ރައީސް ކަނޑައަޅުއްވައިފި

2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރެއް ނޫން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 ޑިސެމްބަރު 2017 | ބުރާސްފަތި 07:00
ޕޮލިމަރ ފަސް ރުފިޔާގެ ނޫޓް

ޕޮލިމަރ ފަސް ރުފިޔާގެ ނޫޓް

ދިވެހިރާއްޖޭގައި މިހާރު ބޭނުން ކުރަމުންދާ ރުފިޔާގެ ތެރެއިން، 2017 ވަނަ އަހަރުގެ މޭމަހުގެ 10 ވަނަ ދުވަހުގެ ކުރިން ނެރެފައިވާ 5 (ފަސް) ރުފިޔާގެ ކަރުދާސް ނޫޓުތަކަކީ، 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބުދަ ދުވަހު ކަނޑައަޅުއްވައިފިއެވެ.

މިގޮތަށް ކަނޑައެޅުއްވީ، ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ނޫޓުތައް ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރަކަށް ބަދަލު ކުރުމަށްޓަކައި 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ހުށަހަޅާ ފަރާތްތަކަށް، ހުށަހަޅާ ނޫޓުގެ ނުވަތަ ނޫޓުތަކުގެ ސިއްކައިގެ އަގު، އެ އޮތޯރިޓީ އިން ލިބިދޭ ގޮތަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ކަރުދާސް ފަސް ރުފިޔާގެ ނޫޓު ބޭނުން ކުރެވޭނެ އެންމެ ފަހު ދުވަސް ކައިރި ވެފައިވާއިރު މިހާތަނަށް ކަލެކްޓް ކުރެވިފައި ވަނީ ދައުރުވާ ފައިސާގެ 23.3 ޕަސެންޓް ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ބުނެފައެވެ.

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ފަސް ރުފިޔާގެ ކަރުދާސް ނޫޓް ވިޔަފާރީގެ މުއާމަލާތަށް ބޭނުން ކުރެވޭނެ އެންމެ ފަހު ތާރީހަކީ 31 ޑިސެމްބަރު 2017 ކަމަށް ކަނޑައަޅާފަ އެވެ.

އެމްއެމްއޭއިން ވަނީ ވިޔަފާރިވެރިން ވެސް ލިބޭ ކަރުދާސް ނޫޓް އަނބުރާ ކަސްޓަމުންނަށް ދޫނުކޮށް، އެމްއެމްއޭއާ ހަވާލުކޮށް، ރަންދިހަފަހެއްގެ ނޫޓަށް ބަދަލު ކުރުމަށް އިލްތިމާސް ކޮށްފައެވެ.

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2017

މިއަހަރުގެ މާލީ އެސެޓް ފަސް ބިލިއަން ރުފިޔާ ދަށަށް

07 ނޮވެމްބަރު 2017
މިއަހަރުގެ މާލީ އެސެޓް ފަސް ބިލިއަން ރުފިޔާ ދަށަށް
12 ޖުލައި 2017

ދެ ރުފިޔާގެ އާ ފާއިސާ ފޮތި ތަޢާރަފްކޮށްފި

12 ޖުލައި 2017
ދެ ރުފިޔާގެ އާ ފާއިސާ ފޮތި ތަޢާރަފްކޮށްފި
11 ޖުލައި 2017

ލުއި ދެ ރުފިޔާގެ އާ ޝިޕްމަންޓެއް އަނެއްކާ ވެސް ގެނެސްފި

11 ޖުލައި 2017
ލުއި ދެ ރުފިޔާގެ އާ ޝިޕްމަންޓެއް އަނެއްކާ ވެސް ގެނެސްފި
19 ޖޫން 2017

އުރީދޫ އިން 421 މިލިއަން ރުފިޔާގެ ހިއްސާ ވިއްކައިފި

19 ޖޫން 2017
އުރީދޫ އިން 421 މިލިއަން ރުފިޔާގެ ހިއްސާ ވިއްކައިފި
23 މެއި 2017

ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި

23 މެއި 2017
ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި
09 މެއި 2017

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ
20 އެޕްރީލު 2017

ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

20 އެޕްރީލު 2017
ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ
18 އެޕްރީލު 2017

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

18 އެޕްރީލު 2017
 އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
28 ފެބުރުއަރީ 2017

އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

28 ފެބުރުއަރީ 2017
އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު