Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޮޑު ޚިޔާނާތުގެ މައްސަލަ

މަގޭ ރިޕޯޓް: ބޮޑު ޚިޔާނާތް، ނިވާފަތްގަނޑަކަށް "އަބުރު ކަތިލުން"

ލިސްޓްގައި ނަން ޖަހާފައިވަނީ އަބުރުކަތިލުމަށް ކަމަށް ބުނެ އަންނަނީ ވާހަކަ ދައްކަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 13 މެއި 2021 | ބުރާސްފަތި 03:32
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ބެހިފައިވާގޮތް ދައްކުވައިދޭ ފޮޓޯއެއް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ބެހިފައިވާގޮތް ދައްކުވައިދޭ ފޮޓޯއެއް

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް ކަމުގައި ބުނެވޭ އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ އެތައް ބަޔަކަށް ސިހުން ގެނުވި ކަމެކެވެ. މިހާތަނަށް ބެލިބެލުމުން ޚިޔާނާތުގެ އަގު 1.4 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައެވެ. ޓޫރިޒަމްގެ ބޭނުމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.4 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރި ވެފައިވާއިރު މިހާތަނަށް އެނގިފައިވަނީ ޓްރާންސްފަރ އަދި ޗެކްގެ ގޮތުގައި ނެގިފައިސާ އެކަންޏެވެ. ނަގުދު ފައިސާ ހޭދަކުރި ގޮތުގެ ތަފްސީލެއް ނެތެވެ.

ޚިޔާނާތުގެ މި މައްސަލާގައި މިހާތަނަށް ދައުވާކޮށް ސާބިތުވެފައިވަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ ޚިޔާނާތް ހިނގިއިރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެއިރު ނާއިބުރައީސްކަމުގައި ހުންނެވި އަހުމަދު އަދީބާއި އޭރު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔާތެވެ. ނަމަވެސް މިވަރުގެ ބޮޑު ޚިޔާނާތެއް ހަމައެކަނި މިހިސާބުން ނިމޭކަށް ނެތެވެ. އެމްއެމްޕީއާރުސީގެ ފައިސާއިން ފައިދާވި އެތައް ބަޔަކު އުޅެއެވެ. އެނގިގެންނާއި ނޭނގިއެވެ. އެތައް ބަޔަކު އެދުވަސްވަރު ފޮންޏަށްވިޔަސް "ބްރޯ" ކައިރިއަށް ދިޔައީމާ ފައިސާކޮޅެއް ލިބޭނެކަމަށް ދިޔައީ ބުނަމުންނެވެ.

އަދީބަކީ އެދުވަސްވަރު އެންމެންގެ ބްރޯއެވެ. އެންމެންގެ މުހުތާދުތައް ފިލުވަމުން އައީ ބްރޯ ކައިރިއަށް ގޮސްގެންނެވެ. ބްރޯ ދޭ ފައިސާ އަކީ ޚިޔާނާތުގެ ފައިސާކަން އެނގޭ މީހުން އޭރުވެސް ތިއްބެވެ. ނަމަވެސް ފައިސާގެ ދަހިވެތިކަމުގައި އެފައިސާގައި ހިފަމުން އައިއިރު މިނަގާލެވެނީ ކިތައް ޖީލުގެ މުސްތަގްބަލުކަމެއް އެކަކުވެސް ވިސްނާލާކަށް ބޭނުމެއްނުވިއެވެ. ދިވެހި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވަމުން އައިއިރު އެކަމުގައި ސަރުކާރުގެ ބޮޑުންނާއި އެކިފަންތީގެ މީހުންނާއި އާދައިގެ ރައްޔިތުންވެސް ޖެހެމުން އައިކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވެމުންދިޔައެވެ.

ސަރުކާރުން ބޭނުންވާ އެކި ކަންކަން ކުރުމަށާއި ޒުވާނުން ބޭނުންވާ ކަންކަން ފަސޭހަކަމާއެކު ކޮށްދެމުން ގެންދިޔައީ އެފައިސާއިންނެވެ. އެފައިސާއިން މުއްސަނދިކަން ހޯދި މީހުންގެ ގެތައް އެތައް ބުރިއަކަށް މައްޗަށް އެރިތަން ފެނުނެވެ. ބަލަބަލާ ތިއްބާ އެމީހުންގެ ދަރިންނަށް ބޭރަށް ކިޔަވަންދެވި މޮޅެތި ކާރުތަކާއި ސައިކަލްތަކާއި އެންމެ ފަހުގެ ފޯނުތަކާއި ގަޑިތައް ދިޔައީ ލިބެމުންނެވެ. އަމިއްލަ ވިޔަފާރިތައް ދިޔައީ ފުޅާކުރަމުންނެވެ. ބޭރު ގައުމުތަކުގައި މުއްސަނދިން ފެންވަރުގެ ޗުއްޓީ ދިޔައީ ހޭދަކުރަމުންނެވެ. މިދައްކަނީ އިހަކަށް ދުވަހު ހިނގި ކަންކަމުގެ ވާހަކައެވެ. އެމީހުން އުޅުނު މުއްސަނދި އަރާމު ދިރިއުޅުން ފެނުނު މީހުން ބައިވަރެވެ. އެވާހަކަތައް ދައްކަމުންވެސް ދިޔައެވެ. ބްރޯ ކައިރީގައި ތިބެ ފޮޓޯ ނެގި މީހުންނާއި ސެލްފީ ނެގި މީހުން ބައިވަރެވެ.

ނަމަވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ޖެހިފައިވާ މައްސަލަ ތަހުގީގުކުރަމުން އަންނަ ޖޮއިންޓް އިންވެސްޓިގޭޓިވް ޓީމަށް ފާހަގަކުރެވިފައިވާ ލިސްޓާއެކު މިކަން ދިރާސާކުރި ކޮމިޓީގެ ރިޕޯޓް އާންމުކުރުމާއެކު ބްރޯ ދަންނަ މީހަކުވެސް ނެތް ފަދައެވެ. އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ އަދި ފުލުހުން ހިމެނިގެން ކުރިޔަށް ގެންދާ މިތަހުގީގުގައި އެކުލަވާލާފައިވާ ލިސްޓަށް މީހުންގެ ނަން އެރުވުމަށް ބަލާ މިންގަނޑުތަކެއް އެބަހުއްޓެވެ. މިހާތަނަށް އެސެޓް ރިކަވަރީ ކޮމިޝަނަށް މިފައިސާގައި ޖެހިފައިވާ 300ށް ވުރެ ގިނަ މީހުން ވަނީ ފާހަގަވެފައެވެ.

މިހާރު ލިސްޓުގައި ނަން އޮތް މީހުންނަކީ ހަދާފައި ހުރި ބޭންކް ޓްރާންސެކްޝަންތަކާއި ޗެކްގެ ގޮތުގައި ފައިސާ ލިބުނު މީހުންކަން އެނގިފައިވާ ފަރާތްތަކެވެ. އެއީ ތަހުގީގު މަރުހަލާގައި އަދީބާއި އަދީބު ބުނެގެން އެފައިސާ އެކި މީހުންނަށް ގެންގޮސްދިން މީހުން ދީފައިވާ ބަޔާންތަކުގެ މައްޗަށް އެކުލަވާލާފައިވާ ލިސްޓެވެ. އަދި އެމީހުންގެ ފޯނުން ފެންނަން ހުރި މުއާމަލާތްތަކުގެ މައްޗަށް އެކުލަވާލާފައިވާ ލިސްޓެވެ.

ނަމަވެސް މިލިސްޓް އާންމުވިއިރު އެމްއެމްޕީއާރުސީ އޭ ކިޔަން ނޭނގޭ މީހުންވެސް އެބައުޅެއެވެ. ރައްޔިތުންގެ މަޖިލީހުން އެސެޓް ރިކަވަރީ ކޮމިޝަނުގެ ލިސްޓް އާންމުކުރުމުގެ މާކުރިންވެސް ލިސްޓްތަކެއް ދިޔައީ ދައުރުވަމުންނެވެ. އެހެންކަމުން އެފައިސާ ލިބުނު މީހުންކަމަށް ބުނެ ތުންތުން މަތިން ދިޔައީ އެވާހަކަތައް ރަށު ތެރޭގައި ދެކެވެމުންނެވެ. އެހެންކަމުން ލިސްޓުގައި ހުރި ބައެއް ނަންތައް ވަކިން ޚާއްސަކޮށް ސަރުކާރުގެ ބޮޑެތި މީހުންނާއި މަޖިލީހުގެ މެމްބަރުންގެ ނަންތަކަކީ އެންމެން ދަންނަ ނަންތަކަކަށް ވަނީ ވެފައެވެ.

މިސަރުކާރުން އައީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެކަމުގެ ވައުދާއިގެންނެވެ. އަދި އެފައިސާ ހޯދާނެކަމަށް ބުނަމުންނެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާއްވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ގެންދިޔައީ އެމައްސަލަ ބަލަމުންނެވެ. ތަހުގީގީ އިދާރާތަކުން ގެންގުޅޭ ލިސްޓް އާންމުންނާ ހަމައަށް އަންނަން ދެން އޮތީ މަދު މިނެޓް ކޮޅެއްކަން އެއްބަޔަކަށް ރޭކާލި ހިސާބުން ކޮމިޓީން ކުރަމުންދާ މަސައްކަތްތަކާއި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ސުވާލު އުފައްދަން ފަށައިފިއެވެ. މަޖިލީހުން ހާމަކުރާ ލިސްޓަކީ އުނިއިތުރު ގެނެސްފައިވާ ލިސްޓެއްކަމަށާއި އެހެންކަމުން އެލިސްޓްގައި ނަން އޮތުމަކީ ގަސްތުގައި އެމީހުންގެ އަބުރު ކަތިލާ ސިޔާސި ހަޔާތް ފުނޑުފުނޑުކުރަން ކުރާ ކަމަކަށް ހަދައިފިއެވެ.

އެހެންނަމަވެސް މިދައްކަނީ ރައްޔިތުންގެ ފައިސާއިން 1.4 ބިލިއަން ރުފިޔާގެ ވައްކަމެއްކޮށްގެން އުޅޭ ވާހަކައެވެ. ކުރިން މިފާހަގަކުރި ކަންކަން ހިނގަމުން އައީ ދެލޯ ކުރިމަތިން ކަމަށްވާއިރު އޭރު ބްރޯވެފައި އުޅުނު މީހުން ލިސްޓަށް ފާޑުކިޔުމުގެ ގޮތުން އެމީހުންގެ އަބުރު ކަތިލަނީކަމަށް ބުނެ މޮޅެތި ބަޔާންތަކާއި ސްޓޭޓަސްތައް ޕޯސްޓްކުރަމުން ދިޔަނަމަވެސް އެމީހުންނަކީ ބްރޯ ޖަލަށްދާން ޖެހުމާ ހިސާބަށްވެސް ބްރޯގެ އެންމެ ކައިރީގައި އުޅުނު މީހުންނެވެ. އޭގެތެރެއިން ބައެއް މީހުންނަކީ ބްރޯ ޖަލަށް ލުމަށްފަހުވެސް ބްރޯގެ ވަފާތެރިންގެ ގޮތުގައި ތިބި މީހުންނެވެ. އެހެންކަމަށްވާއިރު ބްރޯ އާ މާދުރު މީހުންނަށް ލިބުނު ފައިސާއެއް އެމީހުންނަށް ހަމަ ނުލިބެނީތޯއެވެ. ބްރޯއާ އެންމެ ކައިރީގައި އުޅުނު މީހުންނަށް އެއީ ކިހިނެއް ލިބޭ ފައިސާއެއް ކަން ހަމަރޭކާވެސް ނުލާހާ އެމީހުން ގަމާރީތޯއެވެ. ނުވަތަ ގަމާރުކަމަށް ހެދި އަމިއްލަ ނަފުސަށް އޮޅުވާލީތޯއެވެ. އެހާ ބައިވަރު ފައިސާއެއް ބްރޯއަށް އެހެން މީހުންނަށް ދެވެނީ ކީއްވެކަން ވިސްނާނުލެވޭހާވެސް ސިކުނޑި މަސައްކަތް ނުކުރަނީތޯއެވެ. އެމީހުންނަށް ލިބެމުންދިޔަ ނުހައްގު މުއްސަނދި ކަމަކީ ހަމަ ތިބެފައި ލިބުނު މުއްސަނދިކަންތޯއެވެ.

ފައިސާ ގޯނިތައް އުފުލިކަމަށް ބުނެ ވާހަކަ ދެއްކި ބަޔަކުވެސް އުޅެއެވެ. ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލީހުން ކަންކަން ނިންމުމާއި އެހެން ކަންކަންކުރުމުގައި ބޮޑެތި އަދަދުތަކުން ޑީލްތައް ހެދިކަން އެނގޭމީހުންނާއި އެތަން ފެނުނު މީހުންނާއި އެފައިސާއިން ފެންވަރައިގެން ތިބި މީހުން ފައިސާގައި ނުޖެހޭކަމަށް ބުނެ ދައްކާ ބަހަނާއަކީ އަބުރު ކަތިލަނީ ކަމަށް ބުނުމުން ޒާތެއްގެ ހިންޏެއް އާދެއެވެ. ހިނގަމުންދާ ތަހުގީގެއްގައި ފާހަގަކުރެވުނު ބަޔެއްގެ ނަން އަދި ލިސްޓަށް އެރިއަސް އެކަން ސާބިތުވީއެއް ނޫނެވެ. އެފައިސާ ލިބުނު ގޮތް ކިޔައިދީ ރައްޔިތުންނަށް އެފައިސާ އަނބުރާ ހޯދޭނެ ގޮތެއް ކިޔައިދިނިއްޔާ ވާނީ ކިހިނެއްތޯއެވެ. ފައިސާގައި ޖެހި ފައިސާއިން ފެންވެރުނު ދުވަސްތައް އަދި ހަނދާން ނައްތާލާހާ ދުވަހެއް ނުވޭނޫންހެއްޔެވެ. އެދުވަހު އެނގިހުރެ ޚިޔާނާތުގެ ފައިސާގައި ޖެހުނުއިރު ނެތް އަބުރެއް، ނުގަތް ލަދެއް މިހާރު ގަންނަނީ ކީއްވެތޯއެވެ.

ކޮންމެ ގޮތެއްވިޔަސް އެނގޭކަމަކީ އެފައިސާގައި ބަޔަކު ޖެހިއްޖެއެވެ. އެފައިސާއިން ބަޔަކަށް ފައިދާތަކެއް ކޮށްފިއެވެ. އެފައިސާގެ ލޯލާރިއެއްގައި ޖެހިފައިވާނަމަވެސް އެވެވެނީ ގައުމަށް ޚިޔާނާތްތެރި ނޫންތޯއެވެ. ކޮންމެ މީހަކު ކުރިޔަސް ވައްކަން ވާނީ ހަމަ ވައްކަމަށެވެ. އެފައިސާގައި ހޭކިފައި ހުރިއްޔާ ވާނީ ހޭކުނު ކަމަށެވެ.

އެމްއެމްޕީއާރްސީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު