Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

26 މާރިޗު 2020 | 16:44

ކޮވިޑް-19: ވައިރަސް ޖެހުނު މީހުންގެ އަދަދު 5 ލައްކައަށްވުރެ މައްޗަށް އަރައިފި

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ފައްސަތޭކަ ހާހަށްވުރެ މައްޗަށް އަރައިފިއެވެ.

26 މާރިޗު 2020 | 16:36

ފިލިޕީންސްގައި ތިބި 47 ދަރިވަރުން މިރޭ ރާއްޖެ އައުމަށް ފުރާނެ: މަބްރޫކް

ކޮވިޑް-19 ފިލިޕީންސްގައިވެސް ފެތުރެމުންދާއިރު، އެ ޤައުމުގައި ތިބި ދިވެހި ދަރިވަރުން ގެނަައުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ކުރަމުންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

26 މާރިޗު 2020 | 16:23

ކޮވިޑް-19: އިތުރު މީހެއް ބަލިން ފަސޭހަވެއްޖެ، ފަރުވާހޯދަމުންދަނީ 4 މީހަކު!

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން 9 މީހަކު ބަލިން ފަސޭހަވެއްޖެއެވެ.

26 މާރިޗު 2020 | 16:22

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުންދާ ގަން ރޭގަނޑަށް ބަންދުކުރަން ނިންމައިފި

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމުގެގޮތުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުންދާ ސ. ގަން ރޭގަނޑަށް ބަންދުކުރަން ނިންމައިފިއެވެ.

26 މާރިޗު 2020 | 16:21

ރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރުމަށް މޯލްޑިވިއަނުން ކާގޯ ފްލައިޓްތައް ބާއްވަނީ

ރާއްޖެއަށް މުދާ އެތެރެކުރުމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ހަތަރު ގައުމަކަށް ހާއްސަ ކާގޯ ފްލައިޓްތައް ބާއްވާ ގޮތަށް ނިންމައިފި އެވެ.

26 މާރިޗު 2020 | 16:21

މަބްރޫކްގެ ވާހަކަތައް އައްޑޫ ސިޓީ ކައުންސިލުން ދޮގުކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް އިރުއޮއްސި 6 ޖަހާއިރު ބަންދު ކުރީ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު ނޫން ކަމަށް ސަރުކާރުން ހާމަކޮށްފައިވާތީ އެކަން އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ދޮގުކޮށްފިއެވެ.

26 މާރިޗު 2020 | 16:20

ފަސް ދުވަސް ތެރޭގައި ވަޒީފާއާ ބެހޭ 104 ޝަކުވާއެއް ހުށައެޅިފައިވޭ: މަބްރޫކް

ކޮވިޑް-19 އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާގެ މާހައުލުގައި ދިމާވެދާނެ މައްސަލަތައް ހުށައެޅުމަށް ހުޅުވާލުމުން 5 ދުވަސް ތެރޭގައި 104 ޝަކުވާއެއް ހުށައެޅިފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

26 މާރިޗު 2020 | 16:20

ވެމްކޯގެ އިލްތިމާސް

ކުނި ނެގުމުގައިއާއި ކުނި ބަލާ ދިޔުމުގައި ކަންކުރާ ގޮތަކަށް އަދި ބަދަލެއް ގެނެސްފައެއް ނުވޭ. ވެމްކޯ އިން އިލްތިމާސްކުރީ ކޮތަޅު ގޮށް ޖެހުމަށްފަހު އިތުރު އެއްކޮތަޅަށް އެ ކުނި ކޮތަޅު ލުމަށް.

26 މާރިޗު 2020 | 16:20

ސްޓޫޑަންޓް ލޯނު: ހަ މަސް ދުވަހަށް ފަސްކުރި ނަމަވެސް މަހުންމަހަށް ދައްކަމުންދާ އަދަދަށް ބަދަލެއް ނާންނާނެ!

ކޮވިޑް19 އާއިގުޅިގެން ސްޓޫޑަންޓް ލޯނު ރީޕޭމަންޓް 6 މަސް ދުވަހަށް ފަސްކުރި ނަމަވެސް މަހުންމަހަށް ދައްކަމުންދާ އަދަދަށް ބަދަލެއް ނާންނާނެ ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެފިއެވެ.

26 މާރިޗު 2020 | 16:19

ދިއްގަރު ފިނޮޅުގައި ޖައްސާފައި އޮތް ހެލިކަޕްޓަރު ރާއްޖެއައި ފްރެންޗް ނޭވީގައި

ދިއްގަރު ފިނޮޅުގައި ޖައްސާފައި އޮތް ހެލިކަޕްޓަރު ރާއްޖެއައި ފްރެންޗް ނޭވީގައި ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުއްޖެއެވެ.

26 މާރިޗު 2020 | 16:18

ރާއްޖެ އައި ޔޮޓެއް ދެ ހަފްތާއަށް ކަރަންޓީންކޮށްފި

ރާއްޖެ އައި ޔޮޓެއް ދެ ހަފްތާއަށް ކަރަންޓީން ކުރަން ސަރުކާރުން ނިންމައިފިއެވެ.

26 މާރިޗު 2020 | 16:17

ކޮވިޑް-19 އަށް ގޭގައި ޓެސްޓް ކޮށްލެވޭ ޑިވައިސް އެއް އިނގިރޭސިވިލާތުގައި އުފައްދައިފި

އަމިއްލައަށް ގޭގައި ކޮރޯނާވައިރަސް އަށް ޓެސްޓް ކޮށްލެވޭނެ ޑިވައިސްއެއް އިނގިރޭސިވިލާތުގައި އުފައްދައިފިއެވެ.

26 މާރިޗު 2020 | 16:17

މާލެ ސަރަހައްދުގައި ޤާއިމުކުރާ އައިސޮލޭޝަން ފެސިލިޓީތަކުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ކޯވިޑް-19 އާ ގުޅިގެން ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއާ އަދި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ޤާއިމުކުރާ އައިސޮލޭޝަން ފެސިލިޓީޒްގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެ ދެ ތަނަށް ޒިޔާރަތްކުރައްވައިފިއެވެ.

26 މާރިޗު 2020 | 16:16

ފްލޫ ކްލިނިކް ތަކަށް މިހާތަނަށް 3797 މީހުން ޑޮކްޓަރަށް ދައްކާފައިވޭ

ފާއިތުވި 24 ގަޑިއިރު ތެރޭގައި 366 ފަރާތެއް ޑޮކްޓަރަށް ދައްކާފައިވޭ

މިހާތަނަށް މިކްލިނިކް ތަކަށް 3797 ފަރާތެއް ޑޮކްޓަރަށް ދައްކާފައިވޭ

26 މާރިޗު 2020 | 16:13

ކޮވިޑް-19: ރާއްޖޭގެ ހާލަތު

ކޭސްތަކުގެ އަދަދު: 13

ރަނގަޅުވި މީހުންގެ އަދަދު: 9

804 ސާމްޕަލް އެއް މިހާތަނަށް ނެގިފައިވޭ

786 ސާމްޕަލް ގެ ނަތީޖާ ނެގެޓިވް

ބާކީ ސާމްޕަލްގެ ނަތީޖާ ޕެންޑިންގް

21 މީހަކު އައިސޮލޭޝަންގައި

737 މީހުން ކަރަންޓީނުގައި

26 މާރިޗު 2020 | 14:25

ގްރޭންޑް ޕަރކް ކޮއްދިއްޕަރުން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތްތައް ހުރި މީހަކު ޓެސްޓުކުރަނީ

26 މާރިޗު 2020 | 09:59

ކޮވިޑް-19: މޮނިޓަރިންގެ ހާލަގުގައި މިވަގުތު އޮތީ ދެ ރިސޯޓެއް

ކޮވިޑް-19 ގެ އަލާމާތް ހުރި ބިދެސީއެއްގެ ސާމްޕަލް ނެގުމަށްޓަކައި ސިނަމަން ހަކުރާ ހުރާ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށާއި ކޮވިޑް-19 ގެ އަލާމާތް ހުރި ދިވެއްސެއްގެ ސާމްޕަލް ނެގުމަށްޓަކައި ޖޭއޭ މަނަފަރު ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މާހާ އަދި އައިލެންޑް ސަފާރީ އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

26 މާރިޗު 2020 | 09:53

ކޮވިޑް-19: ޕޯޓްތަކުން ސްކްރީން ކުރެވިފައިވާ މީހުން

ރާއްޖޭގެ ޕޯޓްތަކުން ސްކްރީން ކުރެވިފައިވާ މީހުން ގެ ޖުމްލަ އަދަދަކީ 242103 މީހުންނެވެ. އޭގެތެރެއިން ވަނުމުގެ ހުއްދަ ނުލިބި ފޮނުވާލާފައިވަނީ 112 މީހުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިއްޔެ އައަރޕޯޓަށް އައިސްފައިވަނީ ދިވެހި 33 މީހަކާއި ޓުއަރިސްޓުންގެ 45 މީހެއް ހިމެނޭގޮތަށް ޖުމްލަ 78 މީހުނެވެ.

މިއަދު ދިވެހިންގެ 9 މީހަކާއި ފަތުރުވެރިންގެ 39 މީހަކު ޖުމްލަ 48 މީހުން ރާއްޖެ ވަނީ އައިސްފައެވެ.

26 މާރިޗު 2020 | 09:46

ކޮވިޑް-19: ފްލޫ ކްލިނިކް ތަކަށް ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު

މިހާތަނަށް ރާއްޖޭގައި ހެދިފައި ހުރި ފްލޫ ކްލިނިކް ތަކަށް ޑޮކްޓަރަށް ދައްކާފައިވަނީ ޖުމްލަ

645 މީހުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

26 މާރިޗު 2020 | 08:55

ސަރުކާރު ބަންދު ކުރެވިފައިވާ މުއްދަތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމުން ޙިދުމަތާ ދޭނެ ގަޑިތައް އާންމުކޮށްފި

އެޕްރީލް ދެވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކޮށްފައިވާތީ، އިކޮނޮމިކް މިނިސްޓްރީގެ އެކްސްޕެޓް އޮންލައިން ސިސްޓަމުން ޚިދުމަތް ދޭނެ ވަކި ގަޑިތަކެއް ހަމަޖައްސާ އެކަން އިޢުލާންކޮށްފިއެވެ.

26 މާރިޗު 2020 | 07:38

ކޮވިޑް-19: ޖަރުމަން ޗާންސެލަރގެ ދެވަނަ ޓެސްޓުވެސް ނެގެޓިވް

ޖަރުމަންވިލާތުގެ ޗާންސެލަރ އެންގެލަރ މާރކެލް ދެވަނަ ފަހަރަށް ކޮވިޑް-19 އަށް ކުރެއްވި ޓެސްޓް ނެގެޓިވްކަމަށް އެކަމަނާގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

26 މާރިޗު 2020 | 07:14

ހޮލެންޑް އެމެރިކާގެ ކުރޫސް ލައިނާ "ޒާންޑެމް" އިން ކޮވިޑް-19 ގެ އަލާމާތްތައް ހުރި 77 މީހަކު ފެނިއްޖެ

ހޮލެންޑް އެމެރިކާގެ ކުރޫސް ލައިނާ "ޒާންޑެމް" އިން ކޮވިޑް-19 ގެ އަލާމާތްތައް ހުރި 77 މީހަކު ފެނިއްޖެއެވެ.

26 މާރިޗު 2020 | 07:14

ހޮލެންޑް އެމެރިކާގެ ކުރޫސް ލައިނާ "ޒާންޑެމް" އިން ކޮވިޑް-19 ގެ އަލާމާތްތައް ހުރި 77 މީހަކު ފެނިއްޖެ

ހޮލެންޑް އެމެރިކާގެ ކުރޫސް ލައިނާ "ޒާންޑެމް" އިން ކޮވިޑް-19 ގެ އަލާމާތްތައް ހުރި 77 މީހަކު ފެނިއްޖެއެވެ.

26 މާރިޗު 2020 | 07:05

ކޮވިޑް-19: ފެޑެރާގެ މާލީ އެހީތެރިކަން ހާލުގައި ޖެހިފައިވާ އާއިލާތަކަށް

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ސްވިޒަލެންޑުގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީވުމަށް ޓެނިހުގެ ތާރީހުގައި މަޝްހޫރު ތަރި ރޮޖާ ފެޑެރާ އާއި އޭނާގެ އަންހެނުން މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ސްވިޒަލެންޑަށް އުފަން ފެޑެރާ ވަނީ އެގައުމުގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީވުމަށް އެއް މިލިއަން ސްވިސް ފްރޭންކް ހަދިޔާކޮށްފައެވެ.

26 މާރިޗު 2020 | 06:58

ރަޝިޔާގައި ވައިގެ އުދުހުންތައް ހުއްޓާލަން އެޤައުމުގެ ރައީސް އަންގަވައިފި

މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ރަޝިޔާގެ ވައިގެ އުުދުހުންތައް ހުއްޓާލަން އެޤައުމުގައި ރައީސް ވްލެޑްމިއަރ ޕުޓިން އެޤައުމުގެ ސިވިލް އޭވިއޭޝަން އޮތީރިޓީއަށް އަންގަވައިފިއެވެ.

26 މާރިޗު 2020 | 06:50

އެމްއެމްއޭ އަދި ބޭންކުތައް ހުޅުވާނީ 30 މާރޗް އަދި 2 އެޕްރީލްގައި

އަންނަ ހަފުތާ ސަރުކާރު ބަންދުކުރުމާއި ގުޅިގެން އެމްއެމްއޭގެ ޚިދުމަތް ދެ ދުވަހަކު ދިނުމަށް ނިންމައިފިއެވެ.

26 މާރިޗު 2020 | 06:49

ވިލިމާލެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި

ވިލިމާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

26 މާރިޗު 2020 | 06:49

ވިލިމާލެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި

ވިލިމާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

26 މާރިޗު 2020 | 06:36

ކޮވިޑް-19: މުސާރަ ކުޑަކުރަން ބަޔާން އާއި ޑޯޓްމުންޑުގެ ކުޅުންތެރިން ނިންމައިފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން ސަލާމަތްވުމަށް، ޖަރުމަނުގެ ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމުންޑުގެ ކުޅުންތެރިން މުސާރަ ކުޑަކުރަން އެއްބަސްވެއްޖެ އެވެ.

މީގެ ކުރިން ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބެކް އާއި ޔޫނިއަން ބާލިންގެ ކުޅުންތެރިން ވަނީ މުސާރަ އެއްވެސް ގޮތަކަށް ނުނެގުމަށް ނިންމާފައެވެ.

އަދި ދާދި ފަހުން ޖަރުމަނުގެ އެންމެ ބޮޑު އެއް ކްލަބު ކަމަށްވާ ބަޔާން މިޔުނިކުން ވަނީ އެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރައިން 20 އިންސައްތަ އުނިކުރަން ނިންމާފައެވެ. އަދި ޑޯޓްމުންޑުގެ ކުޅުންތެރިން ވަނީ އެ ކުޅުންތެރިންގެ މުސާރަ ދެބައިކުޅަ އެއްބަޔަށް ކުޑަކުރަން ނިންމާފައެވެ.

26 މާރިޗު 2020 | 05:21

ގޭގައި މަޑުކޮށްލައިގެން ތިބޭއިރު ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް، ތިމާގެއުޅުން ތާވަލު ކޮށްލަމާ!

ގޭގައި މަޑުކޮށްލައިގެން ތިބެން އަޅުގަނޑުމެންނަށް މިވަނީ ޖެހިފައެވެ. އެއީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ( އެޗް.ޕީ.އޭ) އަދި ޒިންމާދާރު ފަރާތްތަކުންވެސް ލަފާދެއްވަމުންދާގޮތެވެ. މިއީ އަޅުގަނޑުމެން އެންމެންގެ ފަރުދީ ޒިންމާއެކެވެ.

26 މާރިޗު 2020 | 05:19

ބީއެމްއެލްގެ ލޯނުތައް ދެއްކުން ފަސްކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ޕަރސަނަލް، ހައުސިންގ އަދި ބިޒްނަސް ލޯނުތަކަށް ފައިސާ ދެއްކުން 6 މަސްދުވަހަށް ފަސްކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

26 މާރިޗު 2020 | 05:19

ބީއެމްއެލް އިސްލާމިކްގެ ފައިނޭންސްތައް ވެސް އަނބުރާ ދެއްކުން ފަސްކޮށްފި

ބީއެމްއެލް އިސްލާމިކްގެ ފައިނޭންސްތައް ވެސް އަނބުރާ ދެއްކުން ފަސްކޮށްފިއެވެ.

26 މާރިޗު 2020 | 05:18

އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ރަޖިސްޓްރޭޝަން އާ ކުރުން މަޑުޖައްސާލައިފި

ކޮވިޑް 19 އާއި ގުޅިގެން އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ރަޖިސްޓްރޭޝަން އައު ކުރުން ވަގުތީގޮތުން މަޑުޖައްސާލައިފިއެވެ.

26 މާރިޗު 2020 | 05:17

ކޮވިޑް-19 ރިލީފް ފަންޑަށް ކައިލީ ޖެނަރ 1 މިލިއަން ޑޮލަރު ހަދިޔާކޮށްފި

ކީޕިން އަޕް ވިތް ދަ ކާޑޭޝަންސް ގެ ތަރި ކައިލީ ޖެނާރ ކޮވިޑް-19 ރިލީފް ފަންޑަށް 1 މިލިއަން ޑިލަރު ހަދިޔާ ކޮށްފިއެވެ.

26 މާރިޗު 2020 | 05:17

ސްވިމިންގް އެސޯސިއޭޝަންގެ އިންތިހާބު ފަސްކޮށްފި

މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ ސްވިމިންގ އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން އަންނަ މަހަށް ފަސްކޮށްފިއެވެ.

26 މާރިޗު 2020 | 05:15

އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ބަންދު ކުރުމަށް އަންގައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް އިރުއޮއްސި 6 ޖަހާއިރު ބަންދު ކުރުމަށް އައްޑޫ ސިޓީ ކައުންސިލް އިދާރާއިން އަންގައިފިއެވެ.

26 މާރިޗު 2020 | 05:14

އައްޑޫ ސިޓީގައި އާންމުކޮށް އެއްވެ އުޅޭ ތަންތަނަށް އެއްވެ އުޅުން މަނާކޮށްފި

އައްޑޫ ސިޓީގައި އާންމުކޮށް އެއްވެ އުޅޭ ތަންތަނަށް އެއްވެ އުޅުން މަނާކޮށްފިއެވެ.

26 މާރިޗު 2020 | 05:14

އައްޑޫގެ އަވަށްތައް ޑިސްއިންފެކްޓް ކުރަނީ

އައްޑޫގެ އަވަށްތައް ޑިސްއިންފެކްޓް ކުރުމުގެ އަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހު ފަށާނެ ކަމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ.

25 މާރިޗު 2020 | 20:54

އެމެރިކާގައި 60،000 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

އެމެރިކާއިން 60,000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެެވެ. އަދި 827 މީހުން މަރުވެފައިވާ ކަމަށެވެ.

މިހާތަނަށް ހަމައެކަނި އެމެރިކާއިން 60,000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، މުޅި ދުނިޔެއިން ފަސްލައްކައާ ގާތްކުރާ އަދަދަށް މިވައިރަސްއަށް މީހުން ޕޮޒިޓިވްވެފައިވެއެވެ.

25 މާރިޗު 2020 | 20:45

ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓު
ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓު

ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓުގެ ބިދޭސީއެއްގެ ގައިން ކޮވިޑް-19ގެ އަލާމަތްތައް ފެނިގެން އެރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭއިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ އެމީހާ މިހާރު ވަނީ ރިސޯޓުގައި އެކަހެރި ކުރެވިފައިވާ ކަމަށެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން ގިނަ ފިޔަވަޅުތައް އަޅަމުންދާއިރު، ޝައްކުވާ އަލާމާތެއް ފެންނަ ނަމަ ވަގުތުން ފިޔަވަޅުއަޅާނެއެވެ. އެގޮތުން މިހާތަނަށް ގިނަ ބަޔަކު މިވައިރަސްއަށް ޓެސްޓްކޮށްފައިވެއެވެ.

67 / 81