Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮރަޕްޝަން

މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ

މާލިއްޔަތު ގަވާއިދަށް ހުށަހެޅި އިސްލާހުގައި ވަޒީރު ބޭނުންފުޅު ފަރާތަކަށް އިވެލުއޭޝަނެއް ނެތި ޕްރޮޖެކްޓް ދެވިދާނެ ކަމަށް ބުނެފައިވުމަކީ މާލިއްޔަތު ޤާނޫނާއި ޚިލާފު ކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2025 | އާދީއްތަ 13:53
206 ޕްރޮޖެކްޓް ބިޑަކާއި ނުލާ ހަވާލުކުރި ރަސްމިއްޔާތުގައި އެންމެ ގިނަ ފައިސާ ލިބުނު ކުންފުންޏަކާއި ގުޅުން އޮންނަ މަޖިލީހުގެ ރައީސް އަބްދުއްރަހީމު އާއި ރައީސް މުއިއްޒު ސަލާމް ކުރައްވަނީ

206 ޕްރޮޖެކްޓް ބިޑަކާއި ނުލާ ހަވާލުކުރި ރަސްމިއްޔާތުގައި އެންމެ ގިނަ ފައިސާ ލިބުނު ކުންފުންޏަކާއި ގުޅުން އޮންނަ މަޖިލީހުގެ ރައީސް އަބްދުއްރަހީމު އާއި ރައީސް މުއިއްޒު ސަލާމް ކުރައްވަނީ

މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ، އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގޮތަށް ހޯމަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން އެ ޕާޓީ އިން ނިންމައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގޮތަށް "ދައުލަތުގެ މުއައްސަސާތަކުން މި ޖަރީމާ ތަހުގީގުކޮށް، އަވަހަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވައިލުމާއިއެކު އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުން" މި ނުކުތާގެ ދަށުން ހޯމަ ދުވަހުގެ 11 ޖަހާ އިރު އޭސީސީ އަށް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ލީގަލް ޓީމުން މިހާރު މަސައްކަތް ކުރަމުން ދަނީ ހޯމަ ދުވަހު މި މައްސަލަ ހުށަހެޅުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތެވެ.

ގައުމީ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި އެ ދާއިރާގެ ރައީސް އަހުމަދު ސަލީމު އެވެ.

ސަލީމް ވިދާޅުވީ ބިޑަކާއި ނުލާ ވާދަވެރި ފަރާތްތަކަށް ފުރުސަތު ނުލިބޭ ގޮތަށް ސަރުކާރުގެ މަޝްރޫޢުތައް ބަހާލުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ކެބިނެޓުން ބޭނުންވާ ބަޔަކަށް ބޭނުން އަގެއްގައި މަޝްރޫޢުތައް ބަހާލީ މާލިއްޔަތު ޤަވައިދަށް އިސްލާހު ގެނައުމަށް ފަހުގައިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ބަދަލު ގެނެސްފައި ވަނީ މާލިއްޔަތު ޤާނޫނާއި ޚިލާފަށް ކަމަށް ސަލީމް ވަނީ ފާހަގަކުރައްވާފައެވެ.

މާލިއްޔަތު ޤަވައިދަށް މި ފަހުން ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ވަޒީރު ބޭނުން މީހަކަށް ބޭނުން ޕްރޮޖެކްޓެއް ދެވިދާނެ ކަމަށެވެ. އަދި އެވޯޑު ކުރުމުގައި އެއްވެސް އިވެލުއޭޝަނެއް، ގާބިލް ކަމަކަށް ބަލަން ނުޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. ހަމައެހެންމެ ⁠ވަޒީރު ބޭނުންފުޅު ޕޮރޮޖެކުޓަކަށް އެޑުވާންސް ޕޭމަންޓް ގެރެންޓީ، ޕާފޯމެންސް ގެރެންޓީ ނެތި 15% އާއި ހަމައަށް ފައިސާ ދެވިދާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ސަރުކާރުން ހަވާލު ކުރި މަޝްރޫޢުތައް އިއުލާންކޮށްފައި ނުވުމާއި ސަރުކާރާއި ގުޅުން ހުރި ފަރާތްތަކަށް ނިސްބަތްވާ ކުންފުނިތަކަށް ނޫން ބަޔަކަށް ބީލަމުގައި ބައިވެރި ނުވެވުމާއި ކޮންޓްރެކްޓަރުންގެ ދަފްތަރުގައި ނެތް ކުންފުނިތަކަށް މަޝްރޫޢުތައް ހަވާލުކޮށްފައި ވާތީ އެކަމުގެ ކަންބޮޑުވުން އެ ގަރާރުގައި ވަނީ ފާޅުކޮށްފަ އެވެ. އުވާލުމުގެ މަރުހަލާގައި ވާ ކުންފުނިތަކަށް މަސައްކަތް ހަވާލުކޮށްފައިވާ އިރު އެ ކުންފުނިތަކުގެ ފަންނީ، މާލީ އަދި މަސައްކަތުގެ ތަޖުރިބާ އަށް ބަލާފައި ނުވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

ހަމައެހެންމެ އެއް ބާވަތެއްގެ ޕްރޮޖެކްޓްތައް އެކި އަގުގައި ދީފައިވާ ކަން ވެސް ސަލީމް ހުށަހެޅުއްވި ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމަށް ވާއިރު މާލިއްޔަތު ޤަވައިދާއި ޚިލާފަށް ޤަވައިދެއް ހަދައިގެން ވަކި ބަޔަކަށް ބޮޑެތި އަގުގައި މަޝްރޫޢުތައް ދިނުމަކީ ޤާނޫނުއަސާސީ އާއި ޚިލާފު ކަމެއް ކަމަށް ސަލީމް ވިދާޅުވިއެވެ. އެ ޕްރޮޖެކްޓްތައް ދިނުމަށް އެކުލަވާލި އެއްބަސްވުންތައް ވެސް ސައްހަ ނުވާނެކަން ސަލީމް ވަނީ ފާހަގަކުރައްވާފަ އެވެ.

އޭސީސީ ހިމެނޭހެން ކަމާ ބެހޭ މުވައްސަސާތަކަށް މައްސަލަ ހުށަހެޅުމުގެ އިތުރުން ޕްރޮޖެކްޓްތައް ދީފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ވާތީ އެ އެއްބަސްވުންތައް ބާތިލް ކުރުމަށް ސަރުކާރާއި އެކަމުގައި ބައިވެރިވާ ކުންފުނިތަކަށް ގޮވާލުމުގެ އިތުރުން މާލިއްޔަތު ގަވާއިދަށް ހުށަހެޅު ބަދަލު ބާތިލު ކުރުމަށް ކޯޓަށް ހުށަހެޅުމާއި، މަޝްރޫޢުތަކަށް ފައިސާ ދޫކުރުން ހުއްޓުވުމަށް ކޯޓުގައި އަމުރަކަށް އެދުމާއި، ދެން އޮންނަ އެމްޑީޕީ ސަރުކާރެއްގައި މި މައްސަލަތައް ބަލާ ފިޔަވަޅު އެޅުން އަދި މި މައްސަލަތައް ބެލުމަށް އިންކާރު ކުރާ މީހުން ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި މަޤާމުތަކުން ވަކިކޮށް، ރަސްމީ ވާޖިބް އަދާ ނުކުރި މައްސަލަ އާއި ކޮރަޕްޝަން އަށް މަގުފަހިވާ ގޮތަށް އަމަލު ކުރި މައްސަލަ ބަލާ ފިޔަވަޅު އެޅުން ފާސްކުރި ގަރާރު ގައި ހިމެނެ އެވެ.

ބޭނުންގޮތަކަށް ސަރުކާރުން ބަހާލި މި މަޝްރޫއުތައް ހިންގަނީ ސަރުކާރުން ދޭ ޔަޤީންކަމާއި އެކު ބީއެމްއެލްއިން ކުންފުނިތަކަށް ލޯނު ދީގެންނެވެ. އެ ލޯނުތައް ދޫކުރަނީ 9 ޕަސެންޓު އިންޓަރެސްޓު ރޭޓުގަ އެވެ. އެހެންކަމުން ބީއެމްއެލްގެ ވެރިންނަށް ފިޔަވަޅު އެޅުމަށް ވެސް ސަލީމްގެ ގަރާރުގައި ވަނީ ގޮވާލާފަ އެވެ.

އެ ގަރާރު ފާސްކޮށްފައި ވަނީ ގައުމީ މަޖިލީހުގެ ހޮނިހިރު ދުވަހުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީއެންޓި ކޮރަޕްޝަން ކޮމިޝަންބިޑަކާއި ނުލާ ހަވާލުކުރި 206 ޕްރޮޖެކްޓް ކޮރަޕްޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު