Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ

ބޮޑު ޚިޔާނާތުގެ ލިސްޓް ހާމަކުރާނެކަން އެނގުމާއެކު ލިސްޓާމެދު ޝައްކު އުފެއްދުމުގެ މަސައްކަތްތަކެއް!

ކޮމިޓީގެ މުގައްރިރު ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން ދީފައިވާ ލިސްޓަށް އުނިއިތުރެއް ގެނެސްފައިނުވާނެކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 13 މެއި 2021 | ބުރާސްފަތި 03:21
އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ މައްސަލަ ބަލަމުން އަންނަ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީން މިކަން ދިރާސާކުރުމަށްފަހު ރިޕޯޓް ވަނީ ހުށަހަޅާފައެވެ. ސަބް ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވަމުން އެކޮމިޓީގެ މުގައްރިރު އަދި ޖޮއިންޓް ކޮމިޓީގެ ވެސް މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ ވިދާޅުވީ ކޮމިޓީން މިކަން ބަލަމުން އަންނަނީ އެކި މަރުހަލާތައް ބަހާލައިގެންކަމަށެވެ. އެގޮތުން މިވަގުތު ކޮމިޓީން ބަލާފައިވާނީ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މުވައްޒަފުންގެ ކަންކަންކަމަށެވެ.

އިންތި ވިދާޅުވީ ކޮމިޓީން ރިޕޯޓް އެކުލަވާލުމުގައި ބަލާފައިވަނީ މިމައްސަލަ ތަހުގީގުކުރަމުން އަންނަ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީން ދީފައިވާ މައުލޫމާތުތައް ކަމަށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ މައްސަލަ ބަލަމުން އަންނަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީ އަދި ފުލުހުންގެ މެދުގައި އެކުލަވާލާފައިވާ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައެވެ. އެހެންކަމުން ކޮމިޓީއަށް ލިބިފައިވާ މައުލޫމާތުތަކަކީ މިތިން އިދާރާއިން ގުޅިގެން ހިންގަމުން އަންނަ ތަހުގީގުތަކުން ހޯދާފައިވާ މައުލޫމާތުތަކެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ޖެހިފައިވާ ފަރާތްތައް އެކުލެވޭ ލިސްޓަކީ އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހާ ހިއްސާކޮށްފައިވާ ލިސްޓްކަމަށާއި އެލިސްޓަށް އުނިއިތުރެއް ގެނެސްފައި ނުވާނެކަމަށް އިންތި ވިދާޅުވިއެވެ. އަދި ކޮމިޓީ ރިޕޯޓާއެކު އެކޮމިޝަންގެ ތައްގަނޑު ޖަހާފައިވާ މި ލިސްޓް މިހާރު ވަނީ އާންމުކޮށްފައެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ފާހަގަވި އެއްކަމަކީ ކޮމިޓީ މަރުހަލާގައި ލިސްޓަށް އުނިއިތުރު ގެނެސްފައިވާކަމަށް ދޭހަވާ މޭރުމަކުން ބައެއް މެމްބަރުން ދެއްކެވި ވާހަކަފުޅުތަކެވެ. އަދި ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެންނަކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި މެމްބަރުން ލިސްޓާމެދު ރައްޔިތުންގެ މެދުގައި ޝައްކުއުފެދޭ ގޮތަށް ބަޔަކު ރާވައިގެން މަސައްކަތްކުރާކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމިޓީ ރިޕޯޓް އިއްވެވުމަށްފަހު ވާހަކަދައްކަވަމުން އިންތި ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފު ވާހަކަތައް އެކި ފަރާތްތަކުން ހާމަކުރަމުންދާކަމަށެވެ. ނަމަވެސް ކޮމިޓީން ކުރި މަސައްކަތްތަކާއެކު ކޮމިޝަނުން ކުރަމުންދާ ތަހުގީގު ހާމަކުރުމުގެ ފުރުސަތު ލިބިގެންގޮސްފައިވާކަމަށް އިންތި ވިދާޅުވިއެވެ.

އެއަށްފަހު މެމްބަރުންނަށް ވާހަކަދެއްކެވުމުގެ ފުރުސަތު ހުޅުވާލެއްވިއެވެ. އެފުރުސަތުގައި ވާހަކަދައްކަވަމުން ތިމަރުފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރ އަބްދުﷲ ރިޔާޒު ވަނީ ސަބް ކޮމިޓީއާ ފަސް ސުވާލެއް އަމާޒުކުރައްވާފައެވެ. އޭގެތެރޭގައި ހިމެނޭ ބައެއް ސުވާލުތަކަކީ އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓަށް އެއްވެސް އުނިއިތުރެއް ސަބް ކޮމިޓީން ގެނައިތޯއެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކޮމިޓީއަށް ފޮނުވާފައިވާ ރިޕޯޓަކީ ސަރުކާރުން އެއްވެސް ވަރަކަށް ބަދަލުތަކެއް ގެނެސްފައިވާ ލިސްޓެއްތޯއެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ ކޮމިޓީން އެއްވެސް މީހެއްގެ ނަމެއްގައި އަތްލާފައިނުވާނެކަމަށެވެ.

މީގެއިތުރުން އިންތި ވިދާޅުވީ ސަރުކާރުން ބޭނުންވާ ބަޔަކު މިލިސްޓުން އުނިކޮށްފައިވާކަމަށް ގަބޫލުނުކުރައްވާކަމަށެވެ. ސަބް ކޮމިޓީން މިކަން ދިރާސާކުރަމުންދިޔައިރު އެފަދަ ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށް އިންތި ވިދާޅުވިއެވެ.

ލިސްޓަށް ކޮމިޓީ މަރުހަލާގައި ނުވަތަ އެނޫންވެސް ގޮތަކުން ބަދަލުތަކެއް ގެނައި ކަމަށް ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރ ހިސާން ހުސައިން ވިދާޅުވީ މިއީ ކަންބޮޑުވުންތަކެއް ހުރިކަމެއްކަން އެންމެންނަށްވެސް އެނގޭކަމަށެވެ. އަދި އެއީ ކޮންމެހެން ރަނގަޅު ނިޔަތެއްގައި އުފެއްދި ކަންބޮޑުވުންތަކެއް ނޫންކަމަށް ވިދާޅުވެ ހިސާން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ބައެއް މީޑިޔާތަކުން ގެނެސްދީފައިވާ ޚަބަރުތަކަށް ބަލާލުމުން މިކަން ކުރުމަށް ހިޔަނި އެޅުމަށް ރޭވިގެން ކުރަމުންދިޔަ ކަންތައްތަކެއްކަން އެނގޭކަމަށެވެ.

ލިސްޓާމެދު އަދި ކޮމިޓީން ކުރަމުންދާ މަސައްކަތްތަކާއި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާމެދު ސުވާލު އުފައްދަވާ މޭރުމަކުން ވާހަކަދައްކަވަމުން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރ އާދަމް ޝަރީފް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނަކީ އުފެދުނުއިރުވެސް ނަޒާހަތްތެރި ކޮމިޝަނެއް ނޫންކަމަށެވެ. އެހެންކަމުން މިކަމުގައި ނަތީޖާ ނެރެން ބޭނުންނަމަ ޖެހޭނީ ކޮމިޝަން އުވާލަން ނުވަތަ ކޮމިޝަންގެ މެމްބަރުން ބަދަލުކުރަން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވާހަކަތަކަށް ރައްދު ދެއްވަމުން ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިމަސައްކަތްކުރުމުގައި ކަމެއް ފޮރުވުމުގެ ވިސްނުމެއް ނެތްކަމަށެވެ.

ލިސްޓަށް އުނިއިތުރު ގެނައި ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ ވިދާޅުވީ ލިސްޓް ހާމަކުރަން އުޅޭކަން އެނގުނު ހިސާބުން އެކި މީހުން އެކި ލިސްޓްތައް އާންމުކުރަމުންދިޔަ ކަމަށެވެ. ނަމަވެސް ކޮމިޓީން އެފަދަ ގޮތަކަށް ލިސްޓަށް ބަދަލު ގެނައިނަމަ ކޮމިޓީގައި ހިމެނެނީ އެކި ޕާޓީތަކުގެ މެމްބަރުންނަށްވާއިރު އެކަން އެމެމްބަރުންނަށްވެސް އެނގިވަޑައިގަންނަވާނެކަމަށެވެ.

ލިސްޓަށް ބަދަލުތަކެއް ގެނެސްގެން މަޖިލީހުން ހާމަކުރާނެ ކަމުގެ ޝައްކުތައް ރައްޔިތުންގެ ތެރޭގައި އުފެއްދުމުގެ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރ މޫސާ ސިރާޖުވެސް ވިދާޅުވިއެވެ.

ކޮމިޓީ ރިޕޯޓާއެކު ލިސްޓު ހާމަކޮށްފައިވާއިރު ލިސްޓުގައި މީހުން ތިބީ ހެކިތަކުގެ މައްޗަށް ބިނާކޮށް ގިންތި ކޮށްފައެވެ. ގިންތިކޮށްފައިވަނީ ފައިސާގެ މަންފާ ލިބިފައިވާ މީހުންގެ އޭރުގެ މަގާމާއި މިހާރުގެ މަގާމުގެ އިތުރުން ފައިސާގެ އަދަދާއި އެހެނިހެން ކިތާބީ ހެކިތަކަށް ވަކި ޕޮއިންޓްތަކެއް ކަނޑައަޅައިގެންނެވެ. ތުހުމަތުކުރެވޭ 281 މީހުންގެ ލިސްޓުގައި ދައުލަތުގެ އެކި ފަންތީގެ މަގާމުތަކުގައި ކުރިން ތިބި އަދި މިހާރު ވެސް މަގާމުތަކުގައި ތިބި 119 މީހަކު ހިމެނެއެވެ. ލިސްޓުގައި އެމީހަކަށް ލިބުނު ފައިސާގެ އަދަދު އެނގެން ނެތް ނަމަވެސް އެމީހަކު އަދާކުރީ ކޮން ވަޒީފާއެއްކަން ބަޔާންކޮށްފައިވެއެވެ.

ލިސްޓުގައި ނަން ހިމެނިފައިވާ ބައެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި އަންނަނީ މިއީ އެމީހުންގެ އަބުރު ކަތިލުމަށް ބަޔަކު ކުރާ ކަމެއްކަމަށާއި ލިސްޓަކީ ފޭކެއްކަމަށް ބުނަމުންނެވެ. އަދި މިލިސްޓް އާންމުކުރުމުގެ ކުރިން އާންމުކޮށްފައިވާ ލިސްޓުތަކުގައި ހުރި ބައެއް މީހުންގެ ނަން މަޖިލީހުން ހާމަކުރި ލިސްޓުގައި ނެތުމުގެ ސަބަބުން އެކަމަށް އަންނަނީ ފާޑުކިޔަމުންނެވެ.

މިލިސްޓުގައި މިހާރު ތިބި މީހުންނަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ހިންގި މީހުންނާއި އެމްއެމްޕީއާރުސީގެ ފައިސާއިން ފައިދާވި މީހުންނެވެ. މިހުރިހާ މީހުންނަކީ ކޮރަޕްޝަންގެ އަމަލުގައި ޝާމިލްވި މީހުންނެއް ނޫނެވެ. އަދި މިމީހުންގެ މައްސަލަތައް މިހާރުވެސް ތަހުގީގުކުރެވެމުން އަންނައިރު ކޯޓުގެ މަރުހަލާއިން އެމީހުންގެ މައްޗަށް މިކަން ސާބިތުނުވުމުގެ ފުރުސަތުވެސް އެބައޮތެވެ. އަދި ކުރިޔަށްދާ ތަހުގީގުތަކުގައިވެސް މިލިސްޓަށް އުނިއިތުރު އައުމަކީ ކައިރިކަމެކެވެ.

ރައްޔިތުންގެ މަޖިލިސްއެމްއެމްޕީއާރްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު