ޣައްޒާ ހިފުމަށް އިސްރާއީލުން ދެމުންދާ ހަމަލާތައް

  • ޣައްޒާއަށް ތެޔޮ އެތެރެކުރުމުގެ އެއްވެސް ވިސްނުމެއްނެތް: އިސްރާއީލުގެ ބޮޑުވަޒީރު އޮފީސް
  • މިއަދު ޣައްޒާއަށް 120 ޓްރަކްގެ އެހީގެ ތަކެތި އެތެރެކުރެވުނު: ފަލަސްތީނު ރެޑް ކްރެސެންޓް
  • އިސްރާއީލާ ދެކޮޅަށް ކުރިޔަށްގެންދާ އޮޕަރޭޝަން ކާމިޔާބު: ހަމާސް
 
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާއަށް ތެޔޮ އެތެރެކުރުމުގެ އެއްވެސް ވިސްނުމެއްނެތް: އިސްރާއީލުގެ ބޮޑުވަޒީރު އޮފީސް

ޣައްޒާއަށް އެހީގެ ތަކެތި އެތެރެކުރެވުނުނަމަވެސް ތެޔޮ އެތެރެކުރުމުގެ ހުއްދަ ދިނުމާއި ގުޅޭ އެއްވެސް ޕްލޭނެއް އަދި އެކަމުގެ ވިސްނުމެއްވެސް ނުގެންގުޅޭކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު އޮފީހުން ބުނެއެވެ.

ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ބުނެފައިވަނީ ޣައްޒާގެ ހޮސްޕިޓަލުތަކުގެ ހާލަތު ގާތުން މޮނިޓަރކުރަމުންދާކަމަށެވެ. އަދި ޣައްޒާއަށް ތެޔޮ އެތެރެކުރުމާމެދު ބަލަމުންދާކަމަށާއި ނަމަވެސް ހަމާސް އާ ހަަމައަށް ތެޔޮ ނުދޭތޯ ގާތުން މޮނިޓަރކުރަމުންދާނެކަމަށެވެ.

ނަމަވެސް އޭގެ ގަޑިއިރެއް ފަހުން އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވަނީ އެފަދަ އެއްވެސް ޕްލޭނެއް ނެތްކަމަށެވެ.

3 ނޮވެންބަރ 2023 | ހުކުރު 02:35
Writer Profile Picture
އާއިޝަތު ޝިއުރާ
މިއަދު ޣައްޒާއަށް 120 ޓްރަކްގެ އެހީގެ ތަކެތި އެތެރެކުރެވުނު: ފަލަސްތީނު ރެޑް ކްރެސެންޓް

މިއަދު ފަލަސްތީނަށް 102 ޓްރަކްގެ އެހީގެ ތަކެތި އެތެރެކުރެވުނުކަމަށާއި ނަމަވެސް އޭގެތެރޭގައި ތެޔޮ ނުހިމެނޭކަމަށް ފަލަސްތީނު ރެޑް ކްރެސެންޓުން ބުނެފިއެވެ. ތެޔޮ އެތެރެކުރުމުގެ ހުއްދަ އިސްރާއީލުން ދީފައިނުވާތީ ތެޔޮ އަދިވެސް އެތެރެނުކުރެވެއެވެ.

3 ނޮވެންބަރ 2023 | ހުކުރު 02:29
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލާ ދެކޮޅަށް ކުރިޔަށްގެންދާ އޮޕަރޭޝަން ކާމިޔާބު: ހަމާސް

އިސްރާއީލު އަސްކަރިއްޔާ އާ ދެކޮޅަށް ހަމާސްގެ އަސްކަރީ ވިންގް ބައްސާމް ބްރިގޭޑުން ކުރިޔަށްގެންދާ އޮޕަރޭޝަން ކާމިޔާބުކަމަށް ހަމާސްގެ ސްޕޯކްސްމަން އަބޫ އުބައިދާ ބުނެފިއެވެ.

ޓެލެގްރާމް ޗެނަލްގައި ޝެއަރކޮށްފައިވާ އޯޑިއޯ މެސެޖެއްގައި ބުނެފައިވަނީ އިސްރާއީލު ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރާލާފައިވާކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ދީފައެއްނުވެއެވެ.

3 ނޮވެންބަރ 2023 | ހުކުރު 02:27
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ފަލަސްތީނު ޓީވީގެ ނޫސްވެރިއެއް ޝަހީދުކޮށްލައިފި

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ފަލަސްތީނު ޓީވީގެ ކަރެސްޕޮންޑެންޓެއް ޝަހީދުކޮށްލައިފިއެވެ. މިއާއެކު މިހަނގުރާމައިގައި މަރާލެވުނު ނޫސްވެރިންގެ އަދަދުވަނީ 36ށް އަރާފައެވެ.

3 ނޮވެންބަރ 2023 | ހުކުރު 02:19
Writer Profile Picture
އަހްމަދު ދާއޫދު
އިސްރާއީލު ސިފައިން ޣައްޒާ ސިޓީ ވަށާލާފައިފި

އިސްރާއީލުގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ އިސްރާއީލް ސިފައިން ޣައްޒާ ސިޓީ ވަށާލާފައިވާ ކަމަށާއި ހަނގުރާމަވެރިންނަށް އެއްވެސް ދިމާއަކުން އެތެރެވެސް އަދި ބޭރުވެސް ނުވެވޭނެކަމަށެވެ.

ތަރުޖަމާނު ޑެނިއަލް ހަގާރީ ވިދާޅުވީ ހަމާސް ރޫޅާލުމަށް އިސްރާއީލުން ކުރަމުންދާ ކެމްޕޭނުގެ ދަށުން ޣައްޒާ ސިޓީގެ ވަށައިގެން އައިޑީއެފްގެ ސިފައިން އެބަތިބި ކަމަށެވެ. އޭނާ ވިދާޅުވީ އިސްރާއީލު ސިފައިން ސީދާ ހަމާސްގެ ހަނގުރާމަވެރިންނާ ދިމާކޮށް ބަލިކުރަމުންދާ ކަމަށެވެ.

ހަގާރީ އިތުރަށް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ ވިސްނުން މުޅިން ބޭރުގައި އޮތް އިރު، އިސްރާއީލުން ވިސްނަނީ ހަނގުރާމަވެރި ޖަމާއަތުގެ ހަރަކާތްތަކުގެ މަރުކަޒުގެ ގޮތުގައި ޣައްޒާ ސިޓީގައި ހުރި ހަމާސްގެ މުދަލާއި ސިފައިން ނައްތާލުމަށެވެ.

3 ނޮވެންބަރ 2023 | ހުކުރު 00:02
Writer Profile Picture
ފާތިމަތު އުދުމާ
ާޣައްޒާގެ 46 އިންސައްތަ ހޮސްޕިޓަލް މިހާރު ބޭނުންނުކުރެވޭ

ޣައްޒާގެ 35 ހޮސްޕިޓަލްގެ ތެރެއިން 16 ހޮސްޕިޓަލް މިހާރު އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ކަމަށް އެގައުމުގެ އިދާރާތަކުން ވަނީ ހިއްސާކޮށްފައެވެ.

ގިނަ އަދަދެއްގެ ހޮސްޕިޓަލްތައް އިސްރާއިލްގެ ހަމަލާތަކުގެ ސަބަބުން ފުނޑުފުނޑުވެގެން ދިޔަ އިރު، އަނެއް ބައި ހޮސްޕޮޓަލްތަކަކީ ތެޔޮ ނުލިބުމުގެ ސަބަބުން، ކަރަންޓު ކެނޑި، ބޭނުން ނުކުރެވޭ ވަރު ވެފައިހުރި ހޮސްޕިޓަލްތަކެވެ. މީގެ ތެރޭގައި ޣައްޒާގައި ހުރި ހަމަ އެކަނި ކެންސަރު ހޮސްޕިޓަލްވެސް ހިމެނެއެވެ.

މިހާރު ޣައްޒާގައިހުރި އެންމެ ބޮޑު ދެ ހޮސްޕިޓަލަށްވެސް ވަނީ މިބިރު ކުރިމަތިވެފައެވެ.

2 ނޮވެންބަރ 2023 | ބުރާސްފަތި 22:34
Writer Profile Picture
ފާތިމަތު އުދުމާ
އިސްރާއީލާއި ލުބުނާނުގެ ބޯޑަރުގައި ކުރިމަތިލުންތައް ވަނީ އިތުރުވެފައި

އިސްރާއީލާއި ލުބުނާނުގެ ބޯޑަރުގައި ހަނގުރާމަތައް އިތުރުވެފައިވާއިރު – އިސްރާއީލުގެ އުތުރުގެ އަވަށަކަށާއި އަސްކަރީ ސައިޓަކަށް ހަމަލާތައް ވަނީ އަމާޒުވެފައެވެ.

2 ނޮވެންބަރ 2023 | ބުރާސްފަތި 22:29
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
އަލް ގުދުސް ހޮސްޕިޓަލް ކައިރިއަށް އިސްރާއީލުން ވައިގެ ހަމަލާ އެއް ދީފި

އަލް ގުދުސް ހޮސްޕިޓަލް ކައިރިއަށް އިސްރާއީލުން ވައިގެ ހަމަލާ އެއް ދީފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހަމަލާ ދީފައި ވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. ރެޑްކްރެސެންޓުން ބުނީ ބުދަ ދުވަހު ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް އެ ސަރަހައްދަށް ދީފައިވާ ކަަމަށެވެ. އަދި އެ ހަމަލާތައް ދެ ގަޑި އިރަށް ދެމިގެން ދިޔަ ކަމަށް ވެސް ވަނީ ބުނެފައެވެ.

2 ނޮވެންބަރ 2023 | ބުރާސްފަތި 15:41
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
ޣައްޒާގެ އިންސާނީ ހާލަތު ދަށްވެ، ހޮސްޕިޓަލްތައް ވަނީ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައި - ޑޮކްޓަރ

ޣައްޒާގެ އިންސާނީ ހާލަތު ދަށްވެ، ހޮސްޕިޓަލްތައް ވަނީ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާ ކަމަށް ފަލަސްތީނުގައި މަސައްކަތް ކުރާ ޑޮކްޓަރުން ބުނަން ފަށައިފިއެވެ.

ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް ޝިފާ ހޮސްޕިޓަލްގައި މަސއްކަތް ކުރާ ޑޮކްޓަރަކާއި ހަވާލާދީ ސީއެންއެންގައި ބުނެފައި ވަނީ ހޮސްޕިޓަލަށް ގެންދާ ކުޑަކުދިންގެ ތެރޭގައި އަތަށާއި މޫނަށް އަދި ފަޔަށް ގެއްލުން ލިބިފައިވާ ކުދިން ގިނަ ކަމަށެވެ. އަދި ބައެއް ކުޑަކުދިން ހޮސްޕިޓަލަށް ގެންދާ އިރު ހަށިގަނޑުގެ ބައެއް ބައިތައް ވަކިވެފައިވާ މަންޒަރު ފެނުމަކީ ހިތަށް ކުޅަދާނަ ވާވަރު ކަމެއް ނޫން ކަަމށް ވެސް އެ ޑޮކްޓަރުން ވަނީ ބުނެފައެވެ.

2 ނޮވެންބަރ 2023 | ބުރާސްފަތި 15:37
Writer Profile Picture
އާއިޝަތު ޝިއުރާ
ޖަބާލިއާ ރެފިޔުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާގައި ފުރާނަ ގެއްލިގެންދިޔަ މީހުންގެ އަދަދު 195ށް އަރައިފި

އިސްރާއީލުން ޖަބާލިއާ ރެފިޔުޖީ ކޭމްޕަށް ދިން ހަމަލާގައި ފުރާނަ ގެއްލިގެންދިޔަ މީހުންގެ އަދަދު 195ށް އަރާފައިވާކަމަށް ޣައްޒާ އިން ބުނެފިއެވެ.

އިސްރާއީލުން ވަނީ އަންގާރަ އަދި ބުދަ ދުވަހުވެސް ޖަބާލިއާ ރެފިޔުޖީ ކޭމްޕަށް އަމާޒުކޮށް ހަމަލާދީފައެވެ. ޣައްޒާގެ ސަރުކާރުން ބުނެފައިވަނީ އިމާރާތްތަކުގެ ދަށުގައި 120 މީހުން ވާކަމަށެވެ. އަދި 777 މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާކަމަށް ޣައްޒާއިން ބުނެއެވެ.

2 ނޮވެންބަރ 2023 | ބުރާސްފަތި 05:32
Writer Profile Picture
އާއިޝަތު ޝިއުރާ
ފަލަސްތީނު ރައްޔިތުންގެ ތެރެއިން އިސްރާއީލު ސިޓިޒެންޝިޕް އޮންނަ ފަރާތްތައް އިސްރާއީލާ ދެކޮޅަށް އަޑުއުފުލުން މަނާ

ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން އިސްރާއީލު ސިޓިޒެންޝިޕް އޮންނަ ރައްޔިތުންނަށް ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ދެކޮޅަށް ވާހަކަދެއްކުމުގެ ފުރުސަތު ނޯންނަކަމަށް އެފަރާތްތަކުން ބުނެފިއެވެ.

އެގޮތަށް ވާހަކަދައްކާ އަޑުއުފުލާ ފަރާތްތައް ހޯދާ ހައްޔަރުކޮށް އިންޒާރުދެމުންދާކަމަށް އެޑްވޮކޭޓުން ބުނެއެވެ. ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން އިސްރާއީލު ސިޓިޒެންޝިޕް އޮންނަ މީހުންނަކީ އާބާދީގެ 20 އިންސައްތައެވެ.

2 ނޮވެންބަރ 2023 | ބުރާސްފަތި 03:10
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުން މިހާރު އަންނަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުން
2 ނޮވެންބަރ 2023 | ބުރާސްފަތި 03:04
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމާސް އަށް ދެން ޣައްޒާގައި ވެރިކަން ނުކުރެވޭނެ: ވައިޓް ހައުސް ސްޕޯކްސްމަން

ޣައްޒާއަށް އިސްރާއީލުން މެދުކެނޑުމެއްނެތި ހަމަލާތައް ދެމުންދާއިރު މިހަމަލާތައް ހުއްޓުމަކަށް އައުމަށްފަހު ދެން ކަންކަންވެގެންދާނެ ގޮތެއް ނޭންގޭކަމަށާއި ނަމަވެސް ދެން ހަމާސްއަށް ޣައްޒާގައި ވެރިކަންނުކުރެވޭނެކަމަށް އެމެރިކާގެ ވައިޓްހައުސްގެ ސްޕޯކްސްމަން ޖޯރން ކާރބީ ބުނެފިއެވެ.

އެހެންކޮންމެ ބަޔަކަށް ޣައްޒާގެ ކޮންޓްރޯލް ނެގުނުނަމަވެސް އެބަޔަކީ ހަމާސް އަށް ނުވާނެކަމަށް ކާރބީ ބުންޏެވެ.

ހަމާސްގެ ކޮންޓްރޯލްގެ ދަށަށް ޣައްޒާ ދިޔައީ 2006 ވަނަ އަހަރުގެ އިންތިޚާބު ހަމާސް އިން ކާމިޔާބުކުރުމާއި ގުޅިގެންނެވެ. އެއާއެކު އިސްރާއީލުން އަންނަނީ ޣައްޒާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ހުރިހާ ކަމެއް ކޮންޓްރޯލްކުރަމުންނެވެ.

2 ނޮވެންބަރ 2023 | ބުރާސްފަތި 02:03
Writer Profile Picture
އާއިޝަތު ޝިއުރާ
އެހީގެ ތަކެތި ހިފައިންގެ މިއަދު 55 ޓްރަކް ޣައްޒާއަށް ވަދެފައިވޭ

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނާގޮތުގައި އެހީގެ ތަކެތި ހިފައިގެން މިއަދު ޣައްޒާއަށް 55 ޓްރަކް ވަދެފައިވެއެވެ. މީގެތެރޭގައި ހިމެނެނީ ފެނާއި ކާނާ އާއި ބޭހެވެ. އަދިވެސް ތެޔޮ އެހީގެ ސާމާނުގެ ގޮތުގައި އެތެރެނުކުރެވެއެވެ.

މިހާތަނަށް 272 ޓްރަކް ޣައްޒާއަށް އެހީ ހިފައިގެން އެތެރެވެފައިވެއެވެ.

2 ނޮވެންބަރ 2023 | ބުރާސްފަތި 01:56
Writer Profile Picture
އާއިޝަތު ޝިއުރާ
ހަނގުރާމަ ފެށި ފަހުން 33 ނޫސްވެރިއެއް މަރާލާފައިވޭ: މީޑިޔާ ވޮޗްޑޯގް

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކުރިޔަށްދާ ހަނގުރާމައިގައި މިހާތަނަށް 33 ނޫސްވެރިއެއް މަރާލާފައިވާކަމަށް މީޑިޔާ ވޮޗްޑޯގުން ބުނެފިއެވެ. އަދި 8 ނޫސްވެރިއަކަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާއިރު 9 ނޫސްވެރިއެއް ގެއްލިފައިވާކަމަށް ނުވަތަ ހައްޔަރުކޮށްފައިވާކަމަށް ބެލެވޭކަމަށްވެސް ބުނެފައިވެއެވެ.

2 ނޮވެންބަރ 2023 | ބުރާސްފަތި 01:52
Writer Profile Picture
އަހްމަދު ދާއޫދު
މިއަދު ހެނދުނުގެ އެންމެ ފަހުގެ އަޕްޑޭޓްތައް

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގައި އެ ގައުމުގެ ނުވަ ސިފައިން ޝަހީދުކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.

ފަލަސްތީނުގެ ޓެލެކޮމިއުނިކޭޝަން ކުންފުނި ޕަލްޓެލް އިން ބުނީ ޣައްޒާގައި އަނެއްކާވެސް މުވާސަލާތީ އަދި އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައިވާ ކަމަށެވެ.

އިޒްރޭލުން ޖެނިންއަށް ދިން ވައިގެ ހަމަލާގައި ދެ މީހަކު ޝަހީދުވެފައިވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު ވަނީ 4 ށް އަރާފައެވެ.

އިސްރާއީލުން އެންމެ ފަހުން ޣައްޒާގެ ޚާން ޔުނިސްއަށް ދިން ވައިގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 12 އަށް.

ކޮލަމްބިއާ އާއި ޗިލީއިން އިސްރާއީލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަނބުރާ ގެންނައިރު، ޣައްޒާގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ބޮލީވިއާއިން ވަނީ އިސްރާއީލާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައެވެ.

ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާ އިންސާނީ އެހީދޭ ޖަމާއަތްތަކުން ކުށްވެރިކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގޮވާލުންތައް އާކޮށްފި އެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނުގެ އެންމެ ފަހުގެ އިންޒާރު ވަނީ ދެއްވައިފައެވެ.

1 ނޮވެންބަރ 2023 | ބުދަ 10:31
Writer Profile Picture
އަހްމަދު ދާއޫދު
އިސްރާއީލް ސިފައިން "ހިޒްބުاللهގެ އިންފްރާސްޓްރަކްޗާ" އަށް ހަމަލާދީފައިވާ ކަމަށް ބުނެފި

އިސްރާއީލުގެ އަސްކަރިއްޔާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެގައުމުގެ ފައިޓާ ޖެޓްތަކުން ހިޒްބުﷲގެ އިންފްރާސްޓްރަކްޗާއަށް ހަމަލާދީފައިވާ ކަމަށާއި އޭގެ ތެރޭގައި "ލުބުނާނުގައި ހުރި ހަތިޔާރާއި ޕޯސްޓުތަކާއި ސައިޓްތައް" ހިމެނޭ ކަމަށެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އިސްރާއީލާއި ލުބްނާނުގެ ބޯޑަރު ހުރަސްކޮށް އިސްރާއީލު ސިފައިންނާއި ހިޒްބުاللهގެ ހަނގުރާމަވެރިން ބަޑީގެ ހަމަލާތައް ބަދަލުކޮށްފައިވާއިރު، ސަރަހައްދީ ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

31 އޮކްޓޯބަރ 2023 | އަންގާރަ 06:35
Writer Profile Picture
އަހްމަދު ދާއޫދު
ހަމާސް އަށް އޮތީ ހަނގުރާމައިގައި މަރުވުން ނުވަތަ އަމާން ދިނުން ތިންވަނަ ގޮތެއް ނެތް: ގަލަންޓް

އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރުގައި ވިދާޅުވީ ހަމާސް އަށް ދެ ގޮތެއް އެބައޮތް ކަމަށާއި އެއީ "ހަނގުރާމައިން މަރުވުން ނުވަތަ އެއްވެސް ޝަރުތެއް ނެތި އަމިއްލައަށް އަމާން ދިނުން" ކަމަށެވެ.

"ތިން ވަނަ ގޮތެއް ނެތް،" ޣައްޒާގެ "ބިންމަތީގައި ތިބި ހަނގުރާމަވެރިންނާއި ލީޑާޝިޕަށް" ގަލަންޓް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެމީހުންނާ ހަމައަށް ގޮސް، އަޅުގަނޑުމެންގެ މިޝަން ހާސިލްކުރާނަން، އެ ޖަމާޢަތް ނެތްކަން ކަށަވަރު ކުރާނަން،" "އަޅުގަނޑުމެންގެ ގްރައުންޑް އޮޕަރޭޝަން ކާމިޔާބު ކުރާނީ އަޅުގަނޑުމެންގެ ގައިދީން އެނބުރި ގައުމަށް ގެނައުމަށާއި ހަމާސްގެ ގާބިލުކަން ނައްތާލައިގެން." އޭނާ ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ އިޒްރޭލުން އެންކްލޭވްގެ އެކި ސަރަހައްދުތަކަށް ހަމަލާދެމުން އަންނަ ދަނޑިވަޅެއްގައެވެ.

30 އޮކްޓޯބަރ 2023 | ހޯމަ 22:51
Writer Profile Picture
އަހްމަދު ދާއޫދު
ޖެނިން ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަކީ "ޖަމާއަތުގެ އަދަބެއް" : އޮފިޝަލުން

ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިން ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ކޮންމެ ދުވަހަކު ވެސް ހަމަލާދިނުމަކީ އެންމެން ގުޅިގެން ދޭ އަދަބެއް ކަމަށާއި އެއީ ފަލަސްތީނުގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ކޭމްޕްގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ޖެނިން ރެފިއުޖީ ކޭމްޕަށް ހިދުމަތް ކުރުމުގައި މަޝްހޫރު ކޮމިޓީގެ މުގައްރިރު މުހައްމަދު އަލް ސަބްބާގް، 50، ވިދާޅުވި ގޮތުގައި އަސްކަރިއްޔާއިން އެ ކޭމްޕަށް ވަދެ މީހުން މަރާލައި ޒަހަމްކޮށްލަ އެވެ.

"އެމީހުން މިއަދު ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލީ، ދެން އިސްރާއީލުގެ ބުލްޑޯޒަރުން ގެތަކާއި ސާމާނުތައް ހާލުކުކޮށްލި. އެ މީހުން ވަނީ ކޭމްޕުގެ ދޮރާއި އައިކޮނިކް އާޗްޑް ގޭޓަކާއި ޖެނިން ސިޓީގެ ލޭންޑްމާކެއް ކަމަށްވާ "އަސް" ރައުންޑްއަބައުޓް ހަލާކުކޮށްލައިފަ،" ސަބްބާގް ވިދާޅުވި އެވެ.

މި ރައުންޑަބައުޓަކީ 2002 ވަނަ އަހަރު ކޭމްޕަށް އަރައިގަތް މީހުންގެ ރަމްޒެއް ކަމަށާއި އެއީ އެމްބިއުލާންސް ހިމެނޭ ގޮތަށް އޭރު ހަލާކުވި ވެހިކަލްތަކުގެ ސްކްރެޕްތަކުން ހަދާފައިވާ ރައުންޑެކެވެ.

އަދި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެ ކޭމްޕުގައި ތިބި ފަލަސްތީނުގެ 11 މީހަކު ޝަހީދުކޮށް، 75 މީހުން ޒަޚަމްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

30 އޮކްޓޯބަރ 2023 | ހޯމަ 21:01
Writer Profile Picture
އަހްމަދު ދާއޫދު
ހެބްރޮންގެ ބާބް އަލް ޒަވިޔާގައި އިސްރާއިލް ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި 22 މީހަކު ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ހެބްރޮންގެ ބާބް އަލް ޒަވިޔާގައި އިސްރާއީލް ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި 22 މީހަކަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ފަލަސްތީނުގެ މީހެއްގެ ބަނޑަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.

ޖެނިން ސިޓީގައި ހަތަރު މީހަކު މަރުވެފައިވާއިރު، ހޯމަ ދުވަހު ޔައްޓާގައި އެކަކު ވަނީ މަރުވެފަ އެވެ.

30 އޮކްޓޯބަރ 2023 | ހޯމަ 16:30
Writer Profile Picture
އަހްމަދު ދާއޫދު
ޣައްޒާގައި އިސްރާއީލުގެ އަސްކަރީ ސްޓްރެޓެޖީ އަކީ ކޮބާ؟

ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ ސަލާހް އަދްދީން ސްޓްރީޓަށް އާމަރޑް ބުލްޑޯޒަރަކާއެކު ޓޭންކްތަކެއް ވަދެފައިވާ ކަމުގެ ޚަބަރުލިބުމުގެ މާނައަކީ، ހަމާސްގެ ދިފާއީ ސިޔާސަތުތަކާއި، އެމީހުންގެ ރައްދުދިނުމުގެ ޤާބިލުކަން ޓެސްޓް ކުރަން ނުވަތަ ދެނެގަތުމަށް އިސްރާއީލުން ފުރަތަމަ ފަހަރަށް ޑޭލައިޓް އާމަރޑް ރިކޮނިސެންސް ކުރިއަށް ގެންގޮސްފައިވާކަމެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާގެ ބައެއް ސަރަހައްދުތަކުގައި ހަރަކާތްތެރިވުން ދެމެހެއްޓުމަށް އެންމެ ޚަރަދު ކުޑަ ގޮތަކީ، އެސަރަހައްދުން ބަރު ހަތިޔާރާއި އެކު ވަދެގަތުން ކަމަށް ބެލެވެއެވެ.

އޭގެ ބަދަލުގައި ޣައްޒާ ސިޓީއަށް ހަމަލާދޭން ނިންމައިފިނަމަ، އެ ސިޓީގެ ސަރަހައްދަށް ވަދެ، އެ ސިޓީއަށް ވަނުމަށް އެކަށީގެންވާ ވަރަށް ސިފައިން ބޭނުންކުރަން ޖެހިދާނެ ކަމަށާއި، އެކަމުގެ ސަބަބުން ހަމާސްގެ ގިނަ ހަނގުރާމަވެރިން އެ ސިޓީއަށް ގެންދާނެ ކަމަށް އިޒްރޭލުން ދެކެއެވެ.

ފަހަތުން އަންނަ ކޮމްބައިންޑް އެޓޭކެއްގައި، އިރުމަތީ ފަރާތުން ހަތިޔާރު އެޅި ފައުޖުތަކާއި، ކަނޑުގެ ސިފައިންގެ ފައުޖުތައް ބޭނުން ކުރުން ކަމަށް ބެލެވިދާނެ އެވެ.

30 އޮކްޓޯބަރ 2023 | ހޯމަ 16:24
Writer Profile Picture
އަހްމަދު ދާއޫދު
ޣައްޒާގެ އެތައް ހާސް ބަޔަކު ލޮނު، ނުވަތަ ތަޣައްޔަރުވެފައިވާ ފެން ބޯން ޖެހިފައިވޭ: ރިޕޯޓް

އެމެރިކާގެ ޚާރިޖީ ވުޒާރާގެ އެތެރޭގެ ލިޔުމެއްގައި ޣައްޒާގައި އެތައް ހާސް ބަޔަކު ލޮނުގަދަ އަދި ތަޣައްޔަރުވެފައިވާ ފެން ބޯންޖެހިފައިވާ ކަމުގެ ތަފްސީލް ދީފައިވާ ކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާރެޓްޒް އިން ބުނެފިއެވެ.

ޣައްޒާގައި 52،000 އެއްހާ މާބަނޑު އަންހެނުންނާއި ހަ މަސް ނުފުރޭ 30،000 އަށް ވުރެ ގިނަ ތުއްތު ކުދިންނަށް ލޮނު ނުވަތަ ތަޣައްޔަރުވެފައިވާ ފެން ބޯން މަޖުބޫރުވެފައިވާ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ރިޕޯޓްކޮށްފައިވާ ކަމަށް ހާރެޓްޒް ނޫހުގައި ބުނެފައިވެ އެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ ރައްޔިތުންނަށް ފެން ހޯދުމަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ކަނޑާލާފައެވެ.

ފެނުގެ ދަތިކަމުގެ ސަބަބުން ބަނޑުހައިހޫނުކަމާއި ކޮލެރާ ފަދަ ގައިންގަޔަށް އަރާ ބަލިތައް ޖެހުމުގެ ބިރު އެބައޮތް ކަމަށް ސިއްހީ ހިދުމަތްތެރިން ބުނެ އެވެ.

30 އޮކްޓޯބަރ 2023 | ހޯމަ 10:13
Writer Profile Picture
އަހްމަދު ދާއޫދު
އިސްރާއީލުން ދިން ހަމަލާތަކުގައި 47 މިސްކިތެއް ހަލާކުވެ، ހަތް ފައްޅިއަކަށް ގެއްލުންވެއްޖެ: ޣައްޒާ ސަރުކާރު

ޣައްޒާއަށް އިޒްރޭލުން މިހާރު ދެމުން ގެންދާ ވައިގެ ހަމަލާތަކުގައި 47 މިސްކިތަކާއި ހަތް ފައްޅިއެއް ހަލާކުވެފައިވާ ކަމަށް ޣައްޒާގެ ސަރުކާރުން ބުނެފިއެވެ.

ޣައްޒާގެ މީޑިއާ އޮފީހުން ބުނީ ފާއިތުވި ތިން ހަފުތާގެ ތެރޭގައި 203 ސްކޫލަކާއި ސަރުކާރުގެ 80 އޮފީހެއް ވެސް ހަލާކުވެފައިވާ ކަމަށެވެ.

އެ އޮފީހުގެ ޑިރެކްޓަރު ސަލާމާ މާރޫފްއާ ހަވާލާދީ އަލްޖަޒީރާ އަރަބިކް އިން ބުނީ ބޮމުގެ ހަމަލާތަކުގެ ސަބަބުން 220،000 ހައުސިން ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި 32،000 އިމާރާތް މުޅިން ހަލާކުވެފައިވާ ކަމަށެވެ.

މީގެ ކުރިން ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އޯތޮޑޮކްސް ކަލްޗަރަލް ސެންޓަރަކާއި ގެދޮރު ގެއްލިފައިވާ 1500 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސްކޫލަކަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގައި މިހާތަނަށް 8،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި 3،000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2،000 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ. އަދި 20،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

30 އޮކްޓޯބަރ 2023 | ހޯމަ 09:50
Writer Profile Picture
އަހްމަދު ދާއޫދު
އިސްރާއީލްގެ ހަމަލާތަކުގައި ޖަބާލިއާ ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

އަލްޖަޒީރާއިން ނަގާފައިވާ ހާއްސަ ވީޑިއޯއަކުން ފެންނަ ގޮތުގައި އިސްރާއީލުން ދިން ވަރުގަދަ ބޮމުގެ ހަމަލާތަކަށް ފަހު ޣައްޒާގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޖަބާލިއާ އަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ޖަބާލިއާ ރެފިއުޖީ ކޭމްޕަކީ ޣައްޒާގެ އެންމެ އާބާދީ ބޮޑު އެއް ސަރަހައްދަށް ވާއިރު، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ހަމާސް އިން ދިން ހަމަލާއަށް ފަހު އިޒްރޭލު ސިފައިން އަންނަނީ ތަކުރާރުކޮށް ބޮމުގެ ހަމަލާތައް ދެމުންނެވެ.

ފާއިތުވި ތިން ހަފުތާގެ ތެރޭގައި ޣައްޒާގެ އެކި ހިސާބުތަކުގައި 8،000 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަހަމްވެފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

30 އޮކްޓޯބަރ 2023 | ހޯމަ 08:57
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
ބައިނަލްއަޤުވާމީ ހަމަނުޖެހުންތަކުގައި މިދިޔަ 4 އަހަރު ކުޑަކުދިން ނިޔާވި އަދަދަށް ވުރެ ގިނަ ކުދިން ޣައްޒާގައި ވަނީ ނިޔާވެފައި

ބައިނަލްއަޤުވާމީ މައްސަލަތަކުގައި ނުވަތަ ހަމަނުޖެހުންތަކުގައި، މިދިޔަ 4 އަހަރު ކުޑަކުދިން ނިޔާވި އަދަދަށް ވުރެ ގިނަ ކުދިން ޣައްޒާގައި ވަނީ ނިޔާވެފަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ފާއިތުވި 3 ހަފްތާގައި ޣައްޒާގައި ނިޔާވި ކުޑަކުދިންގެ އަދަދު 3000 އަށް ވުރެ އިތުރެވެ. ތަފާސްހިސާބުތަކަށް ބަލާ އިރު 2022ގައި 24 ޤައުމުން ޖުމްލަ 2985 ކުޑަކުދިން އެކި މައްސަލަތަކުގައި މަރުވެފައިވެއެވެ. 2021ގައި 2515 ކުދިން އަދި 2020ގައި 2674 ކުދިން ވަނީ މަރުވެފައެވެ. 2019ގައި 4019 ކުދިން މަރުވެފައިވާ އިރު މިއީ އެ އަހަރުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ކުޑަކުދިން މަރުވި މީހުންގެ އަދަދުކަން ފާހަގަކޮށްލެވެއެވެ.

30 އޮކްޓޯބަރ 2023 | ހޯމަ 08:02