Raajje.mv

ރައީސް ނަޝީދުގެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުން

ބުރާސްފަތި ދުވަހުގެ ރޭ އިރޭކޮޅު ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅުން އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ވަނީ އެއްޗެއްގޮއްވާލާފައެވެ. މިހާދިސާގައި އެމަނިކުފާނުގެ އިތުރުން ބައެއް މީހުންނަ

06 މެއި 2021
241501
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިނުން

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިނުން

13 މެއި 2021 | 16:30

ރައީސް ނަޝީދު ދަތުރުކުރެއްވި ފްލައިޓް ޖަރުމަނުވިލާތުގައި ލޭންޑްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖަރުމަނަށް ދަތުރު ކުރެއްވި އެއާރ އެންބިއުލާންސްގެ ޚަރަދު ހަމަޖައްސާފައި ވަނީ ޖަރުމަނު ވިލާތުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސޫލް މިސްޓަރ ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ބުނެފައެވެ.

މާލޭގައި ދިން ޓެރަރިސްޓް ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށް ފަހު ބޭރަށް ފުރާ ވަޑައިގެންނެވީ، ބުރާސްފަތި ދުވަހުގެ ހެނދުނެވެ.

12 މެއި 2021 | 09:13

ރައީސް ނަޝީދު މާދަމާ ހެނދުނުގެ ވަގުތެއްގައި ޖަރުމަންވިލާތަށް ފުރާވަޑައިގަންނަވާނެ

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ލިބިލެއްވި އަނިޔާތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް މާދަމާ (މެިއ 13)ވަނަ ދުަހުގެ ހެނދުނު ޖަރުމަންވިލާތަށް ފުރާވަޑައިގަންނަވާނެ ކަމަށް އާއިލާއިން ބުނެފިއެވެ.

އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށާއި، ދިޔާތަކެއްޗާއި، ބައެއް ޚާއްސަ ކެއުންތައް ފަރީކުޅުއްވުމުގެ ހުއްދަ ޑޮކްޓަރުން މިހާރު ދެއްވާފައިވާ ކަމަށްވެސް އާއިލާއިން ބުނެއެވެ.

11 މެއި 2021 | 14:40

ރައީސް ނަޝީދު އިތުރު ފަރުވާއަށް މިމަހު 13ގައި ޖަރުމަނުވިލާތަށް ވަޑައިގަންނަވަނީ

ރައީސް ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑަިއގަންނަވަން ތައްޔާރުވެވަޑައިގަންނަވަމުން އަންނަ ކަމަށް އާއިލާއިން ބުނެފިއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ރައިީސް ނަޝީދުގެ ބޭބެ ޑރ. އިބްރާހީމް ނާޝިދު ވިދާޅުވީ، ރައީސް ނަޝީދަށް ލިބިލެއްވި އަނިޔާއަށް އިތުރު ފަރުވާ ހޯއްދެވުމަށް މި މަހުގެ 13 ވަނަ ދުވަހު ޖަރުމަނަށް ވަޑައިގަންނަވަން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. އެމަނިކުފާނުގެ ހާލުކޮޅު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށާއި، އަންގާރަ ދުވަހު އެނދުން ފައިބާ ގޮނޑިކޮޅުގައި އިށީނދެ ވަޑައިގެން އިންނަވާ ކަމުގައެވެ. ހަމައެއާއެކު ޑޮކްޓަރުންގެ ހުއްދައާއެކު މިހާރު ދިޔާތަކެތި ބައްލަވާ ކަމަށް ޑރ. ނާޝިދު ވިދާޅުވިއެވެ.

11 މެއި 2021 | 12:40

މިވަގުތު ފޯކަސްހުރީ ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ހެއްކާ ޤަރީނާއާއެކު ޝަރީޢަތައް ހުށަހަޅާ އިންސާފު ހޯދުން

މިވަގުތު ފުލުހުންގެ ތަޙުޤީޤުގެ ޕްރައިމަރީ ފޯކަސްހުރީ ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ހެއްކާ ޤަރީނާއާއެކު ޝަރީޢަތައް ދަޢުވާކުރަން ހުށަހަޅާ އަދުލު އިންސާރު ޤާއިމުކުރުންކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އަމާޒަށް ވާސިލުވުމަށް ތަޙުޤީޤަށް ބުރޫނާރާނެވަރަށް ދެފުށްފެންނަގޮތައް މަޢުލޫމާތު ވަގުތުން ވަގުތައް ހާމަކުރަމުންދާނެކަމަށް އޭސީޕީ ރިޔާޒް ވިދާޅުވިއެވެ.

11 މެއި 2021 | 12:34

ހައްޔަރުކުރެވިފައިވާ މީހުންގެ މައްޗަށް ދަޢުވާކުރެވޭނެ ދުވަހެއް އަދި ނޭންގޭ!

ޖިނާއީ މައްސަލަތަކުގައި ދައުވާ ހުށަހަޅަން ވަކި ޓައިމްފްރޭމްތަކެއް ދީފައިވާކަން ވަނީ ފުލުހުން ފާހަގަކޮށްފައެވެ. ޚާއްސަކޮށް ޓެރަރިޒަމް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މުއްދަތު އިތުރުކުރާނަމަ އެކަންވެސް ކުރާނެ ގޮތް ވަނީ ބަޔާންކޮށްފައެވެ. ހައްޔަރުގައި ތިބި މީހުންނަށް ގޮތް ނިންމުމުގައި މިކަންކަމަށް ރިޢާޔަތްކުރާނެކަމަށް އޭސީޕީ ރިޔާޒް ވިދާޅުވިއެވެ.

މި މައްސަލައަކީ ވަރަށް ގިނަ ކަންކަން ބަލާ ގިނަ ހޯދުންތައް ހޯދަންޖެހޭ މައްސަލައެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި ކަޑަތުކުރަމުން މިދަނީ ތަޙުޤީޤުގެ "އަރލީ ސްޓޭޖްތައް"ކަމުން ހައްޔަރުކުރެވިފައިވާ މީހުންގެ މައްޗަށް ދަޢުވާކުރެވޭނެ ދުވަހެއް ނޭންގޭކަމަށް ފުލުހުން ބުނެއެވެ.

11 މެއި 2021 | 12:24

ކޮވިޑް ކޮންޓްރޯލްކުރުމާއި ނިރުބަވެރި ޙަމަލާގެ ތަޙުޤީޤުކުރުމަށް ފުލުހުންގެ ހުރިހާ ވަސީލަތްތަކެއް ދަނީ ބޭނުންކުރަމުން

ކޮވިޑް ކޮންޓްރޯލްކުރުމާއި ނިރުބަވެރި ޙަމަލާގެ ތަޙުޤީޤުކުރުމަށް ފުލުހުންގެ ހުރިހާ ވަސީލަތްތަކެއް ދަނީ ބޭނުންކުރަމުންކަމަށް ފުލުހުން ބުނެފިއެވެ. ތަހުޤީޤަށް ބޭނުންވާ ހުރިހާ ވަސީލަތެއް ބޭނުންކުރެވޭނެ އިންތިޒާމު ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން ކޮވިޑް ކޮންޓްރޯލްކުރުމާއި ނިރުބަވެރި ޙަމަލާގެ ތަޙުޤީޤުކުރުމަށް ފުލުހުންގެ ހުރިހާ ޑިޕާޓްމެންޓްތަކަކުން ދަނީ މަސައްކަތްކުރަމުންނެވެ.

11 މެއި 2021 | 12:12

ތަހުގީގާއި ގުޅިގެން ހޯދޭ ހޯދުންތައް ތަފްސީލީގިތެއްގައި ހާމަކުރަމުން ދާނަން: އޭސީޕީ ރިޔާޒް

ތަހުގީގާއި ގުޅިގެން ހޯދޭ ހޯދުންތައް އެކަށީގެންވާ ގޮތުގައި ތަފްސީލުކޮށް ހާމަކުރަމުންދާނެކަމަށް އޭސީޕީ ރިޔާޒު ވަނީ ވިދާޅުވެފައެވެ. މި މައްސަލަ އެކި އޭންގަލްތަކުން ދަނީ ބަލަމުންނެވެ. އެގޮތުން ރައީސް ނަޝީދު ގެއިން ނުކުމެވަޑައިގެންނެވި ގަޑި އަދުހަމްއަށް އެނގުނު ގޮތް މިބަލަމުންދާކަމަށް ވަނީ ހާމަކޮށްފައެވެ.

11 މެއި 2021 | 12:10

ރޭޒާފުއްތައް ފަދަ ކަމާ ގުޅުން ހުރި އެއްޗެއް ފެނިއްޖެނަމަ ފުލުހުންނަށް އެންގުމަށް އެދިއްޖެ

ގޮއްވާލި ސަރަހައްދުން ވިއްސައިގެން ދިޔަ ރޭޒާ ފުށްތައްފަދަ ކަމާ ގުޅުން ހުރި އެއްޗެއް ފެނިއްޖެނަމަ ފުލުހުން ގާއިމްކޮށްފައިވާ ހޮޓްލައިން 9704000ށް ގުޅައިދިނުމަށް ވަނީ އެދިފައެވެ. މިހާތަނަށް ތަހުގީގު ކުރަމުންދާއިރު ބޮމާ ގުޅޭ ގޮތުން ހިންގަންޖެހޭ ބައެއް ޓެކްނިކަލް އިތުރު އެވެލުއޭޝަން ހެދުމަށްޓަކައި ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މިގޮތަށް ލިބެމުންދާ އިތުރު މައުލޫމާތުގެ މައްޗަށް ތަހުގީގު އިތުރަށް ފުޅާ ކޮށް މި މައްސަލާގެ ތަހުގީގަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާކަމަށް އޭސީޕީ ރިޔާޒް ވިދާޅުވިއެވެ.

11 މެއި 2021 | 12:06

މިވަގުތައް މި މައްސަލައިގައި ތަހުޤީޤަށް ހައްޔަރުކުރަން ޖެހޭ އެންމެން ވަނީ ހައްޔަރުކޮށްފައި

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ދިނުމުގައި 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެހެންނަމަވެސް އިތުރު ބަޔަކުވެސް މިކަން ހިންގުމުގައި އުޅޭކަމަށް ބެލެވި "ޕާސަން އޮފް އިންޓްރެސްޓް"ގެ ގޮތުގައި އިތުރަށް ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ. ފުލުހުންވަނީ މިވަގުތައް މި މައްސަލައިގައި ތަހުޤީޤަށް ހައްޔަރުކުރަން ޖެހޭ އެންމެން ވަނީ ހައްޔަރުކޮށްފައިވާކަމަށް ބުނެފައެވެ.

11 މެއި 2021 | 11:56

ފުލުހުން ތަހުޤީޤުކުރާ އިތުރު މައްސަލައަކާއި މި ކޭސްއާއި ގުޅުން ހުރިކަން އަދި އިނގިފައެއް ނެތް

ފުލުހުން ތަހުޤީޤުކުރާ އިތުރު މައްސަލައަކާއި މި ކޭސްއާއި ގުޅުން ހުރިކަން އަދި ނޭނގޭކަމަށް ފުލުހުން ވަނީ ބުނެފައެވެ. ރައީސް ނަޝީދަށް އަމާޒުކޮށްދިން ނިރުބަވެރި ހަމަލާއާއި އެމްއެމްޕީއާރްސީ ކޮރަޕްޝަން ކޭސްއާއި ގުޅުން ހުރިތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުންވަނީ ފުލުހުން ތަހުޤީޤުކުރާ އިތުރު މައްސަލައަކާއި މި ކޭސްއާއި ގުޅުން ހުރިކަން ކަނޑައެޅިފައިނުވާކަމަށެވެ.

11 މެއި 2021 | 11:42

ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ސަރަހައްދު ހުޅުވާލައިފި

ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ސަރަހައްދު ހުޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ. އެތަން ހުޅުވާލީ އެސަރަހައްދުން އެކަމާ ގުޅުންހުރި ހުރިހާ އެއްޗެއް ނަގާފައި ކަމަށާއި، އަދިވެސް އެތާ ގެއަކުން ވެސް އެއާ ގުޅުންހުރި އެއްޗެއް ފެނިއްޖެ ނަމަ އެންގުމަށް އެދިފައިވެއެވެ.

11 މެއި 2021 | 11:40

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި

10 މެއި 2021 | 19:05

ބިހުރޯޒު މިސްކިތުން ނުރައްކާ ޒާތުގެ އެއްޗެއް ނުފެނޭ: އެމްއެންޑީއެފް

ބިހުރޯޒް މިސްކިތް ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން އެތަން އެމްއެންޑީއެފުން ވަނީ ބަލައި ފާސްކޮށްފައި. އަދި އެތަން ކްލިއަރ ކޮށްފައިވާއިރު، ބަލައި ފާސްކުރުމުގައި އެތަނުން ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނޭ

09 މެއި 2021 | 17:02

އެމްޑީޕީއަކީ އަމާންކަމަށް ލޯބިކުރާ ޕާޓީއެއް: ރައީސް

ޓެރަރިސްޓުންގެ ބޭނުމަކީ އަމަންއަމާންކަން ނަގާލުން، ސުލްހަ ގެއްލުވާލުން، އެކަމަކު އެމްޑީޕީން އަދި ސަރުކާރުން އެކަން އެހެން ކުރަން ފުރުސަތު ނުދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީއަކީ އަބަދުވެސް އިންސާފަށް ލޯބިކުރާ ޕާޓީއެއް ކަމަށާއި، ބޭނުންވަނީ ހަމަޖެހުމާއި ސުލްހަމަސަލަސް ކަން ކަމަށާއި، އަނެކާގެ ފުރާނައަށް އިހްތިރާމް ކުރާ ޕާޓީއެއް ކަމަށް ވިދާޅުވިއެވެ.

09 މެއި 2021 | 17:00

މި މައްސަލައިގައި ޝަރީއަތަށް ދާނީ ސީދާ ޕީޖީ: ރައީސް

މި ތަހުގީގަށް ޕީޖީގެ އެއްބާރުލުން ވަރަށް ފުރިހަމަ ކަމަށާއި، މިހާރު ވެސް ވަނީ ވަކި ޓީމެއް އެކުލަވާލާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޝަރީއަތަށް ވަޑައިގަންނަވާނީ ސީދާ ޕީޖީކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަހުގީގު ކުރިއަށްދާ ގޮތާ މެދު ވަރަށް ހިންހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

09 މެއި 2021 | 16:59

މިވަގުތުގެ އަމާޒަކީ އެކަންކުރި މީހުން ހޯދައި އިންސާފު ހޯދުން: ރައީސް

ޔޫއެންއޯޑީސީއާއި ލަންޑަންގެ މާހިރުން ވެސް މިހާރު ދަނީ ތަހުގީގަށް އެހީތެރިވަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން ހިނގި ރޭ އަވަށްޓެރި ގައުމުތަކުން ވެސް އެހީވާން ބޭނުންވާކަން ހާމަކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަހުގީގަށް ބޭނުންވާ މީހުންނާ ސުވާލުކޮށް ހެކި ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށާއި، އައިއީޑީއާ ގުޅޭ މުހިންމުކަންތައްތަކެއް މިހާރު ވެސް އެނގިފައިވާ ކަމަށް ވިދާޅުވިއެވެ.

މައުލޫމާތުތައް ލިބޭ ވަރަކުން އެ މައުލޫމާތުތައް ރައީސްއަށާއި 241 ކޮމިޓީއަށް ފުލުހުން ދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

09 މެއި 2021 | 16:56

ރައީސް ނަޝީދުގެ ހިއްވަރަށް ކުޑަވެސް ބަދަލެއް ނާދޭ: ރައީސް

މިއަދު މެންދުރު ރައީސް ނަޝީދާ ބައްދަލުވި ކަމަށާއި، އެމަނިކުފާނާއި ދެކެވުނު ވާހަކަތަކުން އެމަނިކުފާނުގެ އަޒުމާއި ހިއްވަރަށް ކުޑަވެސް ބަދަލެއް ނާންނަކަން ޔަގީން ވި ކަމަށް ރައީސް ވިދާޅުވިއެވެ.

09 މެއި 2021 | 16:55

އެމްޑީޕީގެ ގައުމީ މަޖިލިސް ފަށައިފި

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލިސް ފަށައިފި.

މި މަޖިލީހުގައި ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީން ބޭއްވި ގައުމީ މަޖިލިސް - ރާއްޖެއެމްވީ
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީން ބޭއްވި ގައުމީ މަޖިލިސް - ރާއްޖެއެމްވީ
09 މެއި 2021 | 11:35

ހަމަލާއާ ކައިރިކޮށް ސިމްތަކާއި ފޯނުތައް ގަނެފައިވޭ

އެ ހުރިހާ ފޯނުތަކާއި، ސިމްތަކުގެ ރިކޯޑުތައް ބަލާއިރު މިއީ ސީދާ ހަމަލާއަށް ވީ ތައްޔާރީތަކެއްކަން އެނގެން އެބަހުރި. ހަމަލާގެ ފަހުން ކޮށްފައިވާ ކޯލްތަކާއި އެ ހުރިހާ އެއްޗެއްގެ އެނަލަސިސް އެއް ހަދަމުންދަނީ

09 މެއި 2021 | 11:28

ގޮއްވާލި މީހުން އެކަނި ހޯދާފަ ހުއްޓާ ނުލާނަން: ސީޕީ

ސީޕީ ވިދާޅުވީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، ހަމައެކަނި އެމީހުން ހައްޔަރުކޮށްފައި ހުއްޓާނުލާނެ ކަމަށާއި، އެކަން ރޭވުމުގައި ހަރަކާތްތެރިވި މީހުން ވެސް ހައްޔަރުކުރާނެ ކަމަށެވެ.

09 މެއި 2021 | 11:27

މީހާ ނޭނގޭ ގޮތަށް ހަދަން ތުނބުޅި ބާލާ ސިފަ އޮޅުވާލަން މަސައްކަތްކޮށްފައިވޭ

އޭނަގެ ތުނބުޅި ބަލައި ސިފަ އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށާއި، އެކަމަށް ބޭނުންކުރި އެއްޗެހިވެސް އެގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނިއެވެ.

09 މެއި 2021 | 11:25

ގޮއްވާލި މީހުންނަށް ހިއްވަރުދޭ ގޮތަށް ވާހަކަދައްކާ މީހުންނަށް ފިޔަވަޅު އަޅާނަން

ބައެއް ނޫސްތަކުގެ ކޮމެންޓުތަކާއި ސޯޝަލް މީޑިއާގައި ވެސް އެމީހުންނަށް ހިއްވަރުދީ ވާހަކަދައްކާކަން ފާހަގަވޭ. އެއީ ގާނޫނީ ކުށެއް އަދި އެކަމަށް ގާނޫނީ ވިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ.

09 މެއި 2021 | 11:22

އައިއީޑީގައި ބޭނުންކުރި ރިމޯޓާއި އެތަކެތި ފުލުހުންނަށް ލިބިފައިވޭ

ބޭނުންކޮށްފައި ވަނީ އާންމުކޮށް ގަންނަން ވެސް ލިބޭ ތަކެތި. އައިއީޑީގައި ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ ބެޓަރިއާއި ރޭޒަރ ފުށް ފަދަ ތަކެތި އެ ސަރަހައްދުން ވަނީ ފެނިފައި

ރައީސް ނަޝީދަށް ދިން ހަމަލާ - ޕޮލިސް
ރައީސް ނަޝީދަށް ދިން ހަމަލާ - ޕޮލިސް
09 މެއި 2021 | 11:21

މިކަމުގައި ހައްޔަރުކުރި މުޖާހުއާއެކު ފަހުން އޭނަ ދިޔަތަން ކެމެރާތަކުން ފެނޭ

ގޮއްވާލުމަށް ފަހު ދުވެފަ އޭނާ ވަކި ހިސާބަކަށް ގޮސް. ޗާންދަނީ މަގުން މަސްޖިދުލް ޖަލާލުއްދީންއަށް ދިޔަ. އެތަނުން އަމީނީމަގަށް ގޮސް އެމަގުގައި އިން ޕާކަށް ދިޔަ. އެ ޕާކުގައި މުޖާހު އިން. އޭގެ ފަހުން އެ ދެމީހުން އަމަލުތައް ވެސް ސީސީޓީވީ ކެމެރާތަކުން ފެންނަން އެބަހުރި.

އޭނަ އެތަންތަނަށް ދުވަމުން ދިޔަ އިރު ދިޔައީ ފޯނުން ވާހަކަދައްކަމުން.

ރައީސް ނަޝީދަށް ދިން ހަމަލާ - ޕޮލިސް
ރައީސް ނަޝީދަށް ދިން ހަމަލާ - ޕޮލިސް
09 މެއި 2021 | 11:19

އޭނަ އަތުގައި ރިމޯޓެއް އޮތްކަން ވީޑިއޯއިން ފެނޭ

އެ ވީޑިއޯގައި އޭނާއަތުން ރިމޯޓެއް ފެނޭ. އަދި އެހެން މިހުންނާ ހިލާފަށް އޭނަ ވަރަށް ބޮޑަށް އެކަމަށް ތައްޔާރަށް ހުރިކަން ފާހަގަވި.

09 މެއި 2021 | 11:17

މިއަދު ހައްޔަރު ކުރީ ބޮން ގޮއްވާލުމުގައި އަމަލީގޮތުން ހަރަކާތްތެރިވި ކަމަށް ބެލެވޭ މީހާ

ފުލުހުން ވަނީ ހާދިސާ ހިނގި ގަޑީގައި އޭނަގެ އަމަލުތައް ހުރި ގޮތް ވީޑިއޯއެއް ދައްކާފައެވެ.

ހާދިސާ ހިނގިތާ ކުރިމަތީގައި ހުރި ބިލްޑިންގއެއް ކައިރީ އޭނަ އެވަގުތު ހުރި. ހުރީ ފޯނުން ވާހަކަދައްކަން ފާރުގައި ފައި ވިއްދައިގެން. އެތަނުން ފުޓް ޕްރިންޓް ނަގާފައިވޭ

ރައީސް ނަޝީދަށް ދިން ހަމަލާ - ޕޮލިސް
ރައީސް ނަޝީދަށް ދިން ހަމަލާ - ޕޮލިސް
09 މެއި 2021 | 11:16

ސަސްޕެކްޓް 1 ހައްޔަރުކުރީ އާންމުންގެ މީހަކު ދިން ސީދާ މައުލޫމާތަށް

ސަސްޕެކްޓް 1 ހައްޔަރުކުރީ އާންމުންގެ މީހަކު ދިން ސީދާ މައުލޫމާތަށް ކަމަށް ވިދާޅުވިއެވެ. އެމީހާއާ ބައްދަލުކޮށް ޝުކުރު އަދާކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

09 މެއި 2021 | 06:00

ރައީސް ނަޝީދު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން މަސައްކަތް ކުރަނީ

އިތުރު ފަރުވާއަށް ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އެމަނިކުފާނުގެ އާއިލާއިން ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދީފިއެވެ.

އެމަނިކުފާނުގެ އާއިލާގެ ފަރާތުން ވިދާޅުވީ މިއަދި ޑޮކްޓަރުން އެމަނިކުފާނުގެ ހާލުކޮޅު ބެއްލެވުމުން އެކަމާމެދު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

09 މެއި 2021 | 04:07

ޙަމަލާއާ ގުޅިގެން ތުހުމަތު ކުރެވޭ 3 ވަނަ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ޣާޒީ ސްކޫލް ހުންނަ ސަރަހައްދުގައިވާ ފްލެޓަކުން އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ ބޮޑު ޓީމަކުން އާދީއްތަ ދުވަހު އެނދުނު ގެންދާ ފޮޓޯތައް ވެސް މިހާރު އާންމުވެފައިވާއިރު، އޭނާއަކީ 2021 މެއި 06 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހޯދަމުންދާ މީހާކަމަށް ދައުރުވަމުންދާ ފޮޓޯތަކުން ބެލެވެއެވެ.

މިކަން ފުލުހުންވެސް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ޙަމަލާއާ ގުޅިގެން ތުހުމަތު ކުރެވޭ 3 ވަނަ މީހަކު ހައްޔަރު ކުރަނީ - ވަން އޮންލައިން
ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ޙަމަލާއާ ގުޅިގެން ތުހުމަތު ކުރެވޭ 3 ވަނަ މީހަކު ހައްޔަރު ކުރަނީ - ވަން އޮންލައިން
08 މެއި 2021 | 11:41

މިއަދު ހައްޔަރުކުރި ދެ މީހުން ދިރިއުޅުނުތަން ބަލާ ފާސްކުރިން

މިއަދު ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި އެ ދެ މީހުން ދިރިއުޅުނުތަން ބަލާ ފާސްކޮށްފައިވާ ކަމަށް އޭސީޕީ ވިދާޅުވިއެވެ.

08 މެއި 2021 | 11:39

ހައްޔަރު ކުރި ދެ މީހުންނަށް ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ކަމަށް ގަބޫލު ކުރެވޭ

ޕީޖީ ޝަމީމް ވިދާޅުވީ ހައްޔަރު ކުރި ދެ މީހުންނަށް ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެ މީހުން ހައްޔަރު ކުރީ ކޯޓު އަމުރުގެ ދަށުން ކަމަށް އޭސީޕީ ރިޔާޒު ވިދާޅުވިއެވެ.

08 މެއި 2021 | 11:32

ޝައްކުކުރެވޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އެބައޮތް

ހަމަލާއާ ގުޅިގެން ޝައްކުކުރެވޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ސީޕީ ވިދާޅުވިއެވެ. މިހާތަނަށް ހަތަރު މީހަކު ވަނީ ފާހަގަކުރެވިފައެވެ. އަދި އެތަނުން ދެ މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށް ސީޕީ ވިދާޅުވިއެވެ.

08 މެއި 2021 | 11:28

މިއަދު ހައްޔަރުކުރި ދެ މީހުންނަކީ ތުހުމަތުވާ ހަތަރު މީހުންގެ ތެރެއިން ދެ މީހުން

މިއަދު ހައްޔަރުކުރި ދެ މީހުންނަކީ ތުހުމަތުކުރެވޭ ހަތަރު މީހުންގެ ތެރެއިން ދެ މީހުން ކަމަށް ފުލުހުން ބުނެއެވެ. އަދި ދެން ހުރި މީހާ ހޯދުމަށް އެމީހާގެ ފޮޓޯ މިހާރު ވަނީ އާންމުކޮށްފައެވެ.

ތަހުގީގަށް ހައްޔަރުކުރި ދެމީހުންނަކީވެސް ދީނީ ހަރުކަށި ފިކުރުގެ މީހުންކަމަށް ފުލުހުން ވިދާޅުވިއެވެ.

08 މެއި 2021 | 11:19

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު އާއްމުކޮށްފި

މިހާރު ކުރިއަށްދާ ނޫސްވެރިންގހެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މިއަދު ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މުޖާޒް އަހުމަދު، މއ. ފޭރުގެ، އާއި ގއ. ކޮނޑޭއަށް އުފަން 32 އަހަރުގެ ތަހުމީން އަހުމަދެވެ.

08 މެއި 2021 | 11:17

ރައީސް ނަޝީދަށް ހަމަލާދިން ވަގުތުގެ ވީޑިއޯއެއް އާއްމުކޮށްފި

ރައީސް ނަޝީދަށް ހަމަލާދިން ވަގުތުގެ ވީޑިއޯއެއް އާއްމުކޮށްފައިވަނީ މިހާރު އިސްކަންދަރުކޮށީގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި.

08 މެއި 2021 | 10:16

ރައީސް ނަޝީދަށް ފަރުވާ ދިނުމަށް ހަރަކާތްތެރިވި ބައެއް ޑޮކްޓަރުން

ރައީސް ނަޝީދަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ބައެއް ޑޮކްޓަރުން  - ރާއްޖެއެމްވީ
ރައީސް ނަޝީދަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ބައެއް ޑޮކްޓަރުން - ރާއްޖެއެމްވީ
08 މެއި 2021 | 10:06

ރައީސް ނަޝީދުގެ ހާލުކޮޅު މިހާރު ސްޓެބަލް، އެކަމަކު ކުރިއަށް އޮތީ ބޮޑު ރިކަވަރީއެއް

16 ގަޑި އިރުގެ ދިގު ސާޖަރީއަކަށް ފަހު ނެރެ ބޭއްވީ ސީސީޔޫގައެވެ. އޭރު ރައީސް ނަޝީދުގެ ހަށިކޮޅުން ވަރަށް ބައިވަރު ލޭ ބޭރުވެފައިވާ ކަމަށާއި، އެމަނިކުފާނު އޮންނެވީ ވަރަށް ކްރިޓިކަލް ހާލަތުގައި ކަމަށް ވިދާޅުވިއެވެ.

ސީސީޔޫގައި ފުރަތަމަ ބޭއްވީ ވެންޓިލޭޓަރުގައި ކަމަށާއި، ހަށިގަނޑުގައި ގޭސްތަކާއި އެހެނިހެން ކަންކަން ހަމަވަންދެން އެގޮތަށް ބޭއްވީ ކަމަށް ވިދާޅުވިއެވެ. އަދި މިއަދު ހެނދުނު ބެލި އިރު ނޭވާލުމުގައި މައްސަލައެއް ނެތުމުން ވެންޓިލޭޓަރުން ނެގީ ކަމަށް ވިދާޅުވިއެވެ.

މިހާރު އެމަނިކުފާނުގެ ހާލުކޮޅު ސްޓޭބަލް ކަމަށް ވިދާޅުވިއެވެ. މޭޖަރ ނުރައްކަލުން ސަލާމަތްވެފައި ހުރި ނަމަވެސް އަދިވެސް ކުރިއަށް ބޮޑު ރިކަވަރިއެއް އޮތް ކަމަށް ވިދާޅުވިއެވެ.

އެހާ ބޮޑު ކަމެއް ވެގެން ދިޔައީމަ އެތެރެހަށީގެން އިންފެކްޝަންތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

08 މެއި 2021 | 10:03

ބޮލަށް އެރި އެތި ހަރުލާފައި އިނީ ހަންގަނޑު ތެރޭގައި

ބޮލަށް ވަތް ދަގަނޑުކޮޅު ހަރުލާފައި އިނީ ހަންގަނޑު ތެރޭގައި ކަމަށާއި، އޭގެ އެއްވެސް އަސަރެއް ސިކުނޑިއަށް އަދި ނާށިގަނޑަށް ކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

08 މެއި 2021 | 09:59

ރައީސް ނަޝީދަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގެ ކާޑިއޮލޮޖިސްޓެއް ވެސް ބައިވެރިވި

އެ ހާލަތަކީ އާންމުކޮށް ޑޮކްޓަރުން ތަމްރީންވެފައި ތިބޭ ހާލަތަކަށް ނުވާތީ އެކަމުގައި ތަޖުރިބާކާރުންގެ ގޮތުގައި އައިޖީއެމްއެޗްގެ ކާޑިއޮލިޖިސްޓެއްވެސް ބައިވެރިވި ކަމަށް ވިދާޅުވިއެވެ.

ޑޮކްޓަރުން ތަމްރީންވެފައި ތިބެނީ ގަނޑު ލޭކޮޅުތައް ނެގުމަށް ކަމަށާއި، ރޭޒަރ ފުކެއް ކަހަލަ ސްމޫތު އެއްޗެހި ނެރުމަކީ ވަރަށް އުނދަގޫ ކަމެއް ވިދާޅުވިއެވެ.

08 މެއި 2021 | 09:57

ސްޕެޝަލް ސީޓީ ސްކޭނެއް ހެދީ ބަނޑުގައި އިން އެއް ފުށް ވީ ހިސާބު ނޭނގިގެން

ބަނޑުގައި އިން ތަން ޔަގީން ނުވާ ރޭޒަރ ފުށް ކޮޅު އެކި ތަންތަނަށް މޫވް ކުރެއެވެ. އޭތި އިނީ ލިވަރގެ ތިރީގައި އިންނަ ދިމާލެއްގައެވެ. އެ ފެންނަނީ އެކި ފަހަރު އެކި ދިމާލުން ކަމަށާއި އެ އިނީ ލޫސް ކޮށް ކަމަށް ވިދާޅުވިއެވެ.

އެހިސާބުން އެކޯއެއް ހެދުމަށް ފަހު އެ އޮތް ސީދާ ހިސާބު ދެނެގަނެވުނު ކަމަށް ވިދާޅުވިއެވެ.

1 / 4