ރައީސް ނަޝީދުގެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުން
ބުރާސްފަތި ދުވަހުގެ ރޭ އިރޭކޮޅު ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅުން އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ވަނީ އެއްޗެއްގޮއްވާލާފައެވެ. މިހާދިސާގައި އެމަނިކުފާނުގެ އިތުރުން ބައެއް މީހުންނަ

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިނުން
އަތާއި ފައިގަ ވެސް ދަގަނޑު ކޮޅުތަކެއް ހުރި
ގޮހޮރުގެ ސާޖަރީ އަށް ފަހު ސީޓީއަކަށް ބަދަލުކުރަން ތައްޔާރުވިއިރު، އަތާއި ފައިގަ ހުރި ދަގަނޑުކޮޅުތައް ނެގުމުގެ މަސައްކަތްތައް ކުރިއަށްދިޔައެވެ.
ވާތު އުޅަބޮއްޓާއި، ފަލަމަސްގަނޑު ކަކުލު ހުޅުގައި ވެސް ރޭޒަރ ފުށްތައް ހުއްޓެވެ. ދަގަނޑުކޮޅުތަކުގެ އިތުރުން ވެސް ޕްލާސްޓިކް ކޮޅުތަކާއި، އެ ނޫން ވެސް ފޮރިން އިބްޖެކްޓްސް ހުއްޓެވެ.
އެއްޗެހި ވަދެފައި ހުރީ ވާތުން ހަށިގަނޑު ތެރެއަށެވެ. ފަލަމަސްގަނޑަށް ވަދެފައި ހުރި އެއްޗެހި ފޫއަޅާފައެއް ނެތެވެ. ކަކުލާއި އުޅަބޮއްޓަށް އެރި ދެ ދަގަނޑުކޮޅު އިނީ ކަށިގަނޑު ތެރޭގައި ތާށިވެފައެވެ.
ގޮހޮރާއި ލިވާގައި ވެސް ލޭޒަރ ފުށްތައް ހުރި
ލޭ މަނާކުރުމަށް ފަހު ފުއްޕާމޭގެ އިންޖަރީ އަށް ފަރުވާދިނުމަށް ފަހު، ދެން ފަރުވާ ދިނީ ބަނޑުގައި ހުރި މައްސަލަ ތަކަށެވެ. އޭރު ބަނޑުގައި ސީޓީ އަށް ދައްކާ ވަރުގެ ތިން ދަގަނޑުކޮޅު އިނެވެ.
އެތެރެ ބެލުމުން ފާހަގަވީ ބަނޑުގެ މަސްގަނޑު ފޫއަޅާލާފައި ގޮސްފައިވާ ކަމަށެވެ. އެހިސާބުން މަސްގަނޑު ހުޅުވާފައި ބަނޑުތެރެ އެކީ ބަލަން ޖެހުނު ކަމަށާއި، ބަނޑުގައި 600-700މލ ގެ ލޭ ހުރި ކަމަށް ވިދާޅުވިއެވެ.
ބަނޑު ފޫއަޅާފައި ހަތަރު ތަނެއް އިން ކަމަށާއި ލިވާ ގައި ވެސް ފޫއަޅާފައި އިން ތަންކޮޅެއް އިން ކަމަށް ވިދާޅުވިއެވެ. އަދި ސްކޭންކޮށްގެން ލިވާ ތެރޭގައި އިން ލޭޒަރ ފުށް ނެގި ކަމަށް ވިދާޅުވިއެވެ.
ފުއްޕާމޭ ކައިރީގައި އިން ދަގަނޑުކޮޅު ޖެހިފައި އިނީ ހިތާވެސް ވަރަށް ކައިރީގައި
ފުއްޕާމޭ ކައިރިގައި އިން ދަގަނޑުކޮޅު ވަދެފައި ހިތާ ގާތްގަނޑަކަށް އެއް ސެންޓިމީޓަރު ކައިރީގައި ކަމަށާއި، އޭގެ ސަބަބުން ފުރާނައަށް ގެއްލުންވުމުގެ ފުރުސަތު ވަރަށް ބޮޑުވި ކަމަށް ޑރ. ވިދާޅުވިއެވެ. އެ ވަދެ ނިކުމެފައި އިން އެގްޒިޓް ވުންޑެއް ވެސް އިން ކަމަށާއި، އޭގެ ސަބަބުން ރިބް ކޭޖް ގެ ބައެއްވެސް ފުނޑުފުނޑުވެފައިވާ ކަމަށެވެ.
އޭގެ އިތުރުން ވެސް އެހިސާބުގައި ގާތްގަނޑަކަށް 7 ވަރަކަށް އިންޖަރީ ހުރި ކަމަށާއި އޭގެ ސަބަބުން ފުރާނައަށް ގެއްލުން ނެތް ކަމަށް ވިދާޅުވިއެވެ.

ފުއްޕާމޭ ތެރެއަށް ދަގަނޑުކޮޅެއް ވަދެފައި އޮތް
ރައީސް ނަޝީދުގެ ފުލް ބޮޑީ ސްކްރީންއަށް ބަލާއިރު، ހަށިގަނޑަށް ބޭރުން ލިބިފައި ހުރި އަނިޔާތަކުގެ އިތުރަށް އެތެރއަށް ދަގަނޑުކޮޅު ކޮޅު ގަޔަށް ވަދެފައިވެއެވެ. އޭޗެއްހި ހުރީ ވަށްކޮށެވެ.
އޭގެ އެތިކޮޅެއް ފުއްޕާމެއަށް ވަދެފައި ވުމުން ވަގުތުން އިސްނެގީ އެކަމަށް ފަރުވާ ދިނުމަށެވެ.
އޭގެ އިތުރުން ވެސް ހަންގަނޑު ތެރެއިން ޕްލާސްޓިކް ކޮޅު ކޮޅުވެސް ކަފައިގެން ވަދެފައި ހުއްޓެވެ.
ތިއޭޓަރުގައި ފުރަތަމަ ކުރީ ލޭ މަނާކުރުމުގެ މަސައްކަތް
ތިއޭޓަރުގައި ފުރަތަމަ ކުރީ ވަގުތީ ގޮތުން ލޭ މަނާކުރުމުގެ މަސައްކަތެވެ. އެގޮތުން ފުރަތަމަ އެންމެ ބޮޑަށް ލޭ އަންނަ ތަންތަނުން ލޭ މަނާކުރީއެވެ.
އަދި އޭގެ ފަހުން ދެން ސީޓީ ސްކޭނެއް ހަދައި އެތެރޭގެ ގެއްލުންތައް ބެލީއެވެ.
ހޮސްޕިޓަލްއަށް ގެނައި އިރު ހޭހުރި
ރައީސް ނަޝީދު ހޮސްޕިޓަލްއަށް ގެނައި އިރު، ހޭ ހުރި ކަމަށާއި، ވާހަކަވެސް ދައްކާ ކަމަށް ވިދާޅުވިއެވެ.
ގައިގެ އެކި ތަންތަނުން ވަރަށް ބޮޑަށް ލޭ އަންނާތީ ވަގުތުން އޮޕަރޭޝަން ތިއޭޓަރަށް ގެންދެވުނެވެ. އަދި އޮޕަރޭޝަންއަކަށް ދާން ޖެހިދާނެތީ އެއާވޭ ކްލީންކޮށް، އިންކިއުބޭޓް ކުރިއެވެ.
ތިއޭޓަރަށް ގެންދިޔައީ އެމަޖަންސީ ރޫމްއަށް ގެނައިތާ 10 މިނެޓު ތެރޭގައެވެ.
ރައީސް ނަޝީދުގެ ހާލުކޮޅާ ގުޅޭގޮތުން އޭޑީކޭއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި
ރައީސް ނަޝީދަށް ފުރަތަމަ ރެސްޕޮންސް ކުރި ޓީމުގައި ޑރ. ނިޔާފް ހިމެނިވަޑައިގަންނަވައެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާޔާ ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި
އަލިކިލޭގެފާނު މަގަށް ލަބާލާއިރު ވާތް ފަރާތަށް އިންނަ ގަދަފެހި ގެއާ ޖެހިގެން އިންނަ ގޯޅިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެންދިޔައީ މޫނު ނިވާ ކޮށްގެންނެވެ. މީގެ އިތުރުން ސައިކަލެއް ވެސް ވަނީ ފުލުހުން ގެންގޮސްފައެވެ. އެސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.


ހަމަލާ އާ ގުޅުންހުރި ފޮޓޯ އާއި ވީޑިއޯ އަދި އެހެނިހެން ތަކެތި ޝެއަރ ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި
ތަހުގީގުގެ ބޭނުމަށް މީހުން ހައްޔަރުކޮށް ފިޔަވަޅު އަޅަމުންދަނީ ޝަރީއަތަށް ބޭނުން ހިފޭނެ ހެކި ހޯދޭނެ ގޮތަށް: އިމްރާން
ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން އޭޑީކޭއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު މެންދުރު 2:30ގައި
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި
މިއީ ޓައިމްކޮށްފައި އޮތް އައިއީޑީއެއް ނޫން، ރިމޯޓް ކޮންޓްރޯލްޑް އެއްޗެއް
ޝަމާލް ވިދާޅުވީ ގޮއްވާލީ ޓައިމް ކޮށްފައި އޮތް އެއްޗެއް ނޫން ކަމަށެވެ. އަދި އެއީ ރިމޯޓް ކޮންޓްރޯލްޑް އެއްޗެއް ކަމަށެވެ. 2007ގައި ސަލްޓަން ޕާކުގައި ގޮއްވާލި އެއްޗަށް ވުރެ މީގެ ބާރު ގަދަ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ތެރޭގައި ރޭޒަރ ފުށް ލާފައި ހުރި ކަމަށާއި، އެއި ހަމަލާ ވަރުގަދަކުރުމަށް ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެއީ ހޯމް ބޭސްޑް އެއްޗެއް ކަމަށް ވިދާޅުވިއެވެ.
އޭގައި ބޭނުންކޮށްފައި ހުރި މެޓީރިއަލްއަކީ ޑޮމެސްޓިކް ބޭނުންތަކަށް ވެސް ބޭނުންކުރެވޭ އެއްޗެހި ކަމަށާއި، އަދި އެއީ ސީދާ ކޮންކޮން މެޓީރިއަލްއެއް ކަން ދަންނަވަން ދަތި ކަމަށް ވިދާޅުވިއެވެ. ޝަމާލް ވިދާޅުވީ އޭގައި ބޭނުންކުރި މެޓީރިއަލް އަށް ވުރެ އެކަން ކުރަން އެނގޭ އެކަމުގެ ތަޖުރިބާ ހުރި މީހުން ޜާއްޖޭގައި އުޅުމަކީ މާ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެގޮތުން ދިވެހިން ހަނގުރާމަތަކުގައި ވެސް ބައިވެރިވަމުންދާތީ އެކަންކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
މިއީ އެމްއެންޑީއެފްގެ އެއްވެސް އަތެއް އޮތް ކަމެއް ކަމަށް ގަބޫލެއް ނުކުރަން
އެކަމަކީ "އެތެރޭގެ" ކަމެއް ކަމަށް ބައެއް ބޭފުޅުން ތުހުމަތުކުރާއިރު އެފަދަ އެއްވެސް ކަމެއް މީގެ ތެރޭގައި އޮން ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި، މިހާރުގެ ތަހުގީގުތަކަށް އެފަދަ އެއްވެސް ކަމެއް އެނގިފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިހާރު އޮތީ އެލާޓް ލެވެލް ޓެރަރިސްޓް ސަރަހައްދެއްގައި އޮންނަ ގޮތަށް
އިތުރު ހަތިޔާރުތައް ވެސް އިޝޫ ކުރެވިފައިވާ ކަމަށާއި، މުޅި ރާއްޖޭގެ ހިސާބުތަކުން އެކަން ރިޕޯޓުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އެތަނުގައި އިތުރު ޑިވައިސްއެއް އޮތް ކަމަށް މައުލޫމާތު ލިބުނު
އެތަނުގައި އިުރު ޑިވައިސްއެއް އޮތްކަމުގެ މައުލޫމާތު ލިބި އެ ތަން އިވެކުއޭޓްކުރުމަށާއި، އެ ނައްތާލާނެ ޓީމްތައް އެތަނަށް ދިޔަ ކަމަށް ވިދާޅުވިއެވެ. އެކަމަކު އެތަނަށް ދިޔައިރު އެއީ، ދޮގު މައުލޫމާތެއް ކަން އެނގުނު ކަމަށާއި، އިތުރު އެއްޗެއް ނެތް ކަމަށް ވިދާޅުވިއެވެ.
އެކަމަކު އެފަދަ ހަމަލާތަކަކީ އާންމުކޮށް އެކި ސަރަހައްދުތަކުން އެއްފަހަރާ ދޭ ހަމަލާތަކެއް ކަމުން ވަގުތުން ވަގުތަށް އެއަށް އެޓެންޑްވެފައިވާނެ ކަމަށް ވިދާޅުވިއެވެ.
އެ މަގުގައި ސައިކަލު ހުންނާތީ އުނދަގޫވެގެން ކުރިން ބުނިން
އެތަނުން ސައިކަލުތައް ނަގައިދިނުމަށް އެދި ކަމާ ބެހޭ އިދާރާތަކުގައި މީގެ ކުރިން ވެސް އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ. ޝަމާލް ވިދާޅުވީ އިއްޔެގެ ހާދިސާ ހިނގައިގެން ދިޔައީ އެކަމަށް ހައްލު ނުލިބި އޮއްވާ ކަމަށާއި، އެ މަނިކުފާނަކި ހައި ރިސްކު ބޭފުޅެއްކަން އެނގި ތިބެ އެ މަނިކުފާނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އެމްއެންޑީއެފް އިން އަބަދުމެ މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ހުރި ނުރައްކާތަކުގެ މައުލޫމާތު އަބަދުވެސް ލިބޭ
ޝަމާލް ވިދާޅުވީ ރައީސް ނަޝީދަކީ އެންމެ މަތީގެ ސެކިއުރިޓީ އަބަދުވެސް ލިބޭ އެއް ބޭފުޅެއް ކަމަށެވެ. އެގޮތުން ސީޕީ ޓީމުން އެމަނިކުފާނާއި އެކު ހަރަކާތްތެރިވަނީ ހުއްދަ ހަތިޔާރުތަކާ އެކު ކަމަށާއި، އެކަން އެހެން ކުރަނީ ރައީސް ނަޝީދަށް ހުރި ތްރެޓްތަކުގެ މައުލޫމާތު އަބަދުވެސް ލިބޭތީ ކަމަށް ވިދާޅުވިއެވެ.
ޝަމާލް ވިދާޅުވީ އެމަނިކުފާނަށް ސެކއިުރިތޫގެ އެކި ފަށަލަތައް ގާއިމްކޮށްގެން ސެކިއުރިޓީ ދެމުންދާ ކަމަށެވެ.
ބޮޑީގާޑުންގެ އަމަލަށް ހިންހަމަޖެހޭ
އެ ހާލަތުގައި ގެންދަމުން ވެސް ސީޕީ ޓީމުން ބާރާބަރަށް އެމަނިކުފާނުގެ ހާލު ބެލި ކަމަށާއި، އޭރު ވެސް އެމަނިކުފާނު ހާލު ރަނގަޅު ކަމަށް ވިދާޅުވަމުން ގެންދެވި ކަމަށް ވިދާޅުވިއެވެ.
ބޮޑީގާޑުންނަށް އެވަރަށް އަނިޔާވަމުން ދިޔައިރު ވެސް ރައީސް ނަޝީދަށް ފަރުވާ ފެށުމުން ނޫނީ އެ ބޭފުޅުން ފަރުވާ ހޯދުމަށް ވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
މުޅި ހާލަތުގައި ވެސް އެޖެންޓުންގެ ޑްރިލްތައް ވަރަށް ރަނގަޅު ކަމަށާއި، ވަރަށް ބޮޑަށް ހިންހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ގޮއްވާލީ ރައީސް ނަޝީދުގެ ވާތުން
އެ ގޮއްވުން ގޮއްވާލީ ރައީސް ނަޝީދު ކާރަށް އަރުއްވަނިކޮށް ކަމަށާއި، އޭރު އެއް އެޖެންޓު ދޮރު ހުޅުވައި އަނެއް އެޖެންޓު ކަނާތް ފަރާތައް ޖެހިލީ ކާރަށް އެރާވަޑައިގަތުމަށް ޖާގަ ދެއްކުމަށް ކަމަށެވެ.
އަދި އޭގެ ފަހުން އެމަނިކުފާނު ވެއްޓިވަޑައިގަތުމުން ނަގައިގެން ކާރަށް އަރުވައި ދުއްވާލަން އުޅުމުން ކާރު ނުދުވުމުން، ދެން އޮތް ބެކަޕް ކާރަށް ބަދަލުކުރީ ބޮޑީގާޑުން އެމަނިކުފާނު އުފުއްލަވައިގެން ކަމަށް ވިދާޅުވިއެވެ. އަދި 7 މިނެޓު ތެރޭގައި އޭޑީކޭއަށް ގެންދެވުނު ކަމަށް ވިދާޅުވިއެވެ.
އެ ގޮވުން ގޮވީ ހުރި ދިމާލުން މައްޗަށް
ޝަމާލް ވިދާޅުވީ އެ ގޮވުމުގެ މައިގަނޑު ޑްރާސްޓް އެފެކްޓް ހުރީ ހުރި ދިމާ މައްޗަށް ކަމަށާއި، އެ ގޮވީ އެ ސައިކަލު ފަހަނައަޅައި، ކާރަށް ގާތްވަނިކޮށް ކަމަށެވެ.
ގޮއްވާލީ އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސްއެއް ސައިކަލެއްގައި ގޮއްވާލައިގެން
ރޭގަ އެހެން ރަށެއްގައި އޮތް ހަފްލާއެއްގައި ބައިވެރިވަޑައިގަތުމަށް ރައިސް ނުކުމެވަޑައިގެންނެވީ 8:25 ވީ އިރު ކަމަށް ވިދާޅުވިއެވެ.
އޭރު ގާތުގައި ބޮޑީގާޑުން ތިއްބެވި ކަމަށާއި، ކެނެރީގެއިން ނިކުމެވަޑައިގެން ވަޑައިގެންނެވީ މަޖީދީ މަގާ ދިމާލަށް ކަމަށް ވިދާޅުވިއެވެ. އޭރު ފަހަތުގައި އަދި ކުރީގައި ވެސް ސެކިއުރީ ބޭފުޅުން ތިއްބެވި ކަމަށް ވިދާޅުވިއެވެ.
ކާރުކޮޅު އޮތީ މަޖީދިމަގުގައި އިރަށް ޕާކުކޮށްފައި ކަމަށާއި، ވަޑައިގެންނެވި އިރު 8:27ހާއިރު ގޮއްވާލީ ކަންމަތީގައި އިން ސައިކަލެއްގައި އިން އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސްއެއްގައި ކަމަށް ވިދާޅުވިއެވެ.
އެ ހާދިސާގައި ތިން ބޮޑީގާޑުންނަށް ވެސް ވަރަށް ބޮޑަށް އަނިޔާވި ކަމަށް ވިދާޅުވިއެވެ.
މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވާހަކަފުޅުދައްކަވަނީ
އެއީ ޓެރަރިސްޓް އެޓޭކްއެއް ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި އެ އަމަލު ކުރި ބަޔަކު ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
ގޮވީ 27ގައި 36 ވީއިރު އެމަޖެންސީއަށް ވެއްދި
ބޮޑީގާޑުންގެ ވާހަކައިން އެ ޓައިމްލައިން އެނގުނު އިރު އެ ބޭފުޅުންގެ މަސައްކަތަށް ހައިރާންވެވަޑައިގަންނަވާ ކަމަށާއި، 10 މިނެޓު ވެސް ނުވަނީސް ރައީސް ނަޝީދު އެމަޖެންސީއަށް ވެއްދުނު އިރު އެ ހާލުގައި ވެސް އެމަނިކުފާނުގެ ހާލުކޮޅު އަހައި އޮޅުން ފިލުވަމުން ދިޔަ ކަމަށް ވިދާޅުވިއެވެ.
އަދި އެވަގުތު ވެސް އެ ހާލުގައި އޮންނަވައިގެން ވެސް ހާލުކޮޅު ރަނގަޅު ކަމަށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދިޔަ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ބޮޑީގާޑުން ކުރި މަސައްކަތަށް ޝުކުރު ހައްގު: މާރިޔާ
ގޮވި އެއްޗެއްގެ ސަބަބުން ބޮޑީގާޑުންނަށް ވެސް އެކިވަރުގެ އަނިޔާވި އިރުވެސް އަމިއްލަ ފުރާނައަށް ނުބަލައި، ގައުމުގެ ވެރިންނާއި ރައްޔިތުންގެ ސަލާމަތަށް އެ ކުރެއްވި މަސައްކަތަކީ އެންމެންގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
އެ ހާދިސާއިން ވެސް އެބޭފުޅުންގެ ޓްރެއިނިންގެ ވަރުގަދަކަމާއި މޮޅުކަން ހާމަވާ ކަމަށާއި، އެހެންވީމާ އެ ހާލަތުގައި ބޮޑު އެމަޖަންސީއެއްގައި އަމަލު އެ ކުރެއްވި ގޮތް އެ ބޭފުޅުން ކިޔައިދިނުމުން އެބޭފުޅުންގެ މޮޅުކަން ހާމަވިކަމަށް ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ ފަރާތުން ބާއްވާ ޕްރެސް ކޮންފަރެންސް ފަށައިފި
މިނިސްޓަރ މާރިޔާ ވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައެވެ.
އެފަދަ ކަމެއްގެ އެއްވެސް މައުލޫމާތެއް ލިބޭ ނަމަ އަދި އެފަދަ ކަމެއް ފާހަގަވާ ނަމަ އަވަށް އެމްއެންޑީއެފް އަށާއި، ކަމާ ބެހޭ ހުރިހާ އިދާރާއަކަށް އެންގުމަށް އެކަމަނާ އެދިލެއްވިއެވެ. މިއީ އެންމެން އެކީގައި އެކަން ކުރި ބަޔަކު ހޯދަން މަސައްކަތްކުރަން ޖެހޭ ވަގުތު ކަމަށާއި، ކިތަންމެ ކުޑަ ކަމެކޭ ހީވިޔަސް އެއީ މުހިންމު މައުލޫމާތަކަށް ވެދާނެ ކަމަށް ވިދާޅުވިއެވެ.
މަޖިލީހުގެ ކުއްލި ޖަލްސާ ނިންމާލައިފި
ރައީސް ނަޝީދު ހާލުކޮޅުގެ އެއްމެ ފަހުގެ މައުލޫމާތު ރިޔާސަތުން އިއްވެވުމަށްފަހު ޖަލްސ ނިންމަވާލެއްވީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަމުންނެވެ
ރައްޔިތުންގެ މަޖިލީހުގެ މަސްއްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނަން - އީވާ
މަޖިލީހުގެ ޖަލްސާތަކަށް ރައީސް ނަޝީދަށް އެނބުރި ވަޑައިގެންނެވެންދެން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް އީވާ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ސާޖަރީތައް ނިމިއްޖެ - އާއިލާ
ރައީސް ނަޝީދުގެ ސާޖަރީތައް މިހާރު ނިމިފައިވާކަމަށް ކޮއްކޯފުޅު ނާޒިމް ސައްތާރު ވިދާޅުވެއްޖެއެވެ.
އެތެރޭގެ ކަަމެއްތޯ ނުވަތަ ނޫންތޯ އަދި އެނގިފައެއް ނުވޭ - ސީޕީ ހަމީދު
މި ހަމަލާއަކީ އެތެރޭގެ ކަަމެއްތޯ ނުވަތަ ނޫންތޯ އަދި އެނގިފައި ނުވާކަމަށާއި، އެނގިގެން ދާނީ ތަހުގީގަށް ފަހުގައި ކަމަށް ސީޕީ ހަމީދު ވިދާޅުވެއްޖެއެވެ.
ކުއްލި ހާލަތު އިއުލާނު ކުރަންޖެހޭ ހާލަތެއް އޮތްކަމަކަށް ގަބޫލެއް ނުކުރެވޭ- ސީޕީ ހަމީދު
ކުއްލި ހާލަތު އިއުލާނު ކުރަންޖެހޭ ހާލަތެއް އޮތްކަމަކަށް ގަބޫލެއް ނުކުރެއްވޭކަމަށާއި އެއީ އެއްވެސް އިތުރު މީހަކަށް ގެއްލުމެއް ނުލިބޭނެގޮތަށް ފިޔަވަޅުތައް ވަރުގަދަ ކުރެވިފައިވާތީ ކަމަށް ސީޕީ ހަމީދު ވިދާޅުވެއްޖެއެވެ.
ޓެރަރިޒަމްގެ ހަމަލާއެއްކަމަށް ބެލީ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭތީ - އޭސީޕީ ރިޔާޒް
ޓެރަރިޒަމްގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ބަލާއިރު، މި ޙަމަލާއަކީ ޓެރަރިސްޓު ޙަމަލާއެއް ކަމަށް ބެލެވޭނެ މިންގަނޑުތަކަށް ފެތޭ ހަމަލާއެއް ކަމަށް އޭސީޕީ ރިޔާޒް ވިދާޅުވެއްޖެއެވެ.
މީހުންނަށް ބޮޑެތި ގެއްލުން ދިނުމަށް ބޭނުން ކުރެވޭ އެކްސްޕްލޯސިވް ބޭނުން ކޮށްފައިވޭ - އޭސީޕީ ރިޔާޒް
މިހާތަނަށް ހެދުނު އެސެސްމެންޓުތަކުން މިލިޓަރީ ގްރޭޑުގެ އެކްސްޕްލޯސިވްސް ބޭނުންކޮށްފައިވާކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް ބޭނުންކޮށްފައިވަނީ މީހަކަށް ބޮޑެތި ގެއްލުމެއް ލިބިދާނެފަދަ އެކްސްޕްލޯސިވްސް ކަމަށް އޭސީޕީ ރިޔާޒް ވިދާޅުވެއްޖެއެވެ.
ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ރަސްމީކޮށް އުފުލިކަން އެނގިފައެއް ނުވޭ
ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ރަސްމީކޮށް އުފުލާފައިވާކަން މިހާތަނަށް އެނގިފައި ނުވާކަމަށް ސީޕީ ހަމީދު ވިދާޅުވެއްޖެއެވެ.
ހަމަލާގެ މައުލޫމާތު އިންޓެލިޖެންސަށް ލިބިފައެއް ނުވޭ - ސީޕީ ހަމީދު
މި ޙަމަލާއަށްފަހު ޤައުމީ ސަލާމަތާއި ބެހޭ މަޖިލިސްގެ ބައްދަލުވުމެއް ބޭއްވިފައިވާކަމަށާއި، މި ޙަމަލާގެ ކުރިން އިންޓެލިޖެންސް މައުލޫމާތެއް ލިބިފައިވެތޯ މަޝްވަރާ ކުރެވިފައިވާއިރު، ހަމަލާގެ އެއްވެސް މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބިފައި ނުވާކަމަށް ސީޕީ ހަމީދު ވިދާޅުވެއްޖެއެވެ.
ތަހުޤީޤާ ގުޅޭ މައުލޫމާތު ޕީޖީއާ ވަނީ ހިއްސާ ކުރެވިފައި - ސީޕީ ހަމީދު
ތަހުގީގާ ގުޅޭ މައުލޫމާތު މިއަދު ހެނދުނު ޕީޖީއާ ހިއްސާކުރެވިފައި ވާކަމަށް ސީޕީ ހަމީދު ވިދާޅުވެއްޖެއެވެ.
މިހާތަނަށް ބެލި ބެލުމުން މިއީ ގަސްތުގައި ރައީސް ނަޝީދުއަށް ދީފައިވާ ހަމަލާއެއް ކަމަށް ފާހަގަކުރެވޭ - ސީޕީ ހަމީދު
މިހާތަނަށް ބެލި ބެލުމުން މިއީ ގަސްތުގައި ރައީސް ނަޝީދުއަށް ދީފައިވާ ހަމަލާއެއް ކަމަށް ފާހަގަކުރެއްވޭ ކަމަށް ސީޕީ ހަމީދު ވިދާޅު ވެއްޖެއެވެ.
ހަމަލާދިން ސަރަހައްދުން ޝައްކު ކުރެވޭ ހަތަރު މީހަކު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވޭ - ސީޕީ ހަމީދު
ޙަމަލާދިން ސަރަޙައްދުން ޝައްކު ކުރެވޭ ޙަރަކާތްތަކެއް ހުރި ބަޔަކު ފާހަގަ ކުރެވިފައިވާކަމަށާއި، އެފަދަ 4 މީހަކު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވެއްޖެއެވެ.
މި މައްސަލަ ތަހުގީގު ކުރަމުން ދަނީ މިވަގުތު އޮތް އެންމެ ޕްރިއޯރިޓީ ކޭސްގެ ގޮތުގައި - ސީޕީ ހަމީދު
މި މައްސަލަ ތަހުގީގު ކުރަމުން ދަނީ މިވަގުތު އޮތް އެންމެ ޕްރިއޯރިޓީ ކޭސްގެ ގޮތުގައި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.