ޣައްޒާ ހިފުމަށް އިސްރާއީލުން ދެމުންދާ ހަމަލާތައް

  • ހަމާސްގެ އަތްދަށުގައި ތިބި ދުވަސްވީ އަންހެނަކާއި ކުޑަ ފިރިހެން ކުއްޖެއް ދޫކޮށްލާކަން ހަމާސްއިން ހާމަކޮށްފި
  • ހަތަރު ގަޑިއިރަށް ހަމަލާދިނުން މެދުކަނޑާލާކަން ތިން ގަޑިއިރުކުރިން އަންގާނެ
  • ކޮންމެ ދުވަހަކު 4 ގަޑިއިރަށް ޣައްޒާއަށް ހަމަލާދިނުން މެދުކަނޑާލުމަށް އިސްރާއީލުން އެއްބަސްވެއްޖެ
 
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމާސްގެ އަތްދަށުގައި ތިބި ދުވަސްވީ އަންހެނަކާއި ކުޑަ ފިރިހެން ކުއްޖެއް ދޫކޮށްލާކަން ހަމާސްއިން ހާމަކޮށްފި

ހަމާސްގެ އަތްދަށުގައި ތިބި އަސީރުންގެ ތެރެއިން އުމުރުން ދުވަސްވީ އަންހެނަކާއި ކުޑަ ފިރިހެން ކުއްޖެއް ދޫކޮށްލާކަން އެޖަމާއަތުން ހާމަކޮށްފިއެވެ. ހަމާސްއިން ބުނީ ދެ މީހުން ދޫކޮށްލަނީ އިންސާނިއްޔަތަށްޓަކައިކަމަށެވެ.

މި ދެ އަސީރުން ދޫކޮށްލާނީ ހަމަލާތައް ދިނުން މެދުކަނޑާލުމުންނެވެ.

10 ނޮވެންބަރ 2023 | ހުކުރު 01:58
Writer Profile Picture
އާއިޝަތު ޝިއުރާ
ހަތަރު ގަޑިއިރަށް ހަމަލާދިނުން މެދުކަނޑާލާކަން ތިން ގަޑިއިރުކުރިން އަންގާނެ

ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ކޮންމެ ދުވަހަކު ހަތަރު ގަޑިއިރަށް މެދުކަނޑާލުމުގެ ތިން ގަޑިއިރު ކުރިން އެކަން އަންގާނެކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.

މި ހަތަރު ގަޑިއިރު ތެރޭގައި އިންސާނީ އެހީތެރިކަން ޣައްޒާއަށް އެތެރެކުރުމުގެ ފުރުސަތު ލިބިގެންދާއިރު ޣައްޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުން ދެކުނަށް ބަދަލުވާން ފުރުސަތު ލިބޭނެއެވެ. މިވަގުތުގެ ތެރޭގައި އިސްރާއީލުގެ އަސްކަރިއްޔާގެ އެއްވެސް ހަރަކާތެއް އެސަރަހައްދުގައި ކުރިޔަށްނުދާނެއެވެ. އަދި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަންކުރުމުގެ ކަންކަންވެސް ކުރިޔަށްދާނެއެވެ.

މީގެއިތުރުން ދުވާލަކު 150 ޓްރަކްގެ އެހީގެ ތަކެތި ޣައްޒާއަށް އެތެރެކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

10 ނޮވެންބަރ 2023 | ހުކުރު 01:55
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮންމެ ދުވަހަކު 4 ގަޑިއިރަށް ޣައްޒާއަށް ހަމަލާދިނުން މެދުކަނޑާލުމަށް އިސްރާއީލުން އެއްބަސްވެއްޖެ

އިސްރާއީލު އަސްކަރިއްޔާއިން ޣައްޒާއަށް މެދުކެނޑުމެއްނެތި ދެމުން އަންނަ ހަމަލާތައް ކޮންމެ ދުވަހަކުވެސް 4 ގަޑިއިރަށް މެދުކަނޑާލުމަށް އިސްރާއީލުން އެއްބަސްވެފައިވާކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.

މިވަގުތަކީ ޣައްޒާގެ އުތުރުގައި އުޅޭ ރައްޔިތުން ދެކުނަށް ބަދަލުވާން ލިބޭ ވަގުތެވެ. މިވަގުތު ފެށޭނީ މިއަދުން ފެށިގެންކަމަށް ވައިޓް ހައުސްއިން ބުނެއެވެ.

10 ނޮވެންބަރ 2023 | ހުކުރު 01:51
Writer Profile Picture
އަހްމަދު ދާއޫދު
ޖެނިން ރެފިއުޖީ ކޭމްޕްގައި އިސްރާއީލުގެ ސްނައިޕަރުން ހަރަކާތްތެރިވާން ފަށައިފި

ޖެނިން ރެފިއުޖީ ކޭމްޕްގައި އިސްރާއީލުގެ ސްނައިޕަރުން ހަނގުރާމަވެރިން ހޯދމުގެ ނަމުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

ޖެނިން ރެފިއުޖީ ކޭމްޕްގެ މަސްދަރުތަކުން އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ އިސްރާއީލު ސިފައިން ގެންދަނީ ސްނައިޕަރ ޕޮޒިޝަންތައް ނަގަމުން ކަމަށެވެ.

ބައެއް ސަރަހައްދުތަކުގައި އަސްކަރިއްޔާއިން ދަނީ ގޭގެއަށް ވަދެ ހަތިޔާރު އެޅި ހަނގުރާމަވެރިން ހޯދަމުގެ ނަމުގައި ޢާއްމު ރައްޔިތުންގެ ގެދޮރުގެ ޙުރުމަތް ކަނޑަމުންނެވެ. އެމީހުން ގެންދަނީ ގޭގޭގެ ތެރެއިން ފެންނަ ޒުވާނުންނަށް ބަޑިޖަހައި މަރަމުންނެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ މިހާރު ކުރިއަށްދާ މި ހަމަލާގައި ފަލަސްތީނުގެ ހަތް މީހަކު ޝަހީދުވެފައިވާ ކަމަށެވެ.

އިސްރާއީލްގެ ސްނައިޕަރުން ޖެނިސް ރެފިއުޖީ ކޭމްޕްގައި ހަރަކާތްތެރިވަނީ - ރޮއިޓާސް
9 ނޮވެންބަރ 2023 | ބުރާސްފަތި 16:17
Writer Profile Picture
އަހްމަދު ދާއޫދު
ފަލަސްތީނުގެ ތިން ޖަމާއަތަކުން ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލަ އައިސީސީ އަށް ހުށަހަޅައިފި

ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި ޣައްޒާގައި ހަރަކާތްތެރިވާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިސް ތިން ޖަމިއްޔާއަކުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

އަލް ހައްގާއި އަލް މެޒާން އަދި ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ މަރުކަޒުގެ ފަރާތުން ހުށަހެޅި ދައުވާގައި ވަނީ ޣައްޒާގައި އިސްރާއީލުން ހިންގާ އަމަލުތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެ، ރައީސް ހަރްޒޯގާއި ބޮޑުވަޒީރު ނަތަންޔާހޫ އަދި ޑިފެންސް މިނިސްޓަރު ގަލަންޓް ހިމެނޭ ގޮތަށް އިސްރާއީލުގެ އޮފިޝަލުން ހައްޔަރު ކުރުމުގެ އަމުރެއް ނެރުމަށް ގޮވާލާފަ އެވެ.

9 ނޮވެންބަރ 2023 | ބުރާސްފަތި 13:43
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގެ އުތުރުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުން ފުރާނަ ސަލާމަތްކުރުމަށް ފައިމަގުގައި ޣައްޒާގެ ދެކުނަށް

ޣައްޒާގެ އުތުރުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނެއް ފުރާނަ ސަލާމަތްކުރުމަށް ފައިމަގުން ޣައްޒާގެ ދެކުނަށް ބަދަލުވާން ފަށައިފިއެވެ.

9 ނޮވެންބަރ 2023 | ބުރާސްފަތި 07:31
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމާސްގެ އަތްދަށުގައި ތިބި އަސީރުންގެ ތެރެއިން ބައެއް އަސީރުން ދޫކޮށްލުމާއި ގުޅޭ މަޝްވަރާތައް އަދިވެސް ކުރިޔަށް

ހަމާސްގެ އަތްދަށުގައި ތިބި އަސީރުންގެ ތެރެއިން 10 އާއި 15 ދެމެދުގެ އަސީރުން މިނިވަންކުރުމާއި ގުޅޭ މަޝްވަރާތައް އިސްރާއީލާއި ހަމާސް އާ ދެމެދު ކުރިޔަށްދާކަމަށް ރޮއިޓަރސް އާއި އޭއެފްޕީން ބުނެފިއެވެ.

9 ނޮވެންބަރ 2023 | ބުރާސްފަތި 07:30
Writer Profile Picture
އާއިޝަތު ޝިއުރާ
އަލް ޝިފާ ހޮސްޕިޓަލަށް ސިއްހީ އެހީގެ ސާމާނު ފޯރުކޮށްދީފި

ޣައްޒާގެ މައި ހޮސްޕިޓަލު ކަމުގައިވާ އަލް ޝިފާ ހޮސްޕިޓަލަށް ކޮންމެހެން ބޭނުންވާ ސިއްހީ ސާމާނު ފޯރުކޮށްދެވިފައިވާކަމަށް ޑަބްލިޔުއެޗްއޯ އާއި ޔޫއެން އެޖެންސީ ފޮރ ފަލަސްތީނިއަން ރެފިޔުޖީ ކޭމްޕުން ބުނެފިއެވެ.

ދެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިއީ ހަނގުރާމަ ފެށުނު ފަހުން އެހޮސްޕިޓަލަށް ސިއްހީ އެހީ ފޯރުކޮށްދިން ދެވަނަ ފަހަރުކަމަށެވެ. ނަމަވެސް އަދިވެސް ބޭނުންވާވަރާ ގާތަށްވެސް ތަކެތި ފޯރުކޮށްދެވިފައިނުވާކަމަށް ބުނެއެވެ.

9 ނޮވެންބަރ 2023 | ބުރާސްފަތި 05:16
Writer Profile Picture
އާއިޝަތު ޝިއުރާ
ހަނގުރާމައަށްފަހު ޣައްޒާ ބެލެހެއްޓުން ފަލަސްތީނިއަން އޮތޯރިޓީއާ ހަވާލުކުރުމަށް އެމެރިކާ ބޭނުންވާކަން ހާމަކޮށްފި

މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމުން ޣައްޒާގެ ކޮންޓްރޯލް ފަލަސްތީނިއަން އޮތޯރިޓީ (ޕީއޭ) އާ ހަވާލުކުރުމަށް އެމެރިކާއިން ބޭނުންވާކަން އެމެރިކާގެ އޮފިޝަލެއް ހާމަކޮށްފިއެވެ.

ޣައްޒާގެ ކޮންޓްރޯލް ހަމާސްގެ އަތްދަށުގައި އޮންނައިރު ޣައްޒާ ޕީއޭގެ ދަށަށް ދާން ގިނަ ރައްޔިތުން ދެކޮޅެވެ. ޕީއޭ އިން މިހާރުވެސް ހުޅަނގު އައްސޭރި ކޮންޓްރޯލްކުރަމުން އަންނައިރު އެތަނުގައި އިސްރާއީލުން އަންނަނީ ޤާނޫނާ ޚިލާފު އެތައް ކަމެއް ކުރަމުންނެވެ. އެތައް ބަޔަކު ވަޒަންވެރިކުރުވަމުން އަންނައިރު ޕީއޭގެ ބާރެއް ހުޅަނގު އައްސޭރީގައި ނެތްކަމަށް ފަލަސްތީނުގެ ރައްޔިތުން ދެކެއެވެ.

9 ނޮވެންބަރ 2023 | ބުރާސްފަތި 05:11
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުގެ ވަރުގަދަ ހަމަލާތަކެއް މިވަގުތު ޣައްޒާގެ ދެކުނަށް އަންނަނީ ދެމުން

އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ޣައްޒާގެ ދެކުނަށް ދެމުން އަންނަތާ ގަޑިއިރަކަށްވުރެ ގިނައިން ވަނީ ވެފައެވެ.

ހަމަލާތައް ދެމުން އަންނަނީ ޚާން ޔޫނުސް އަށެވެ. ޚާން ޔޫނުސްގައި މީހުން ދިރިއުޅެމުން އަންނަ ދެ އިމާރާތަެއް ވަނީ އެއްކޮށް ބިމާ ހަމަވެފައެވެ.

މީގެއިތުރުން ޣައްޒާގެ މެދާއި އުތުރަށްވެސް އިސްރާއީލުން ވައިގެ މަގުން ހަމަލާތައް މިހާރުވެސް ދެމުން އަންނަކަމަށް އަލްޖަޒީރާގެ ރިޕޯޓަރު ބުނެއެވެ.

9 ނޮވެންބަރ 2023 | ބުރާސްފަތި 05:06
Writer Profile Picture
އާއިޝަތު ޝިއުރާ
ތެޔޮ ނުލިބުމުގެ ސަބަބުން ޣައްޒާގައި ހުންނަ އަލް-ގުދުސް ހޮސްޕިޓަލުގެ ގިނަ ޚިދުމަތްތަކެއް މެދުކަނޑާލައިފި

ޣައްޒާގައި ހުންނަ އަލް-ޤުދުސް ހޮސްޕިޓަލުގައި ތެޔޮ ނެތުމުގެ ސަބަބުން ހޮސްޕިޓަލުން ދޭ މުހިންމު ޚިދުމަތްތައް މެދުކަނޑާލައިފިއެވެ.

މިހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން އިސްރާއީލުން އަންނަނީ ކޮންމެ ދުވަހަކު އެ ހޮސްޕިޓަލަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީން ހިންގަމުން އަންނަ މި ހޮސްޕިޓަލުން ބުނާ ގޮތުގައި ތެޔޮ ނެތުމުގެ ސަބަބުން މުހިންމު އޮޕަރޭޝަންތައް ކުރުން ހުއްޓާލަން މަޖުބޫރުވެފައިވާކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި ކޮންމެހެން ދޭން ޖެހޭ ޚިދުމަތް ދިނުމަށް ތެޔޮ ބޭނުންކުރުން ވަކި މިންވަރެއްގައި ބެހެއްޓުމަށް އެނިންމުން ނިންމަންޖެހިފައިވާކަމަށެވެ.

މިހާރުވެސް ހޮސްޕިޓަލުގައި ބޭނުންކުރާ މައި ޖެނެރޭޓަރ ވަނީ ނިއްވާލާފައެވެ. ކޮންމެހެން ދޭންޖެހޭ އަސާސީ ޚިދުމަތްތައް ދިނުމަށްޓަކައި ކުޑަ ޖަނެރޭޓަރުގެ ބޭނުންކުރާއިރު ކަރަންޓު ދެނީ ދެ ގަޑިއިރަށެވެ. އެއީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި ބަލި މީހުންނަށާއި ހޮސްޕިޓަލުން ބޯހިޔާވަހިކަން ހޯދަމުން އަންނަ 14،000 އެއްހާ މީހުންނަށެވެ. ހޮސްޕިޓަލުގެ ސަރޖިކަލް ވޯރޑް ބަންދުކޮށްފައިވާއިރު އޮކްސިޖަން އުފައްދާ ޕްލާންޓްވެސް ވަނީ ބަންދުކޮށްފައެވެ.

9 ނޮވެންބަރ 2023 | ބުރާސްފަތި 05:03
Writer Profile Picture
އަހްމަދު ދާއޫދު
ޣައްޒާގައި ކަރަންޓް ނެތުމުގެ ސަބަބުން ކާރުގެ ބެޓެރީން ފޯނު ޗާޖުކުރަނީ

އިސްރާއީލުގެ ބްލޮކްޑައުން ކުރިއަށް ދާއިރު، ބޭރު ދުނިޔެއާ މުއާމަލާތް ކުރުމަކީ ޣައްޒާގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އުނދަގޫ ކަމަކަށް ވެއްޖެ އެވެ.

އެއް ގޮންޖެހުމަކީ ކަރަންޓާއި ތެޔޮ ނެތި މޯބައިލް ފޯނު ޗާޖު ކުރެވޭނެ ގޮތްތައް ހޯދުމެވެ.

ކާރުގެ ބެޓެރީތަކަށް ގުޅައިގެން ފޯނު ޗާޖު ކުރެވޭ ސްޓޭޝަންތަކަށް ދިއުމަށް ބައެއް މީހުން ދަނީ ދިގު ރާސްތާއެއްގައި ހިނގަމުންނެވެ.

އެފަދަ ދަތިޙާލަތުގައި ތިބި ޣައްޒާގެ ނިކަމެތި ރައްޔިތުންގެ ކަންބޮޑުވުންތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

8 ނޮވެންބަރ 2023 | ބުދަ 10:34
Writer Profile Picture
އަހްމަދު ދާއޫދު
އައްޝިފާ ހޮސްޕިޓަލަށް އަނެއްކާވެސް އިސްރާއީލުގެ ހަނގުރާމަވެރިން ބޮން އަޅައިފި

ޣައްޒާގެ އައްޝިފާ ހޮސްޕިޓަލަށް އަނެއްކާވެސް ބޮން އަޅާފައިވާއިރު، އެސަރަޙައްދުގައި ހުރި ބައެއް ތަކެތީގައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ކަމަށް އަލްޖަޒީރާ އަރަބި ރިޕޯޓްތައް ބުނެފިއެވެ.

އައްޝިފާ ހޮސްޕިޓަލަކީ ވަށާލާފައިވާ އެންކްލޭވްގެ އެންމެ ބޮޑު މެޑިކަލް ފެސިލިޓީ ކަމަށްވާއިރު، އެ ހޮސްޕިޓަލަކީ މިހާރު އިސްރާއީލުގެ ބޮމުން ހިމާޔަތް ހޯދަމުން އަންނަ އެތައް ހާސް ބަޔަކު ދިރިއުޅެމުން އަންނަ ހޮސްޕިޓަލެކެވެ.

ތެލާއި ފެނާއި ބޭހުގެ ދަތިކަމުގެ ސަބަބުން މިހާރުވެސް ހަލާކުވާން ކައިރިވެފައިވާ އެ ހޮސްޕިޓަލުގެ ސޯލާ ޕެނަލް ސިސްޓަމަށް ވެސް މިދިޔަ އަންގާރަ ދުވަހު އިސްރާއީލު ސިފައިން ވަނީ ހަމަލާދީފަ އެވެ.

އައްޝިފާ ކައިރީގައި އޮންނަ ސަރަހައްދުގައި ވެސް އާދީއްތަ ދުވަހު ވަނީ ވަރަށް ވަރުގަދަ ހަމަލާތައް ދީފަ އެވެ.

އިސްރާއީލުން ބުނީ ހަމާސްގެ މައި މަރުކަޒު ހުންނަނީ އައްޝިފާގެ ދަށުގައި ކަމަށެވެ. ނަމަވެސް މިއީ ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކާއި އިންސާނީ ހިދުމަތްތެރިން ދޮގުކުރާ ވާހަކަ އެކެވެ.

އައްޝިފާ ހުސްކުރުމަށް އިސްރާއީލުން އެދުމުން ހޮސްޕިޓަލުގެ މުވައްޒަފުން ވަނީ ބަލި މީހުން ގެންދިއުމަކީ ނާދިރު ކަމެއް ކަމަށް ބުނެ އެކަމަށް ދެކޮޅު ހަދާފައެވެ.

8 ނޮވެންބަރ 2023 | ބުދަ 06:12
Writer Profile Picture
އަހްމަދު ދާއޫދު
ޕީއެލްއޯގެ އިސް އޮފިޝަލަކު ރަޝިއާގެ ޚާރުޖީ ވަޒީރު ލަވްރޯވްއާ ފަލަސްތީނުގެ ހަނގުރާމައާއި ބެހޭގޮތުން މަޝްވަރާ ކުރައްވައިފި

ފަލަސްތީނުގެ އިސް އޮފިޝަލް ހުސައިން އަލް ޝެއިހް ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި އެ ސަރަހައްދުގައި ހިނގަމުންދާ ކަންކަމާ ބެހޭ ގޮތުން ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފްއާ ފޯނުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

ފަލަސްޠީނުގެ ލިބަރޭޝަން އޯގަނައިޒޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަލްޝައިޚް އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި، ހުރިހާ ފަރާތަކުން ވެސް އާންމުންނަށް ގެއްލުން ނުދިނުމަށާއި، ވަގުތުން ހަނގުރާމަ ހުއްޓާލުމާއި، ރައްކާތެރި ކޮރިޑޯތައް ހުޅުވުމާއި، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުނުކުރުމުގެ މައްޗަށް ލަވްރޯފްއާއި އެކު މަޝްވަރާ ކުރެއްވިކަން ކަށަވަރުކޮށްދީފައިވެއެވެ.

އަދި ބައިނަލްއަގްވާމީ ގާނޫނުގެ މައްޗަށް ބިނާވެފައިވާ ސިޔާސީ ހައްލަކީ މި ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް އޮތް ހަމައެކަނި މަގެއް" ކަމަށް ދެ ބޭފުޅުން ވެސް އެއްބަސްވެވަޑައިގަންނަވާ ކަމަށާއި އަދި މި ގުޅިފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި "ޖޮއިންޓް އެކްޝަން" ހިންގުމަށް ވެސް ދެ ބޭފުޅުން އެއްބަސްވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

7 ނޮވެންބަރ 2023 | އަންގާރަ 20:03
Writer Profile Picture
އަހްމަދު ދާއޫދު
އެމެރިކާގެ އެހީގައި ހިންގާ އައްރަންތިސީ ހޮސްޕިޓަލް ހުސްކުރަން އަންގައިފި

އިސްރާއީލުން ޣައްޒާގައި ދެމުންދާ ހަމަލާތަކާއި ގުޅިގެން ޣައްޒާގައި އެމެރިކާގެ އެހީގައި ހިންގާ އައްރަންތިސީ ހޮސްޕިޓަލް ހުސްކުރަން އަންގައިފި ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

އިސްރާއީލުން ދަނީ ޣައްޒާއަށް އުތުރާއި ދެކުނުން ބޮމުގެ ހަމަލާތައް ދެމުންނެވެ. ދެކުނުގެ ސަރަހައްދަކީ މީހުން ހުސްކުރަން ރައްކާތެރި ތަނަކަށް ވާނެ ކަމަށް ބެލެވިފައިވީ ނަމަވެސް، އެ ސަރަހައްދަކީވެސް ވަރަށް ބޮޑަށް އާޓިލަރީގެ ހަމަލާތައް ދޭ ތަނެކެވެ.

މިއީ ހޮސްޕިޓަލްތަކާއި ހުރިހާ ސިއްހީ މަރުކަޒުތަކާ ދެކޮޅަށް ކުރާ ބޮޑު ހަނގުރާމައެއް، އައްޝިފާ ހޮސްޕިޓަލަށް ވަންނަ މައި މަގުތަކަށް ބޮން އަޅައިފި، އެންމެ ފަހު ގަޑިއިރުގެ ތެރޭގައި ކެންސަރު ބަލީގެ ކުދިންނަށް ހާއްސަ އަލް ރަންތިސީ ސްޕެޝަލައިޒްޑް ހޮސްޕިޓަލް ވަގުތުން ހުސްކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު އެވަނީ އަންގާފައި، އަލްޖަޒީރާގެ ނޫސްވެރިޔާ ރިޕޯޓްކޮށްފައިވެއެވެ.

އަލް ރަންތިސީ ހޮސްޕިޓަލް ހުސްކުރަން އެންގިއިރު ، އެތަނުގައި 1000 ށް ވުރެ ގިނަ މީހުން ތިބި މި ދަނޑިވަޅުގައި މިއީ ވަރަށް އުނދަގޫ ކަމެއްކަމަށް އެ ނޫސްވެރިޔާ ބުނެފައިވެއެވެ.

"މިވަގުތު ނިކުންނާށޭ" ބުނެ ފޯނުތަކަށް އަންނަނީ މެސެޖެކެވެ. ވައިގެ ހަމަލާތަކުގެ ސަބަބުން ކުރިމަތިވަމުންދާ ޓެރަރިޒަމާއި ހިތާމަތަކާއެކުވެސް އިސްރާއީލުން ދަނީ ޣައްޒާގެ ކޮންމެ ތަނެއްގައިވެސް ހަމަލާދެމުންނެވެ.

7 ނޮވެންބަރ 2023 | އަންގާރަ 16:14
Writer Profile Picture
އަހްމަދު ދާއޫދު
ތުލްކަރޭމް ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ ޑްރޯން ހަމަލާއެއް ދީފި

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ތުލްކަރެމް ރެފިއުޖީ ކޭމްޕްގެ އަމާޒަކަށް އިޒްރޭލުގެ ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް އަލްޖަޒީރާ އަރަބިކް އިން ބުނެފި އެވެ.

ފަލަސްތީނުގެ ހުޅަނގު އުތުރު ފަރާތުގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

މީގެ ކުރިން، ރަމަاللهއިން ރިޕޯޓްކުރާ އަލްޖަޒީރާގެ ނޫސްވެރިޔާ ޒީން ބަސަރަވީ، ތުލްކަރޭމްގައި އިސްރާއީލުން ހިންގަމުންދާ ރެއިޑްގެ ވާހަކަ ރިޕޯޓްކޮށްފައިވާއިރު، މަދުވެގެން 25 އާމަރޑް ވެހިކަލާއި، ހަތިޔާރު އެޅި ގިނަ ޢަދަދެއްގެ ސިފައިން އެ ސަރަޙައްދުގައި ހަރަކާތްތެރިވާތަން ފެނިފައިވާކަމަށް ވަނީ ބުނެފައެވެ.

7 ނޮވެންބަރ 2023 | އަންގާރަ 06:36
Writer Profile Picture
އަހްމަދު ދާއޫދު
ހަމާސް އިން އިސްރާއީލަށް ފޮނުވާލި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު އިތުރުވެއްޖެ

މިދިޔަ އޮކްޓޯބަރ މަހުގެ 7 ވަނަދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާތަކުގައި މަރުވި ފްރާންސްގެ ރައްޔިތުންގެ އަދަދު 40 އަށް އަރާފައިވާ ކަމަށް ފްރާންސްގެ ބޮޑުވަޒީރު އެލިޒަބެތު ބޯން ވިދާޅުވެއްޖެ އެވެ.

ފްރާންސް އިންޓަ ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި ބޯން ވިދާޅުވީ ފްރާންސްގެ އަށް ރައްޔިތަކު އަދިވެސް ގެއްލިފައިވާ ކަމަށާއި ބައެއް މީހުން ޣައްޒާގައި ބަންދުކޮށްފައި ތިބި ކަމަށް ބެލެވޭ ކަމަށެވެ.

ފްރާންސްގެ ބޮޑުވަޒީރު އެލިޒަބެތު ބޯން - ފޮޓޯ: ރޮއިޓާސް
6 ނޮވެންބަރ 2023 | ހޯމަ 13:32
Writer Profile Picture
އަހްމަދު ދާއޫދު
ޣައްޒާއަށް ނިޔުކްލިއާ ބޮމެއް ވައްޓާލުމަކީ އޮތް އޮޕްޝަނެއްކަމަށް ބުނި މިނިސްޓަރު ކެބިނެޓުން އެކަހެރިކޮށްފި

ޣައްޒާއަށް ނިއުކްލިއާ ބޮމެއް ވައްޓާލުމަކީ އިސްރާއީލު ސަރުކާރުން ވިސްނަމުންދާ "އެއް އޮޕްޝަން" ކަމަށް ބުނި ކަނާތު ފިޔައިގެ ވަޒީރު އަމީޗާއީ އެލިޔާހޫ ކެބިނެޓުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރައްވައިފިއެވެ.

ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން ބުނީ އެލިއާހޫގެ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

ނަތަންޔާހޫ އޭނާ ސަސްޕެންޑް ކުރި ނަމަވެސް މިހާރުވެސް ނަތަންޔާހޫގެ ކެބިނެޓުން އެގައުމު ހިންގަމުން ދަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް ސަޕޯޓްކުރާ ކެބިނެޓެއްގެ ދަށުން ކަމުން އެ ވަޒީރު އެކަހެރި ކުރުމުގެ މާބޮޑު މާނައެއް ނެތްކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

6 ނޮވެންބަރ 2023 | ހޯމަ 06:09
Writer Profile Picture
އަޙްމަދު ސަދޫފް މޫސާ
ފަލަސްތީނުގެ ރައީސް އައްބާސް ގޮވާލެއްވީ ހަމަލާ ހުއްޓާލަން، އިސްރާއީލުން އެކަމާ ދެކޮޅު

ހަނގުރާމަ ހުއްޓާލުމަށް ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް އެދިވަޑައިގެންނެވި ނަމަވެސް، ޔަހޫދީ އިސްރާއީލުގެ ބޮޑު ވަޒީރު، ނަތަންޔާހޫ ވަނީ ހަމަލާތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ނަތަންޔާހޫ ވިދާޅުވީ ހަމާސް އިން ގެންދިޔަ އިސްރާއީލުގެ ރަހީނުން ދޫކުރަންދެން ހަނގުރާމަ ކުރިއަށްގެންދާނެ ކަމަށެވެ.

އައްބާސް މިހެން އެދިވަޑައިގަތީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެންއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގަ އެވެ. އެގޮތުން ރައީސް އައްބާސް ވަނީ ފަލަސްތީނު އޮތޯރިޓީއަށް ޣައްޒާގެ ވެރިކަމަށް އެނބުރި ދެވޭނީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް "ފުރިހަމަ ސިޔާސީ ހައްލެއް" ހޯދައިގެން ކަމަށް ވިދާޅުވެފަ އެވެ.

5 ނޮވެންބަރ 2023 | އާދީއްތަ 21:21
Writer Profile Picture
އަޙްމަދު ސަދޫފް މޫސާ
ފަލަސްތީނުގެ ރައީސް އައްބާސް ގޮވާލެއްވީ ހަމަލާ ހުއްޓާލަން، އިސްރާއީލުން އެކަމާ ދެކޮޅު

ހަނގުރާމަ ހުއްޓާލުމަށް ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް އެދިވަޑައިގެންނެވި ނަމަވެސް، ޔަހޫދީ އިސްރާއީލުގެ ބޮޑު ވަޒީރު، ނަތަންޔާހޫ ވަނީ ހަމަލާތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ނަތަންޔާހޫ ވިދާޅުވީ ހަމާސް އިން ގެންދިޔަ އިސްރާއީލުގެ ރަހީނުން ދޫކުރަންދެން ހަނގުރާމަ ކުރިއަށްގެންދާނެ ކަމަށެވެ.

އައްބާސް މިހެން އެދިވަޑައިގަތީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެންއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގަ އެވެ. އެގޮތުން ރައީސް އައްބާސް ވަނީ ފަލަސްތީނު އޮތޯރިޓީއަށް ޣައްޒާގެ ވެރިކަމަށް އެނބުރި ދެވޭނީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް "ފުރިހަމަ ސިޔާސީ ހައްލެއް" ހޯދައިގެން ކަމަށް ވިދާޅުވެފަ އެވެ.

5 ނޮވެންބަރ 2023 | އާދީއްތަ 21:21
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
ފާއިތުވެ ދިޔަ ދުވަސްތަކުގައި އެމެރިކާގެ 300 އަށް ވުރެ ގިނަ އާއިލާ ވަނީ ޣައްޒާ ދޫކޮށްފަ

ފާއިތުވެ ދިޔަ ދުވަސްތަކުގައި އެމެރިކާގެ 300 އަށް ވުރެ ގިނަ އާއިލާގެ މީހުން ވަނީ ޣައްޒާ ދޫކޮށް ގޮސްފައި ކަމަށް އެމެރިކާ އިން ބުނެފިއެވެ. ވައިޓް ހައުސްގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިސަރ ޖޯން ފައިނަރ އާދިއްތަ ދުވަހު ސީބީއެސް ފޭސް ދަ ނޭޝަން އަށް ވިދާޅުވީ ޣައްޒާގައި ތިބި އެމެރިކާ މީހުން އަނބުރާ ޤައުމަށް ގެނައުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ. އަދިވެސް އިތުރު އެމެރިކާ މީހުން ޣައްޒާގައި ތާށިވެފައިވާ ކަމަށް އެމެރިކާ އިން ވަނީ ބުނެފައެެވެ.

5 ނޮވެންބަރ 2023 | އާދީއްތަ 21:07
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުން ޝަހީދުކޮށްލި ހުރިހާ ކުޑަކުދިންގެ ނަންތައް ލިޔުމަށް 100 ފޫޓުގެ ގަނޑެއް ބޭނުންވޭ
5 ނޮވެންބަރ 2023 | އާދީއްތަ 09:39
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ދޫކޮށްލަން ގޮވާލާ ތެލް އަވީވް ގައި މުޒާހަރާކޮށްފި

އިސްރާއީލުގެ އެކި ހިސާބުތަކުގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ދޫކޮށްލުމަށް ގޮވާލާ އަޑުއުފުލުންތައް އަންނަނީ ކުރިޔަށްގެންދަމުންނެވެ. އެގޮތުން އިސްރާއީލުގެ ބޮޑުވަޒީރުގެ ގެ ހުންނަ ސަރަހައްދުގައިވެސް މުޒާހަރާކުރަމުން ދެއެވެ.

އެއްބަޔަކު ގޮވާލަމުން އަންނަނީ އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން ދޫކޮށްލުމަށެވެ. އެއީ ހަމާސް އިން އަސީރުން މިނިވަންކުރުމަށް ކޮށްފައިވާ ޝަރުތެވެ. އަނެއް ބަޔަކު ބުނަމުން އަންނަނީ އަސީރުން އެނބުރި އަންނަންދެން އިސްރާއީލުގެ ޖަލުތަކުގައި ތިބި އެއްވެސް ފަލަސްތީނުގެ ރައްޔިތެއް މިނިވަންނުކުރުމަށާއި، ހަމަލާތައް ދިނުން ހުއްޓާނުލަމަށެވެ.

ހަމާސް އިން ބުނެފައިވާ ގޮތުގައި އެމީހުންގެ ބެލުމުގެ ދަށުގައި އަސީރުންގެ ތެރެއިން 60 މީހަކު ވަނީ އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވެފައެވެ.

އެއްވުންތަކުގައި ނަތަންޔާހޫ އިސްތިއުފާ ދިނުމަށްވެސް އަންނަނީ ގޮވާލަމުންނެވެ. އަދި އަސީރުންގެ މައްސަލައިގައި ޒިންމާވާންޖެހޭނީ ނަތަންޔާހޫކަމަށް އަންނަނީ ބުނަމުންނެވެ.

5 ނޮވެންބަރ 2023 | އާދީއްތަ 09:20
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުން ޣައްޒާގައި ހުންނަ އަޒްހަރު ޔުނިވަސިޓީއަށް ބޮމުގެ ހަމަލާތައް އަމާޒުކޮށްފި

އިސްރާއީލުން ޣައްޒާގައި ހުންނަ އަޒްހަރު ޔުނިވަސިޓީއަށް ބޮން އަޅާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނެވެ.

5 ނޮވެންބަރ 2023 | އާދީއްތަ 09:12
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ވަންނަނީ ދުވާލަކު 30ށް ޓްރަކް: ފަލަސްތީނިއަން ރެޑް ކްރެސެންޓް

ހޮނިހިރު ދުވަހު ޣައްޒާއަށް އެހީގެ ތަކެތި ހިފައިގެން 30 ޓްރަކް ވަދެފައިވާކަމަށް ފަލަސްތީނިއަން ރެޑް ކްރެސެންޓް ސޮސައިޓީން ބުނެފިއެވެ.

އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އެހީގެ ޓްރަކްތައް ވަންނައިރު މިހާރު ވަދެފައިވާ ޓްރަކްތަކަށް ބަލާއިރު މިއީ ދުވާލަކަށް 30 ޓްރަކްކަމަށްވެސް އެޖަމާއަތުން ބުނެއެވެ.

ޖުމްލަ މިހާތަނަށް ވަދެފައިވަނީ 451 ޓްރަކެވެ. އދ ގެ ފަލަސްތީނިއަން އެޖެންސީން ބުނެފައިވާ ގޮތުގައި މިހާރު އާންމު ގޮތެއްގައ ޣައްޒާގެ ރައްޔިތަކު ދުވާލަކު ކަނީ އަރަބި ޕާނުގެ ދެ ޕާނެވެ. އަދި އިންތިހާއަށް ފެނަށް ވަނީ ޖެހިފައެވެ.

5 ނޮވެންބަރ 2023 | އާދީއްތަ 09:10