Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިދޭސީންގެ މާރާމާރީ

ވީއައިއޭ ގައި ބިދޭސީންތަކެއްގެ މެދުގައި ބޮޑު މާރާމާރީއެއް، ތިން މީހަކަށް އަނިޔާވެއްޖެ

މި މާރާމާރީ ހިނގާފައި ވަނީ ބުދަ ދުވަހުގެ ހަވީރު 16:49 ކަންހާއިރުގައި ވީއައިއޭގެ ޓާމިނަލްގެ މަސައްކަތުގައި އުޅުނު ބިދޭސީންތަކެއްގެ މެދުގައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 2 އެޕްރީލު 2025 | ބުދަ 17:26
ވީއައިއޭ: ބިދޭސީން ތަކެއްގެ މެދުގައި މާރާމާރީއެއް ވަނީ ހިނގާފަ

ވީއައިއޭ: ބިދޭސީން ތަކެއްގެ މެދުގައި މާރާމާރީއެއް ވަނީ ހިނގާފަ

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ޓާރމިނަލްގެ މަސައްކަތުގައި އުޅޭ ބިދޭސީންތަކެއްގެ މެދުގައި ބޮޑު މާރާމާރީއެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މި މާރާމާރީ ހިނގާފައި ވާކަމުގެ މައުލޫމާތު ލިބިފައި ވަނީ ބުދަ ދުވަހުގެ ހަވީރު 16:49 ކަންހާއިރުގައި ކަމަށާއި މި މާރާމާރީ ހިނގާފައި ވަނީ ވީއައިއޭގެ ޓާރމިނަލްގެ މަސައްކަތުގައި އުޅުނު ބިދޭސީންތަކެއްގެ މެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް ޖެހުނީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެއެވެ.

Advertisement - newsAdvertisement

ފުލުހުން ވިދާޅުވީ މި މާރާމާރީގައި ތިން ބިދޭސީއަކަށް އަނިޔާވެފައިވާ ކަމަށާއި އަނިޔާވެފައި ވަނީ މިސްރުގެ ދެ މީހަކާއި ބަނގްލަދޭޝް މީހަކަށް ކަމަށެވެ. ނަމަވެސް މީގެން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މާރާމާރީގައި އަނިޔާވި އެއް ބަޔަކަށް ފަރުވާ ދެމުން ދަނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. އަނެއް ބަޔަކަށް ޓްރީޓޮޕް ހޮސްޕިޓަލުންނެވެ.

ޓާރމިނަލްގެ މަސައްކަތް ކުރަމުން ދަނީ ސައުދީ ބިންލާދިން ގްރޫޕާއި، ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޗައިނާ ކޮމިއުނިކޭޝަން ކޮންޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިންނެވެ. މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ވެސް އަދި ސާފެއް ނުވެ އެވެ.

ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ ބަލައި ތަހުގީގު ކުރަމުން ނެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި މީގެ ކުރިން ވެސް ނުރައްކާތެރި މާރާމާރީތައް ހިނގައި، ބައެއް މީހުންގެ ފުރާނަ ގެއްލިފައިވެސްވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު