ކޮވިޑް-19: އެންމެ ފަހުގެ
ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

ކޮރޯނާވައިރަސް
ރިޒޯޓު މުވައްޒަފުންނަށް ރަށަށް ދެވޭނީ އެރިޒޯޓެއްގެ އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސްފަހުން: އެޗްޕީއޭ
ރިޒޯޓުތަކުގައި މަސައްކަތް ކުރަމުން ގެންދާ މުވައްޒަފުން އެހެން ރަށަކަށް ދެވެނީ އެރިޒޯޓަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ އެރިޒޯޓުން ފުރާ ތާރީޚުން ފެށިގެން 14 ދުވަސްފަހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
ބަތަލާ އައިލެންޑް ރިސޯޓުން ނެގި ސާމްޕަލްތައް ނެގެޓިވް، ރިސޯޓުގެ މޮނިޓަރިންގ އުވާލައިފި
ކޮވިޑް-19: 150 އަށްވުރެ ގިނަ ޤައުމުން ފެނުނު ކޭސްތަކުގެ އަދަދު 100 އަށްވުރެވެސް ދަށް، މީ އުއްމީދެއް- ޓެޑްރޯސް
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރެއިން 8 މީހަކު ރަނގަޅުވެއްޖެ
ރާއްޖެއިން ކޮވިޑް-19ގެ 13 ކޭސްއެއް މިހާތަނަށް ފެނިފައިވާއިރު ރައީސް ވިދާޅުވީ އޭގެ ތެރެއިން 8 މީހަކު ބަލިން ފަސޭހަވެފައިވާކަމަށެވެ. އަދި މިވަގުތު ފަރުވާދެމުން ގެންދާ ފަސް މީހުން މީހުން ވެސް ރަނގަޅުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ޝީޝާ އާއި ކާބޯތަކެތީގެ ޚިދުމަތް ދިން ފަސް ކެފޭއެއް ޖޫރިމަނާކޮށްފި
ޝީޝާ އާއި ކާބޯތަކެތީގެ ހިދުމަތް ދިނުން މަނާކޮށްފައި ވަނިކޮށް އެ ހިދުމަތް ދިން ފަސް ކެފޭއެއް ޖޫރިމަނާކޮށްފިއެވެ.
މި މަހުގެ 27 ވަނަ ދުވަހު ފެށިގެން ރާއްޖެއިން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލާނެ: ރައީސް
މި މަހުގެ 27 ވަނަ ދުވަހު ފެށިގެން ރާއްޖެއިން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ސްޓޫޑަންޓް ލޯން ދެއްކުން 6 މަސްދުވަހަށް ފަސްކުރުމަށް ނިންމައިފި
މަތީ ތައުލީމް ހާސިލު ކުރުމަށް ދޫކޮށްފައިވާ ސްޓޭޑަންޓް ލޯން ދެއްކުން 6 މަސްދުވަހަށް ފަސްކުރުމަށް ނިންމައިފިއެވެ.
ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރު ދީފި
ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރު ދީފައިވާކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
10 މަސް ދުވަހަށް ވާވަރަށް ހަނޑޫ، ހަކުރު ގެނައުމުގެ މަސައްކަތް އެސްޓީއޯއިން ދަނީ ކުރަމުން: ރައީސް
ދިހަ މަސް ދުވަހަށް ވާވަރަށް ހަނޑޫ، ހަކުރު ގެނައުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުން އަންނަ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19: ރާނީ އެލިޒަބަތު އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންފި
އިނގިރޭސި ވަލީއަހުދު ޗާލްސް ފިލިޕް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މަންމާފުޅު ރާނީ އެލިޒަބަތު ދެވަނައާއި ބައްޕާފުޅު ޕްރިންސް ފިލިޕް އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންފިއެވެ.
ކޮވިޑް-19: އިންޑިއާގެ ކެބިނެޓް ބައްދަލުވުންވެސް މިއަދު ބޭއްވީ "އިޖްތިމާޢީ ގައިދުރުކަން" ތަންފީޒު ކުރެވޭފަދަ ގޮތަކައް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރިޔާސަތު ބެލެހެއްޓެވި އެޤައުމުގެ ވަޒީރުންގެ ބައްދަލުވުންވެސް މިއަދު ކުރިޔަށް ގެންދެވީ، "އިޖްތިމާޢީ ގައިދުރުކަން" ތަންފީޒު ކުރެވޭފަދަ ގޮތަކަށެވެ. ވަޒީރުންގެ އިށީދެވަޑައިގެން ތިއްބެވީ 3 ފޫޓް ދުރުގައި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ކޮވިޑް-19: އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތައް ފޮނުވަނީ
އިންޑިއާ ސަރުކާރުން ބުނެފައިވަނީ އެޤައުމުގެ ލޮކްޑައުންކޮށްފައި އޮތުމުން ދަތިތަކެއް ދިމާވިނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ފޮނުވާނެކަމަށެވެ. އެގޮތުން 20 ދުވަހަށް ވާމިންވަރަށް މިހާރުވެސް ހަނޑުލާއި ހަކުރު ބަރުކޮށްފައިވާ ކަމަށާއި، ދާދި އަވަހަށް ރާއްޖެއަށް އެތަކެތި ފޯރާނެކަމަށެވެ. އަދި 1500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރު މިހާރު ޓުޓިކޮރިން ބަނދަރުގައި ބަރުކުރަމުންދާކަމަށެވެ.
ކޮވިޑް-19: ނޭޕާލްގައި ތިބި ދިވެހި ދަރިވަރުން ގެނައުމަށް ނޭޕާލް ސަރުކާރުން އެހީތެރިވެދޭތީ މިނިސްޓަރ ޝާހިދު ޝިކުރު ދަންނަވައިިފި
ނޭޕާލުގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމަށް ނޭޕާލްގެ އެހީއަށް އެދުމުން، އެކަމަށް ނޭޕާލް ސަރުކާރުން އިޖާބަދީފައިވާތީ ފޮރިން މިނިސްޓަރ ޝާހިދު ނޭޕާލްގެ ފޮރިން މިނިސްޓަރަށް ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެއްޖެއެވެ.
އައިއެމްއެފުން ލޯން ނަގާކަށް އަދި ގަސްތެއް ނުކުރަން: ރައީސް
އައިއެމްއެފުން ލޯން ނަގާކަށް އަދި ގަސްތުނުކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ. އައިއެމްއެފުން ލޯނު ނަގައިފިނަމަ ސިވިލް ސަރވެންޓުންގެ އަދަދު މަދުކޮށް މުސާރަ މަދުކުރަން ޖެހޭކަމަށާއި އެގޮތަށް އެކަން ކުރަން އަދި ނުވިސްނަވާކަމަށް ރައީސް ވިދާޅުވި އެވެ.
ޖަލުގައި ތިއްބެވި ފަރާތްތަކަށް މައާފުދިނުން އޮންނަނީ ޤާނޫނީގެ ތެރެއިން ވަކި އުސޫލެއް ހަމަޖެހިފައި: ރައީސް
ޖަލުގައި ތިއްބެވި ފަރާތްތަކަށް މައާފުދިނުން އޮންނަނީ ޤާނޫނީގެ ތެރެއިން ވަކި އުސޫލެއް ހަމަޖެހިފައި ކަމަށާއި ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް ވިދާޅުވި އެވެ. ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް ބަރާބަރަށް ގުޅައިގެން ވާހަކަ ދައްކަވާކަމަށް ރައީސް ވިދާޅުވި އެވެ. މިދިޔަ ދެ ދުވަހު އަބްދުއްރަހީމް ގުޅުއްވިކަމަށާއި ނަމަވެސް ފޯނު ނުނެންގެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.
މާލެއަށް ޚާއްސަ ސަމާލުކަމެއް ދެނީ އެހެން ރަށްރަށް އިހުމާލުކުރާކަށް ނޫން: ރައީސް
މާލެއަށް ޚާއްސަ ސަމާލުކަމެއް ދެނީ އެހެން ރަށްރަށް އިހުމާލުކުރާކަށް ނޫންކަމަށް ރައީސް ވިދާޅުވި އެވެ. އެއީ މާލެއަކީ ތޮއްޖެހިފައިވާ ތަނަކަށްވާތީ ކޮންޓްރޯލް ކުރަން އުނދަގޫވާނެތީކަމަށް ރައީސް ވިދާޅުވި އެވެ. ރަށްރަށުގެ ހާލަތުވެސް އަންނަނީ ބަލަމުންކަމަށް ރައީސް ވިދާޅުވިއެވެ. އެއްވެސް ރަށަކަށް އިހުމާލުނުވާކަމަށް ރައީސް ވިދާޅުވި އެވެ.
ދަތި އުނދަގޫ ދަނޑިވަޅުގައި ރައްޔިތުން ދޭ އެއްބާރުލުމަށް ރައީސް ޝުކުރުއަދާކުރައްވައިފި
މިދަތި އުނދަގޫ ވަގުތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ދޭ އެއްބާރުލުމަށް ޝުކުރުއަދާ ކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.
ޑޮލަރުގެ އަގު މައްޗަށް ނުދިޔުމަށް މިދަނީ މަސައްކަތްކުރަމުން: ރައީސް
ޑޮލަރުގެ އަގު މައްޗަށް ނުގޮސް ހިފެހެއްޓޭނެ ގޮތަކަށް އެމްއެމްއޭއިން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވި އެވެ.
ހަމައަކަށް އެޅެން އަހަރެއްހާ ދުވަސް ނަގާނެ: ރައީސް
އިގްތިޞާދީ ގޮތުން ކުރިމަތިވާ ކަންކަން ހަމައަކަށް އަޅަން އަހަރެއްހާ ދުވަސްނަގާނެކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރުގެ ޕެކޭޖްގެ ބޭނުންކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
އެއްވެސް ގައުމަކުން ކަށަވަރުކޮށް ފައިސާގެ އެހީއެއް އަދި ނުލިބޭ: ރައީސް
އެއްވެސް ގައުމަކުން ކަށަވަރުކޮށް ފައިސާގެ އެހީއެއް އަދި ނުލިބޭ ކަަމަށް ރައީސް ވިދާޅުވި އެވެ.
އެންމެ ގޯހަށް ގޮއްސިއްޔާ ވައިރަސް ޖެހޭނެ އަދަދުވެސް ވަނީ ހޯދިފައި: ރައީސް
ރާއްޖެ އެންމެ ގޯސް ހިސާބަށް ގޮސްފިނަމަ ވައިރަސް ޖެހޭނެ އަދަދު ހޯދިފައިވާކަމަށާއި އެކަމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
މިވައިރަސް އައިސްފިނަމަ ކަންކަންވެގެންދާނެ ގޮތުގެ ދިރާސާއެއް ވަނީ ހެދިފައި: ރައީސް
މިވައިރަސް ރާއްޖެއަށް އައިސްފިނަމަ ކަންކަން ވެގެންދާނެގޮތުގެ ދިރާސާއެއް ހެދިފައިވާކަމަށާއި މިހާރު ތިން ފަހަރަށް އެ ދިރާސާ އިތުރަށް ރިވައިސްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ގައުމުތަކުން އަޅަންވާ ފިޔަވަޅުތައް އެޅިނަމަ މިހިސާބަށް ކަންކަން ނުދާނެކަމަށް ރައީސް ވިދާޅުވި އެވެ.
މެއި މަހާ ހިސާބަށް މިކަންތައް ކުރިޔަށްދާނެ ކަމަށް ބަލަންވާނެ: ރައީސް
މެއި މަހާ ހިސާބަށް މިކަންތައް ކުރިޔަށްދާނެ ކަމަށް ބަލަންވާނެކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މުޅި ދުނިޔެއިން މިކަން ހުއްޓިގެން ނޫނީ ރާއްޖެއަށް އަދި ރަނގަޅުވާން ނެތްކަމަށް ރައީސް ވިދާޅުވި އެވެ.
ޗައިނާއިން ނަގާފައިވާ ލޯންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ޗައިނާގެ ރައީސަށް ސިޓީއެއް ފޮނުވައިފިން: ރައީސް
ޗައިނާއިން ނަގާފައިވާ ލޯންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ޗައިނާގެ ރައީސަށް ސިޓީއެއް ފޮނުވައިފިކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަމަށް ޖަވާބެއް ނުލިބޭކަމަށް ރައީސް ވިދާޅުވި އެވެ.
އުންމީދުކުރަނީ މުވައްޒަފުން ވަކިނުކުރާނެ ކަމަށް: ރައީސް
އުންމީދުކުރައްވަނީ މުވައްޒަފުން ވަކިނުކުރާނެ ކަމަށާއި ސަރުކާރުން ޕެކޭޖް އިއުލާންކޮށްފައިވަނީ އެހެންވެގެން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތަށް އަމަލުކުރާނެ ކަމަށް އުންމީދު ކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.
މިހާތަނަށް 50 ރިސޯޓް ބަންދުކޮށްފި: ރައީސް
މިހާތަނަށް 50 ރިސޯޓް ބަންދުކޮށްފައިވާކަމަަށް ރައީސް ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތްތަނުގައި އިތުރު ރިސޯޓްތައް ބަންދުކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެ މިއޮތީ ލޮކްޑައުންއަކަށް ގޮސްފައި، އެނޫންގޮތެއް މިވަގުތު ނެތް: ރައީސް
ރާއްޖެ މިއޮތީ ލޮކްޑައުންއަކަށް ގޮސްފައިކަމަށާއި މީގެ 24 ގަޑިއިރު ފަހުން ރާއްޖެއަށް އެއްވެސް މީހަކަށް ނާދެވޭނެކަމަށް ރައީސް ވިދާޅުވި އެވެ. މިވަގުތު އެނޫންގޮތެއް ނެތްކަމަށާއި އެކަމަށް ރާއްޖެއޮތީ ތައްޔާރަށްކަމަށް ރައީސް ވިދާޅުވި އެވެ.
މިއީ ގުޅިގެން އެންމެން މަސައްކަތްކުރަންވީ ވަގުތު: ރައީސް
މިއީ ގުޅިގެން މަސައްކަތްކުރަންވީ ވަގުތު ކަމަށް ރައީސް ވިދާޅުވި އެވެ.
އޭޕްރީލް 15 ގެ ކުރިން 10 މަހަށްވާ ވަރުގެ ކާޑުގެ ބާވަތްތައް އެބަގަންނަން: ރައީސް
ފުޑް ސެކިޔުރިޓީއާ ދޭތެރޭ ކުރިޔަށް އޮތް 10 މަސް ދުވަހު ވިސްނަންނުޖެހޭވަރަށް ކާޑުގެ ބާވަތްތައް ލިބޭނެކަމަށް ރައީސް ވިދާޅުވި އެވެ.
ޑޮލަރު ޝޯޓޭޖެއް ކުރިޔަށް އޮތް ދެތިން މަހު ނާންނާނެ: ރައީސް
ޑޮލަރު ޝޯޓޭޖެއް ކުރިޔަށް އޮތް ދެތިން މަހު ރާއްޖެއަށް ކުރިމަތިނުވާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިސްނާގައިވަނީ ޔޫރަޕްގެ ގައުމުތަކުން ލޯން ނެގުމަށްކަމަށް ރައީސް ވިދާޅުވި އެވެ.
ގައުމުތަކުގައި ތިބި ދިވެހި ރައްޔިތުން ގެންނަންޖެހިއްޖިއްޔާ ގެންނާނަން: ރައީސް
ގައުމުތަކުގައި ތިބި ދިވެހި ރައްޔިތުން ގެންނަންޖެހިއްޖެނަމަ އެކަމަށް ހިނގާނެ ޚަރަދުތައް މިހާރު އެކުލަވާލާފައިވާ ކަމަށާއި އެއްވެސް ރައްޔިތަކު ގެންނަން ޖެހިއްޖެނަމަ އެކަން ކުރަމުންދާނެކަމަށް ރައީސް ވިދާޅުވި އެވެ. ޚާއްސަކޮށް ނޭޕާލްގައި ތިބި ކުދިން ގެނައުމުގެ މަސައްކަތް ކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ލަންކާ އާއި އިންޑިޔާ އަދި މެލޭޝިޔާ ގައި ތިބި ދިވެހިންނާމެދު ކަންކަން ކުރާނީ އެގޮތަށްކަމަށް ރައީސް ވިދާޅުވި އެވެ.
ގެއްލުން ލިބޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ލޯނު ދޫކުރުމަށް އަންނަނީ ތައްޔާރުވަމުން: ރައީސް
ގެއްލުން ލިބޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ބީ.އެމް.އެލް އާއި އެސް.ޑީ.އެފް.ސީ މެދުވެރިކޮށް، ލޯނު ދޫކުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުން ކަމަށް ރައީސް ވިދާޅުވި އެވެ. މި ލޯނުތަކަށް އެދި ހުށަހެޅުމަށް، އަންނަ ހަފުތާގެ ތެރޭގައި އިޢުލާން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރު މިހާރުވަނީ ދިވެހިރާއްޖެއަށް ލިބިފައި: ރައީސް
ވޯލްޑް ބޭނުންކުން ކޮރޯނާވައިރަސް ފަންޑަށް 10 މިލިއަން ޑޮލަރު ވަނީ ދީފައި ކަމަށް ރައީސް ވިދާޅުވި އެވެ.
ކޮންމެ ރަށެއްގައި އިތުރު 1 މަސް ދުވަހަށް ކާޑުގެ ބާވަތް ހުންނާނެ: ރައީސް
ކުރިޔަށް އޮތް 10 މަސް ދުވަހަށް ވާވަރަށް ކާޑުގެ ބާވަތްތައް ގެނައުމަށް އެސްޓީއޯއިން އަންނަނީ މަސައްކަތްކުރަމުން ކަމަށް ރައީސް ވިދާޅުވި އެވެ.
ސްޓޫޑެންޓް ލޯން ދެއްކުމަށް ލުއިގޮތްތަކެއް ހޯދައިދޭނަން: ރައީސް
ސްޓޭޑަންޓް ލޯން ދެއްކުން 6 މަސްދުވަހަށް ފަސްކުރުމަށް ވަނީ ނިންމާފައިކަމަށް ރައީސް ވިދާޅުވި އެވެ.
އިންޓަނެޓްގެ އަގަށް ލުއި ދޭނަން: ރައީސް
އިންޓަނެޓްގެ އަގަށް ވެސް މިދަނޑިވަޅުގައި ލުޔެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކަން އިއުލާން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެންމެ ފަހު ފަތުރުވެރިޔާ ފުރާ ތާރީޚުން ފެށިގެން 14 ދުވަސް ހަމަވުމުން ރިސޯޓްތަކުން މީހުންނަށް ދެވޭނެ : ރައީސް
ރިސޯޓްތަކުގައި ތިބި ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ ފުރާ ދުވަހުން ފެށިގެން 14 ދުވަސް ހަމަވުމުން އެރިސޯޓެއްގައި ތިބި މީހުންނަށް އެހެން ތަންތަނަށް ދިޔުމުގެ ފުރުސަތު އޮންނާނެކަމަށް ރައީސް ވިދާޅުވި އެވެ.
އަންނަ އާދިއްތަ ދުވަހުންފެށިން ސަރުކާރުގެ އޮފީސްތައް އެއް ހަފްތާއަށް ބަންދުވާނެ: ރައީސް
ސްކޫލްތަކާއި ޔުނިވަރސިޓީތައްވެސް މިމުއްދަތަށް ބަންދުވާނެކަމަށް ރައީސް ވިދާޅުވި އެވެ. މިމަހުގެ 27 އިން ފެށިގެން ރާއްޖެއިން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި
46 އިދާރާއެއް ގުޅިގެން އަންނަނީ މަސައްކަތްކުރަމުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެފަރާތްތަކަށް ޝުކުރުއަދާކުރެއްވި އެވެ.
ޗައިނާގައި ބަލި ފެތުރެން ފެށުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަނީ ސިއްހީ ތަޖުރިބާގެ ލަފަޔާއެކު ކަމަށް ރައީސް ވިދާޅުވި އެވެ. މިކަމުގައި އެންމެ އިސްބަސްވެސް އަދި އެންމެ ފަހުބަސްވެސް ބުނާނީ ސިއްހީ ތަޖުރިބާކާރުންކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންވެސް އަމަލުކުރަންވީ ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތަށްކަމަށް ރައީސް ވިދާޅުވި އެވެ. ތިބޭފުޅުން ކުރަންވީކަމަކީ ބޭރަށް ނިކުމެވަޑައިގެން ގޭގައި ތިއްބެވުންކަމަށް ރައީސް ވިދާޅުވި އެވެ،
ކާބޯތަކެތީގެ ޚިދުމަތް ދީގެން 3 ކެފޭ/ރެސްޓޯރެންޓް ޖޫރުމަނާކޮށްފި
ކާބޯތަކެތީގެ ޚިދުމަތް ދީގެން 3 ކެފޭ/ރެސްޓޯރެންޓް ޖޫރުމަނާކޮށްފައިވާ ކަަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މަރޗް މަހުގެ 22 ވަނަ ދުވަހު 1 ކެފޭ އަދި މަރޗް މަހުގެ 24 ވަނަ ދުވަހު 2 ކެފޭ/ރެސްޓޯރެންޓް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ޝީޝާ ބޮއިގެން 20 މަރޗްގައި 2 ކެފޭއެއް ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.