Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒީނާރުގެ އައު ފޮތެއް ނެރުން

އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނު ލިޔުއްވި އައު ފޮތެއް ރައީސްގެ އަނބިކަނބަލުން ނެރެދެއްވައިފި

މިފޮތް ރޯދަމަހާ ދިމާކޮށް ނެރުމަށްޓަކާ ތައްޔާރުވީނަމަވެސް ނާއިލާ އަވަހާރަވުމާއި ގުޅިގެން ފޮތް ނެރުން މަޑުޖައްސާލި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 12 މެއި 2021 | ބުދަ 22:55
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނު ލިޔުއްވި އައު ފޮތެއް ރައީސްގެ އަނބިކަނބަލުން ނެރެދެއްވައިފިއެވެ.

ވަރޗުއަލްކޮށް މިފޮތް ނެރެދެއްވާ ދެއްވި ޚާއްސަ މެސެޖުގައި ރައިސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ މިފޮތް ރޯދަމަހާ ދިމާކޮށް ނެރުމަށްޓަކާ ތައްޔާރުވީނަމަވެސް ނާއިލާ އަވަހާރަވުމާއި ގުޅިގެން ފޮތް ނެރުން މަޑުޖައްސާލަން ޖެހިވަޑައިގަތީކަމަށެވެ. ފަޒްނާ ވިދާޅުވީ އަލްމަރުޙޫމާ ނާއިލާ އިބްރާހިމް ކަލޭފާނު ލިޔުއްވާފައިވާ މިފޮތަށް އެކަމަނާގެ ދަރިކަނބަލުން ލީނާ އަޙްމަދު ޒާހިރު އިތުރު ކައްކާ ރެސިޕީތަކެއް އިތުރުކުރައްވާފައިވާކަމަށެވެ. ޒީނާރު ފޮތުގެ ފެށުމުގައި ނާއިލާ އިބްރާހިމް ކަލޭފާނު ވަނީ މިފޮތް އެކަމަނާގެ ދެ އަންހެން ދަރިކަނބަލުންނަށާއި މުދައްރިސެއްގެ ޙައިސިއްޔަތުން ކިޔަވާދެއްވާފައިވާ އަދި ކިޔަވައިދެއްވަމުން ގެންދެވި ހުރިހާ ދަރިވަރުންނަށް ޚާއްސަ ކުރައްވާފައެވެ.

ހެންވޭރު ނީލްވިލާ އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނަކީ ރާއްޖޭގެ މިހާރުގެ ޤައުމީ މަންހަޖުގެ ތަސައްވަރު، 'ކުދިން ދިރިއުޅުމަށް ތައްޔާރުކުރުން'، އޭގެ އެންމެ ފުރިހަމަ މާނައިގައި އޭރުވެސް ތަންފީޒުކުރެއްވި ބޭކަނބަލެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވިއެވެ. ރައިސްގެ އަނބިކަނބަލުން ވިދާޅުވީ މިހާރުވެސް ނާއިލާ ޒީނާރުގައި ލިޔުއްވާފައިވާ 'ފޯވަރޑް' ވިދާޅުވި ދުވަހުގައި ކުރެއްވުނު އުފާވެރި އިޙްސާސް ހަނދުމަފުޅު ހުންނަ ކަމަށެވެ.

ނާއިލާ ލިޔުއްވާފައިވާ ޒީނާރު މި ފޮތް ނާއިލާ ޚާއްޞަކުރައްވާފައިވަނީ ނާއިލާގެ ދެ ދަރިކަނބަލުންގެ އިތުރުން، ނާއިލާ ކިޔަވާދެއްވައިފައިވާ ހުރިހާ އަންހެން ދަރިވަރުންނަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އެކަމަނާއަކީ ނާއިލާގެ ދަރިވަރަކަށް ވާތީ ފޮތް ޚާއްޞަކުރެއްވި ފަރާތްތަކުގެ ތެރޭގައި އެކަމަނާވެސް ހިމެނިވަޑައިގެންފައިވުމުން އުފާފުޅު ކުރައްވާ ކަމަށެވެ. މީގެ އިތުރުން އެކަމަނާ ވަނީ އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނު ތައްޔާރުކުރައްވާފައިވާ ފޮތުން، މިންތީގެ ހަމަހަމަކަން އޮތް މި ޒަމާނުގައި އަންހެން ފިރިހެން ހުރިހާ ފަރާތެއް ނިސްބަތްވާގޮތަށް އެންމެނަށްވެސް ޒީނާރު ފޮތުގެ ފައިދާ ލިބިގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

އެކަމަނާ ވަނީ ނާއިލާ ޓީޗަރަކަށް ހުންނެވި ދުވަސްވަރު ނާއިލާގެ މަސައްކަތްތައް ހުންނަގޮތް ސިފަކޮށްދެއްވާފައެވެ. އެގޮތުން ނާއިލާ ޓީޗަރުކަން ކުރައްވަމުން ގެންދެވީ ދަރިވަރުންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅުއްވާ ހަމަހަމަ ކަމަށް އިސްކަން ދެއްވައިގެން ކަމަށް ވިދާޅުވިއެވެ. އަދި ނާއިލާ އަކީ ހުރިހާ ދަރިވަރުންނަށްވެސް ހެޔޮފުޅު ޓީޗަރެއް ކަމަށާ، ދަރިވަރުން ހަމަމަގަށް އަޅުއްވަން ޖެހިވަޑައިގެންފިނަމަ ވަކި ދަރިވަރަކަށް ނުބައްލަވާ އެކަން ކުރައްވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ވަނީ ވިދާޅުވެފައެވެ.

ޒީނާރު ފޮތަކީ އިހުޒަމާނުގެ ވަރަށް ގިނަ ދިވެހި ކެއުންތަކުގެ ރެސިޕީތަކާއި ދުނިޔޭގެ އެހެން ޤައުމުތަކުގެ ބައެއް ރެސިޕީތައް ހިމެނޭ ފޮތެކެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ނެރެދެއްވި ޒީނާރުގެ އާ އެޑިޝަންގައި ކުރީގެ ރެސިޕީތަކުގެ އިތުރުން، މިހާރުގެ ކެއުންތަކުގެ ވަރަށް ގިނަ އާ ރެސިޕީތައް ނާއިލާގެ ދަރިކަނބަލުން ލީނާ ހިމަނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު