Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެފްޑީސީއަށް ކޮރަޕްޝަންގެ ތުހުމަތު

ފްލެޓާ ގުޅޭގޮތުން އެފްޑީސީން ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީއަށް

10 ސެޕްޓެމްބަރު 2025 | ބުދަ 08:41

ފުލެޓު ލިބޭ ކަމަށް ބުނާ ރައްޔިތުންއަތުން އެޑުވާންސްކޮށް ފައިސާނަގާ ކުލީގެ އެއްބަސްވުމެއް ހަދަނީ ގާނޫނާ ހިލާފަށް

އަމްނާ އިމާދު
އަމްނާ އިމާދު | 10 ސެޕްޓެމްބަރު 2025 | ބުދަ 08:41
އެފްޑީސީއަށް ކޮރަޕްޝަންގެ ތުހުމަތު އެސީސީއަށް ހުށަހެޅުމަށްފަހު އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ

އެފްޑީސީއަށް ކޮރަޕްޝަންގެ ތުހުމަތު އެސީސީއަށް ހުށަހެޅުމަށްފަހު އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ

ގެދޮރުވެރިޔާ ފްލެޓާ ގުޅޭގޮތުން ފަހި ދިރިއުޅުން ކޯޕްރޭޝަން (އެފްޑީސީ)އިން ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

ބުދަ ދުވަހު މިމައްސަލަ އޭސީސީއަށް ހުށަހެޅުއްވީ ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މާޒް ސަލީމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝުރޫއުގެ ދަށުން ދޫކުރެވުނު 4000 ފުލެޓު، އެފުލެޓުތައް ލިބުނު ފަރާތްތަކާއިއެކު، އެސަރުކާރުން އެއްބަސްވުންހެދި ސޮއިކުރެވިފައިވާ ކަމަށެވެ.

މި ސަރުކާރުގައި، އެފުލެޓުތަކުގެ ހައްގުވެރިން އަތުން އެފުލެޓުތައް އަތުލުމުގެ ހީލަތުގެ ތެރެއިން އެތައްއެތައް ތަކުލީފެއް އެ ރައްޔިތުންނަށް މެދުވެރި ކުރުވުމަށްފަހު، އެފުލެޓުތައް އަތުނުލެވުމުން، ކުރިން މީހުންނާއި، ސަރުކާރާއި ވެފައިވާ އެއްބަސްވުމާއި ޚިލާފަށް 4000 ފުލެޓު ލިބޭކަމަށް ބުނާ ރައްޔިތުންއަތުން އެޑުވާންސްކޮށް ފައިސާނަގާ ކުލީގެ އެއްބަސްވުމެއް ހަދަމުން ގެންދާ ކަމަށެވެ. މިއީ ކަނޑައެޅިގެން ކޮންޓުރެކްޓް އާއި ވިޔަފާރިއާއި ބެހޭ ގާނޫނުތަކާއި އަދި އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ އުސޫލުތަކާއި ކަނޑއެޅިގެން ޚިލާފުކަމެއް ކަަމަށް މާޒް ސަލީމް ވިދާޅުވިއެވެ.

މާޒް ސަަލީމް ވިދާޅުވީ ކުލީގެ އެއްބަސްވުމުގައި އެފުލެޓުތައް ލިބުނު ފަރާތްތަކާއި އެފްޑީސީއާއެކު ސޮއި ކުރުމުގެ ކަންކަން ހިންގުމަށް އެކޯޕަރޭޝަނުން ހަމަޖައްސާފައިވާ ތަނުގައި، ފަސޭހަ އިންސައިޑު ސުޓޫޑިއޯ ގެ ނަމުގައި ސުޓޯލްއެއް ހަދާ އެޕާޓުމަންޓުތަކަށް ބޭނުންވާ އެންމެހާ ފަރުނީޗަރު ލިބޭނެކަމުގެ އިޝްތިހާރުތައް ބަހައްޓާދީފައިވާ ކަމަށާއި، އެޕާޓުމަންޓު ތަކުގައި ހަރުކުރަން ބޭނުންވާނެ އެއަރކޯނު ވަކިކުންފުންޏަކުން ގަތުމަށް މަޖުބޫރުކުރުވަން ސުޓޯލެއް އެމާހައުލުގައި ގާއިމްކޮށްފައިވާ ކަމަށެވެ.

ކުންފުނިތަކުން އެތަކެތި ގަތުމަށް އެފްޑީސީގެ ބައެއް މުވައްޒަފުން ބާރުއަޅާކަމުގެ މައުލޫމާތު ލިބޭކަން ފާހަގަކުރައްވައި މާޒް ސަލީމް ވިދާޅުވީ މި ކުންފުނިން ބަދިގެ ކަބަޑު ސެޓެއް ވިއްކާ އަގަކީ 500000 (ފަންސާސް ހާސް) ދިވެހި ރުފިޔާ ކަމަށާއި، 4000 ހާސް ފުލެޓަށް 4000 ހާސް ބަދިގެ ސެޓު އެއީ ދިވެހި ރުފިޔާއިން 200،000،000 (ދުވިސައްތަ މިލިއަން) ރުފިޔާ ކަމަށެވެ. އެއަރކޯން ސިސްޓަމުގެ އަގަކީ 30000 ރުފިޔާ ކަމަށާއި، 4000 ހާސް ފުލެޓަށް 30000 ހާސް ރުފިޔާގެ މަގުން ބެލި ކަމުގައި ވީނަމަވެސް މިއީ ދިވެހި ރުފިޔާއިން 120.000،000 (ސަތޭކަ ވިހި މިލިއަން) ރުފިޔާ ކަމަށެވެ. މީގެ އިތުރުން އެޕާރޓުމެންޓު ތަކަށް ބޭނުންވާނެ އެނދާއި ސޯފާ ސެޓާއި އަދި ޑައިނިން ރޫމް ސެޓުގެ އަގުތަކަކީވެސް 2 ކޮޓަރީގެ އެޕާޓުމެންޓަކަށް 51،805.00 ރުފިޔާ އަދި 3 ކޮޓަރީގެ އެޕާޓުމެންޓަކަށް 55046.00 ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އަންދާސާ ކުރެވޭގޮތުގައި މި ވިޔަފާރިޔަކީ ގާތްގަނޑަކަށް ބައިބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާގެ ވިޔަފާރިއެއް ކަމަށެވެ.

ފަސޭހަ އިންސައިޑު ސުޓޫޑިއޯގެ ނަމުގައި ހަދާފައިވާ އިޝްތިހާރުތަކުގެ އަރިމަތީގާއި ފަސޭހަ ހާޑުވެއަރ އެއްގެ ނަންވެސް ޖަހާފާއޮވޭ. ފަސޭހަ ހާޑުވެއަރ އަކީ ޝަފާފު އަހުމަދު ޒާހިރު ނަމަކަށްކިޔާ މީހެއްގެ ނަމުގައި ރެޖިސްޓުރީ ކުރެވިފައިވާ ވިޔަފާރިއެއް. ނަމަވެސް މިނިސްޓުރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓު އެންޑް ޓުރޭޑުގެ ބިޒިނަސް ޕޯޓަލްއިން އެނގޭގޮތުގައި ފަސޭހަ އިންސައިޑު ސުޓޫޑިއޯ ކިޔާ ކުންފުންޏެއް އަދި އެފަދަ ހަރަކާތެއްވެސް ބިޒިނަސް ޕޯޓަލްގައި ރެޖިސްޓުރީ ކުރެވިފައި ނުވޭ. ފަސޭހަ ހާޑުވެއަރ އަށް ވިޔަފާރި ހުއްދައެއް އަދި ވިޔަފާރީގެ ލައިސަންސެއް ދޫކޮށްފައި ނެތްކަން އެނގެން އެބައޮތް. މިހާ ނުކިއްސަރު ގޮތަކަށް މިފަދަ އިޝްތިހާރުތައް ހަދާ، އަސްލު ކުންފުންޏަކީ ކޮބައިކަން އޮޅޭގޮތަށް ކުރާކަންކަމަކީ މަކަރާއި ހީލަތްހެދުމުގެ ތެރެއިން ކުރާކަންކަން.
ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް

މާޒް ސަލީމް ވިދާޅުވީ މިފަދަ ކަންކަން މިގޮތަށް ކުރުމަކީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާއި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނާއި، ވިޔަފާރި އާއި ކޮނޓްރެކްޓް އާއި ބެހޭ ގާނޫނު އާއި އަދި މާލިއްޔަތު ގާނޫނު ތަންދޭ ކަމެއް ނޫން ކަމަށެވެ.

މި ކަންކަން މިގޮތަށް ހިނގާކަމުގައި ވަނީނަމަ، އެފްޑީސީން ކުރަމުންދާ މިކަންކަމަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަކިބަޔަކަށް ފާޅުގައި ނާޖާއިޒް މަންފާއެއް ހޯދާދިނުން ކަމަށާއި، ރާއްޖޭގައި މިފަދަ ވިޔަފާރިތައް ކުރާ އެހެން ކުންފުނިތައް ހުރިއިރު، އެއްވެސް އާއްމު އިއުލާނެއް ކުރުމެއްނެތި މިފަދަ ބޮޑު ވިޔަފާރިއެއް ކުރުމުގެ ގާބިލުކަމެއްނެތް ކަރުދާސް ކުންފުނިތަކަކަށް އެފްޑީސީގެ މެނޭޖުމަންޓުގައި ތިއްބެވި ބޭފުޅުން އަމިއްލަޔަށް މިދެކުންފުންޏަށް މިހާގިނަ ފަރުނީޗަރާ އަދި ގެއަށްބޭނުންވާނެ އެއަރކޯނު ފަދަތަކެތި ސަޕުލައިކޮށް އިންސްޓޯލް ކުރަން ހަވާލު ކުރުވުމަކީ، މިފަދަ ކަންކަމަށް ހެދިފައިވާ އިސްވެ ދެންނެވިފައިވާ ގާނޫނުތަކާއި އަދި މާލިއްޔަތު ގާނޫނު މުގުރާލާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ނަޖާއިޒު ފައިދާ ދައުލަތުގެ ތެރޭން އެހެންފަރާތް ތަކަކަށް ހޯދާދިނުންކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މާޒް ސަލީމް ވިދާޅުވީ އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލު ވަޒީފާގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނުވަތަ ވަކި މީހަކަށް މަންފާ ހޯދާދިނުމުގެ ނިޔަތުގައި އެހެންފަރާތަކަށް އެތައް މިލިއަން ރުފިޔާއެއް ލިބިދޭގޮތަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަސައްކަތް ކުރާކަމަށް ތުހުމަތުކުރުމުގެ ޖާގައޮތް ކަމަށެވެ.

މާޒް ސަލީމް ވިދާޅުވީ، ކުރީ ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ދަށުން ދޫކުރެވިފައިވާ 4000 ފުލެޓްގެ އެއްބަސްވުމެއްވަނިކޮށް، މި ސަރުކާރުން އާއެއްބަސްވުމެއް ހަދާ ވިޔަފާރީގެ އެއްބަސް ވުމެއްގައި އެފުލެޓުތައް ލިބުނު ފަރާތްތަކާއި އެކު ސޮއި ކުރުވަމުން އެދަނީ ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފަށް ކަމަށެވެ. އަދި އެފްޑީސީ އާއި ދެމެދު ސޮއިކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމުގެ ކަންކަމުގައި ރާއްޖޭގެ މާލިއްޔަތު ގާނޫނާއި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނާއި، އެގާނޫނުގެ އިތުރުން ހެދިފައިވާ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފުކަމެއް ހިނގާފައިވޭތޯ އާއި އަދި ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވޭތޯ، ކޮމިޝަނުން އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދެއްވުން ވަނީ އެދިފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންއޭސީސީގެދޮރުވެރިޔާ ސްކީމްގެދޮރުވެރިޔާ ހައުސިންގ ސްކީމްކޮރަޕްޝަން ފަހި ދިރިއުޅުން ކޯޕަރޭޝަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
01 ޑިސެމްބަރު 2025

ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި

01 ޑިސެމްބަރު 2025
ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި
29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
28 ނޮވެމްބަރު 2025

އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި, އަގު ސާފެއް ނޫން

28 ނޮވެމްބަރު 2025
އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި, އަގު ސާފެއް ނޫން
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް