Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ

"އަދީބު ދެއްވި ދަބަހުގައި ހުރީ ދިޔާ އެއްޗެއް، ފައިސާއެއް ނޫން"

އަދީބާ ދެމެދު ދެކެވިފައިވާކަމަށް ބުނާ ވާހަކަތަކެއްގެ ޗެޓްލޮގް ތަކެއްވެސް ވަނީ ލީކުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 މެއި 2021 | ހުކުރު 17:11
މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް- އާޒިމް ވިދާޅުވީ، އޭނާގެ މައްސަލައެއްގައި ދައުވާކުރާ ހިސާބުން އިސްތިއުފާ ދެއްވާނެ ކަމަށް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް- އާޒިމް ވިދާޅުވީ، އޭނާގެ މައްސަލައެއްގައި ދައުވާކުރާ ހިސާބުން އިސްތިއުފާ ދެއްވާނެ ކަމަށް

އެމްއެމްޕީއާރްސީ ޚިޔާނާތުގެ ލިސްޓުގައި ނަން ހިމެނިފައިވާ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއަށް އެއްވެސް އިރެއްގައި ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައިވާ ނުވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޚިޔާނާތުގެ ލިސްޓުގައި އާޒިމްގެ ނަން ހިމެނިފައިވާއިރު، އާޒިމްއާއި ކުރީގެ ނާއިބްރައީސް އަހުމަދު އަދީބާ ދެމެދު ދެކެވިފައިވާކަމަށް ބުނާ ވާހަކަތަކެއްގެ ޗެޓްލޮގް ތަކެއްވެސް ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ. އެގޮތުން ކަނބާލިފަރުގެ ކޮންސްޓްރަކްޝަން ލެޓަރ ހޯދުމަށް އަދީބު ގާތުން އެދިފައިވާ މެސެޖުތަކަކާއި، އޭސީސީއަށް މެމްބަރުން އައްޔަން ކުރުމާމެދު ކުރެވިފައިވާ މަޝްވަރާތަކުގެ އިތުރުންވެސް އޭރުގެ ސިޔާސީ މަސްރަޙުގައި ހިނގާފައިވާ މުހިއްމު ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވިފައިވާ ޗެޓްލޮގްތަކެއް ދަނީ ދައުރުވަމުންނެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، އަދީބުއާއެކު ބައްދަލުވުންތަކެއް ރާވާފައިވާ މެސެޖުތަކާ ގުޅޭގޮތުން "އަދަދު"އަށް ދެއްވި އިންޓަރވިއުއެއްގައި އާޒިމް ވިދާޅުވީ، އެ ދުވަހު ދަބަހެއް ގެނައުމަށް އަދީބު އޭނާގެ ގާތުގައި ބުނީ އަބްދުﷲ ޖަލީލް (ކޭންސޭޓް)އަށް ދޭން ވެގެން "ދިޔާ އެއްޗެއް" ގެންދިއުމަށް ކަމަށެވެ. ނަމަވެސް އެއީ ކޮން އެއްޗެއްކަން އިންޓަރވިއުގައި ވިދާޅުވެފައެއް ނުވެއެވެ. އާޒިމް ވަނީ ސިޔާސީ ކަންކަން "ސުމޫތުކޮށް" ގެންދަން އިދިކޮޅު މީހުންނާ ވާހަކަ ދައްކަން ޖެހޭކަން ފާހަގަ ކުރައްވައި، އެ މަޤްސަދުގައި އަދީބާވެސް ވާހަކަތައް ދެކެވިފައި ހުންނާނެކަމަށް ވިދާޅުވެފައެވެ.

އާޒިމް ވަނީ ކަނބާލިފަރުގެ ކޮންސްޓްރަކްޝަން ލެޓަރ ހޯދުމަށް އަދީބު ގާތުން އެދިފައިވާ މެސެޖުތަކާ ގުޅޭގޮތުންވެސް މި އިންޓަރވިއުގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން އާޒިމް ވިދާޅުވީ، އަދީބު ގާތުން އެ ރިސޯޓުގެ ކަމަކު އެދެން ޖެހުނީ ސަރުކާރުގެ ތެރެއިން ލިބެން ޖެހޭ އެހީތެރިކަން ނުލިބިގެން ކަމަށެވެ. ނަމަވެސް ޗެޓްލޮގްތަކާ ގުޅޭގޮތުން މީގެ ކުރިން ރާއްޖެއެމްވީން ސުވާލުކޮށްލުމުން އާޒިމް ވަނީ އެއީ ހައްތާވެސް ފިތުނަކަމަށް ސިފަ ކުރައްވާފައެވެ.

އާޒިމް އިތުރަށް ވިދާޅުވީ، އޭނާގެ މައްސަލައެއް ތަހުގީގުކޮށް ނިމިގެން ކޯޓާ ހިސާބަށް ދާ ހިސާބުން މެމްބަރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

ކުރިން ތަހުގީގީ އިދާރާތަކުން އާންމުކޮށްފައިވާ ލިސްޓުގައި ނުހިމެނޭ 14 މީހުންގެ ނަމާއެކު، އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ މެންބަރުންގެ އައު ލިސްޓެއް އާންމުކޮށްފައިވާއިރު، އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދަށް އެޑްރެސް ކުރައްވައި އާޒިމް މީގެ ކުރިން ވަނީ ލިސްޓުގައި އޭނާގެ ނަން ހިމަނާފައިވަނީ ސިޔާސީ ގޮތުން ދައްކާ ވާހަކަތައް ބަލައި ނުގަނެވޭތީ ނަން ކިލަނބުކޮށްލުމުގެ ބޭނުމުގައި ކަމަށް ތުހުމަތު ކުރައްވައި، ނަން އަނބުރާ ނެންގެވުމަށް އެދިވަޑައިގެންފައެވެ.

އެމްއެމްޕީއާރްސީއެންޓި ކޮރަޕްޝަން ކޮމިޝަން

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
17 ނޮވެމްބަރު 2025

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025
ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!
12 ނޮވެމްބަރު 2025

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް
10 ނޮވެމްބަރު 2025

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް
09 ނޮވެމްބަރު 2025

މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ

09 ނޮވެމްބަރު 2025
މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު