ރާއްޖެޓީވީއަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް މިދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. މި މިތަހުގީގުގައި ސިފައިނުންނާއި ފުލުހުން އަދި ބޭރުގެ ބޭފުޅުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މީގެ އިތުރުން ވިދާޅުވީ އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުންވާފަދަ އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
މިހަމަލާ އަކީ ސީދާ ރައީސް ނަޝީދަށް އަމާޒުކޮށް އެމަނިކުފާނަށް ގެއްލުން ދިނުމުގެ މަގްސަދުގައި ދިން ހަމަލާއެއް ކަމަށް އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. "ރާއްޖެޓީވީ"ން މިހާރު ގެނެސްދެމުންދާ ލައިވް ކަވަރޭޖަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ވަނީ މިކަން ވީއެންމެ އަވަހަކަށް ތަހުގީގުކުރުމަށް ގޮވާލައްވާފައެވެ.
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން އަންނަނީ ހަރަކާތްތެރިވަމުން. އަދި މިކަމާއި ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް އެލާޓް ސްޓޭޓަސް ވަނީ މަތިކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނޭ
ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންގެ އިތުރުންގެ އެމްޑީޕީގެ މެމްބަރުން އަންނަނީ އޭޑީކޭ ހުންނަ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެސަރަހައްދުގައި އަންނަނީ އަޑުގަދަކުރަމުންނެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯއްދަވަމުން އެމަނިކުފާނު ގެންދަވާއިރު އެހޮސްޕިޓަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަޑައިގަންނަވައިފިއެވެ.
އެއްޗެއް ގޮވި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނޭ. އަދި އެސަރަހައްދަށް އާންމުން ނުދިޔުމަށާއި އިތުރު ތަފްސީލު ދެމުން ގެންދާނެކަމަށް ފުލުހުން ބުނެއެވެ.
ހަމަލާގައި ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ތަފްސީލެއް އަދި ނޭނގެ. ނަމަވެސް ބައެއް މީހުން ބުނީ ނަޝީދުގެ މޫނުފުޅަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް. އޭޑީކޭގައި ފަރުވާ ހޯއްދަވަމުންދާ ކަމަށް މައުލޫމާތު ލިބޭ