Raajje.mv

ރައީސް ނަޝީދުގެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުން

ބުރާސްފަތި ދުވަހުގެ ރޭ އިރޭކޮޅު ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅުން އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ވަނީ އެއްޗެއްގޮއްވާލާފައެވެ. މިހާދިސާގައި އެމަނިކުފާނުގެ އިތުރުން ބައެއް މީހުންނަ

06 މެއި 2021
241501
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިނުން

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިނުން

06 މެއި 2021 | 19:00

ބައިނަލްއަގުވާމީ ބޮޑެތި މީޑިއާތަކުން ގެންދަނީ ރައީސް ނަޝީދަށް ދިން ހަމަލާ ރިޕޯޓުކުރަމުން

06 މެއި 2021 | 18:32

އަނިޔާވި ސިފައިންގެ ތިން ބޭކަލުންގެ ހާލު ރަނގަޅު: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ މިހާދިސާގައި އަނިޔާވި ސިފައިންގެ ތިން ބޭކަލުންގެ ތެރެއިން އައިޖީއެމްއެޗްއަށް ގެންދެވުނު ސިފައިންގެ މީހާ ވަނީ ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ އައިޖީއެމްއެޗްއަށް ގެންދެވުނީ ކަންފަތަށް ތަދުވާތީއެވެ. މީގެ އިތުރުން އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ދެ ސިފައިނުންނަށް ދަނީ ފަރުވާ ދެމުން ކަމަށާއި، ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އަދި އެމްއެންޑީއެފުން ބުނީ މިދެބޭކަލުންނަށް ލިބިފައިވަނީ ހަށިގަނޑުގެ ބައެއް ތަންތަނަށް ކުދި އަނިޔާތަކެއް ކަމަށެވެ.

06 މެއި 2021 | 18:30

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޖަލްސާ މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުން މިރޭ ބާއްވަން ތާވަްލުރި ހާއްސަ ޖަލްސާ، ރައީސް ނަޝީދަށް ލިބުނު ހަމަލާއާ ގުޅިގެން މެދުކަނޑާލައިފި

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މި ހާލަތުގައި ބަހުސްތަކެއް ކުރިއަށްގެންދަން ގަސްދު ނުކުރައްވާ ކަމަށެވެ. އެކަމަކު ޖަލްސާ ނިންމަވާ ނުލައްވާނެ ކަމަށާއި، އިތުރު ޓެކްނިކަލް މައުލޫމާތުތައް ލިބުމުން ޖަލްސާ އަލުން ކުރިއަށް ގެންދަވާނެ ކަމަށެވެ.

އީވާ ވަނީ އެކަމަނާގެ ނަމުގައާއި، މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި އެ ހަމަލާ ކުށްވެރިކުރައްވާފައެވެ.

06 މެއި 2021 | 18:28

ފުރިހަމަ މައުލޫމާތު ލިބެމުންދާވަރަކުން ކުރިޔަށް ގެންދާނަން: އީވާ

-ގަސްތު ކުރަނީ ޖަލްސާގައި ތިއްބަވަން.. މެދުކަނޑާލިޔަސް ޖަލްސާ ނުނިންމަން. މިވަގުތަށް މެދުކަނޑާލަން

06 މެއި 2021 | 18:20

ކުއްލި ޖަލްސާ ބޭއްވުމަށް ދަނީ ތައްޔާރުވަމުން

ރައީސް ނަޝީދަށް ހަމަލާ ދިނުމާއި ގުޅިގެން މިރޭ މިރޭ ރައްޔިތިުންގެ މަޖިލީހުގެ ކުއްލި ޖަލްސާ އެއް ބާއްވަން ނިންމައިފިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލައާ ގުޅިގެން ކުއްލި ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަނީ: ރާއްޖެއެމްވީ
ރައީސް ނަޝީދަށް ދިން ހަމަލައާ ގުޅިގެން ކުއްލި ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަނީ: ރާއްޖެއެމްވީ
ރައީސް ނަޝީދަށް ދިން ހަމަލައާ ގުޅިގެން ކުއްލި ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަނީ: ރާއްޖެއެމްވީ
ރައީސް ނަޝީދަށް ދިން ހަމަލައާ ގުޅިގެން ކުއްލި ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަނީ: ރާއްޖެއެމްވީ
ރައީސް ނަޝީދަށް ދިން ހަމަލައާ ގުޅިގެން ކުއްލި ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަނީ: ރާއްޖެއެމްވީ
ރައީސް ނަޝީދަށް ދިން ހަމަލައާ ގުޅިގެން ކުއްލި ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަނީ: ރާއްޖެއެމްވީ
06 މެއި 2021 | 18:09

ރައީސް ނަޝީދަށް ދީފައިވާފައިވާ ހަމަލާތައް ގިނަ ވަޒީރުން ދަނީ ކުށްވެރި ކުރަމުން

06 މެއި 2021 | 18:00

ރައީސް ނަޝީދަށް ދިން ހަމަލާ ޓޫރިޒަމް މިނިސްޓަރު ކުށްވެރި ކުރައްވައިފި

06 މެއި 2021 | 17:59

ފުލުހުންގެ ޚިދުމަތުގެ އެލާޓް ލެވެލް، ލެވެލް 3 އަށް މަތިކޮށްފި

06 މެއި 2021 | 17:51

ރައީސް ނަޝީދުގެ ހާލު ސްޓޭބަލް: އޭޑީކޭ

06 މެއި 2021 | 17:38

ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރާނެ: މަބްރޫކް

06 މެއި 2021 | 17:36

ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުންވާފަދަ އަނިޔާއެއް ލިބިފައިނުވޭ: ހޯމް މިނިސްޓަރު

ރާއްޖެޓީވީއަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް މިދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. މި މިތަހުގީގުގައި ސިފައިނުންނާއި ފުލުހުން އަދި ބޭރުގެ ބޭފުޅުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މީގެ އިތުރުން ވިދާޅުވީ އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުންވާފަދަ އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

06 މެއި 2021 | 17:26

ރައީސް ނަޝީދަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ރައީސް ޞާލިހު ކުށްވެރިކުރައްވައިފި

06 މެއި 2021 | 17:17

ރައީސް ނަޝީދަށް ދިން ހަމަލާ ޑިފެންސް މިނިސްޓަރ ކުށްވެރިކުރައްވައިފި

06 މެއި 2021 | 17:16

ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ 10:30ގައި ބޭއްވުމަށް ތާވަލްކޮށްފައިވާ ކަމުގެ މައުލޫމާތު "ރާއްޖެއެމްވީ"އަށް ވަނީ ލިބިފައި

06 މެއި 2021 | 17:14

މިހަމަލާ އެންމެ މަތީ ދަރަޖައިގެ އަހަންމިއްޔަތުކަން ދީގެން ދިވެހި ފުލުހުން ތަހުގީގުކުރާކަން ކަށަވަރުކުރާނަން: ހޯމް މިނިސްޓަރ

06 މެއި 2021 | 17:10

ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ ކުށްވެރިކޮށް އެމްޑީޕީން ނޫސްބަޔާން ނެރެފި

06 މެއި 2021 | 17:09

މިހަމަލާ އަކީ ސީދާ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއެއް: އެމްޑީޕީގެ ޗެއަރޕާސަން

މިހަމަލާ އަކީ ސީދާ ރައީސް ނަޝީދަށް އަމާޒުކޮށް އެމަނިކުފާނަށް ގެއްލުން ދިނުމުގެ މަގްސަދުގައި ދިން ހަމަލާއެއް ކަމަށް އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. "ރާއްޖެޓީވީ"ން މިހާރު ގެނެސްދެމުންދާ ލައިވް ކަވަރޭޖަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ވަނީ މިކަން ވީއެންމެ އަވަހަކަށް ތަހުގީގުކުރުމަށް ގޮވާލައްވާފައެވެ.

06 މެއި 2021 | 17:06

ހަމަލާއާ ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް މަތިކޮށްފި

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން އަންނަނީ ހަރަކާތްތެރިވަމުން. އަދި މިކަމާއި ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް އެލާޓް ސްޓޭޓަސް ވަނީ މަތިކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނޭ

06 މެއި 2021 | 17:03

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާ ނައިބު ރައީސް ފައިސަލް ނަސީމް ކުށްވެރިކުރައްވައިފި

06 މެއި 2021 | 16:58

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާ ރައީސް ވަހީދު ކުށްވެރިކުރައްވައިފި

06 މެއި 2021 | 16:57

ރައީސް ނަޝީދަށް ދިން ހަމަލާ އަވަހަށް ތަހުގީގުކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފި

06 މެއި 2021 | 16:54

ބައެއް ވަޒީރުންނާއި އެމްޑީޕީގެ މެމްބަރުން އޭޑީކޭ ހުންނަ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުން

ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންގެ އިތުރުންގެ އެމްޑީޕީގެ މެމްބަރުން އަންނަނީ އޭޑީކޭ ހުންނަ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެސަރަހައްދުގައި އަންނަނީ އަޑުގަދަކުރަމުންނެވެ.

06 މެއި 2021 | 16:51

ރައީސް ޞާލިހު އޭޑީކޭ އަށް ވަޑައިގެންނަވައިފި

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯއްދަވަމުން އެމަނިކުފާނު ގެންދަވާއިރު އެހޮސްޕިޓަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަޑައިގަންނަވައިފިއެވެ.

06 މެއި 2021 | 16:41

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާ ރައީސް މައުމޫން ކުށްވެރިކުރައްވައިފި

06 މެއި 2021 | 16:36

ހާދިސާ ހިނގި ސަރަހައްދަށް އާންމުން ނުދިޔުމަށް ފުލުހުން އިލްތިމާސްކޮށްފި

އެއްޗެއް ގޮވި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނޭ. އަދި އެސަރަހައްދަށް އާންމުން ނުދިޔުމަށާއި އިތުރު ތަފްސީލު ދެމުން ގެންދާނެކަމަށް ފުލުހުން ބުނެއެވެ.

06 މެއި 2021 | 16:33

ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭގައި އަންނަނީ ފަރުވާ ހޯއްދަވަމުން: އީވާ

06 މެއި 2021 | 16:23

ހަމަލާ ދިން ސަރަހައްދުގައި ސިފައިން އަންނަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުން

ހަމަލާދިން ސަރަހައްދުގައި ސިފައިން އަންނަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުން. އަދި އާންމުން ދުރަށް ޖައްސަމުން

06 މެއި 2021 | 16:21

ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތައް އަދި ސާފެއް ނުވޭ

ހަމަލާގައި ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ތަފްސީލެއް އަދި ނޭނގެ. ނަމަވެސް ބައެއް މީހުން ބުނީ ނަޝީދުގެ މޫނުފުޅަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް. އޭޑީކޭގައި ފަރުވާ ހޯއްދަވަމުންދާ ކަމަށް މައުލޫމާތު ލިބޭ

06 މެއި 2021 | 16:17

ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް އެއްޗެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް އަނިޔާވެއްޖެ.

4 / 4