Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރްސީ ޚިޔާނާތުގެ ލިސްޓު

"ލިސްޓު ފޮރުވަން ރައީސްގެ ވިސްނުންފުޅެއް ނެތް، އާންމުކުރީ ކޮމިޝަނުގެ ލިސްޓު"

ރައީސަށް އެނގިވަޑައިގަތުމެއް ނެތި ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ދާނެކަމަށް ނުބެލެވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 މެއި 2021 | ބުދަ 16:07
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް- އެސެޓް ރިކަވަރީ ކޮމިޝަނަކީ ރައީސްގެ ގަރާރަކުން އުފައްދަފާއިވާ ކޮމިޝަނެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް- އެސެޓް ރިކަވަރީ ކޮމިޝަނަކީ ރައީސްގެ ގަރާރަކުން އުފައްދަފާއިވާ ކޮމިޝަނެއް

އެމްއެމްޕީއާރްސީ ޚިޔާނާތާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓާއި، ޚިޔާނާތުގެ ލިސްޓު ފޮރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާކަމަށް މަޖިލީހުގައި މި މައްސަލަ ބެލި ކޮމިޓީން ބުނެފިއެވެ.

ޚިޔާނާތުގެ ލިސްޓު ސަރުކާރުން ފޮރުވަން މަސައްކަތް ކުރަނިކޮށް މަޖިލީހުން އެ ލިސްޓު އާންމު ކުރީކަމަށް ދޭހަވާ ބީދައިން ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާ ގުޅިގެން އެ ކޮމިޓީގެ މެމްބަރަކު ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މިހާރު އާންމުކޮށްފައިވާ ލިސްޓަކީ ރައީސް ސާލިހުގެ ރިޔާސީ ޤަރާރަކުން އުފައްދާފައިވާ ކޮމިޝަނަކުން އެކުލަވާލި ލިސްޓެއް ކަމަށްވާއިރު، ރައީސް ސާލިހަށް އެނގިވަޑައިގަތުމެއް ނެތި ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށް ނުބެލެވޭ ކަމަށެވެ. އެއާއެކު، ކޮމިޝަނުން އެކުލަވާފައިވާ ލިސްޓާއި، ލިސްޓު އާންމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ ރައީސްގެ ބެއްލެވުމުގެ ދަށުން ހިނގަމުންދާ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޚިޔާނާތުގެ ލިސްޓު އާންމުނުކޮށް ހިފެހެއްޓުމަށް އަދި އެ ލިސްޓު ފޮރުވުމަށް ރައީސް ސާލިހު އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ. އަދި މިކަމުގައި މަޖިލީހަށް ސަރުކާރުގެ އެއްބާރުލުން ލިބެމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މަޖިލީހުން މި މައްސަލަ ބަލާފައިވަނީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއާއި ޖުޑީޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކުންނެވެ. އެގޮތުން މަޖިލީހުން ބުދަ ދުވަހު ނެރުނު ރިޕޯޓުގައިވެސް މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނުގެ ހޯދުންތަކެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން ފުރަތަމަ މަޖިލީހަށް ފޮނުވާފައިވާ ލިސްޓުގައި އިދާރީ ގޮތުން ރަނގަޅު ކުރަންޖެހޭ ބައެއް ކަންކަން ހުރުމުން މަޖިލީހުން ވަނީ އެކަންކަން ޙައްލު ކުރުމަށްފަހު އަލުން ހުށައެޅުމަށް އެދިފައެވެ. އެގޮތުން ބައެއް މައުލޫމާތު ފުރިހަމަ ނުވުމާއި، ބައެއް ނަން ތަކުރާރުވުން ފަދަ ކަންކަން ހުރުމުން މަޖިލީހުން ވަނީ އެކަންކަން ރަނގަޅު ކުރުމަށްފަހު އަލުން ފޮނުވުމަށް އޭރު އެދިފައެވެ. އެއާއެކު އެކަންކަން ޙައްލު ކުރުމަށްފަހު، މަޖިލީހުން އެދިފައިވާ ގޮތަށް ކޮމިޝަނުން ވަނީ ޖަދުވަލު 2 ކޮމިޓީއާ ހިއްސާކޮށްފައެވެ. އަދި ކޮމިޓީން ރިޕޯޓާއެކު އާންމުކޮށްފައިވާ ލިސްޓުގައި ޖަދުވަލު 1 އަދި 2 ވެސް އުނިއިތުރެއް ނެތި ވަނީ ހިމަނާފައެވެ.

281 މީހަކު ހިމެނޭ މި ލިސްޓަކީ އަދި ތަހުގީގު ނުނިމޭ ލިސްޓެކެވެ. އޭގެ ތެރޭގައި މިހާރު މައުލޫމާތު އެއްކުރަމުންދާ މީހުންނާއި، ދައުވާކުރުމުގެ މަރުހަލާގައި ތިބި އަދި ތަހުގީގުކުރާ މީހުން ވެސް ހިމެނެއެވެ. ލިސްޓު އާންމުކޮށްފައި ވަނީ ތަހުގީގަށް ހުރަސް ނޭޅޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށް ޖޮއިންޓް ކޮމިޓީން ބުނެފައިވެއެވެ.

އާންމުކުރި ލިސްޓުގައި ކުރީ ސަރުކާރުގެ އިސްވެރިންނާއި މި ސަރުކާރުގެ ބައެއް ވެރިން ވެސް ހިމެނެއެވެ. ސަލާމަތީ ޚިދުމަތްތަކާއި، ފުލުހުންނާއި، މިނިވަން މުއައްސަސާތަކާއި، ޖުޑީޝަރީ އާއި މަޖިލީހާއި ކެބިނެޓުގައި ކުރީގަޔާއި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުން ވެސް ހިމެނެއެވެ.

އެމްއެމްޕީއާރްސީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު