Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދުގެ ހާލުކޮޅު

ރައީސް ނަޝީދު އިތުރު ފަރުވާއަށް މިމަހު 13ގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަނީ

11 މެއި 2021 | އަންގާރަ 14:27

އިތުުރުފަރުވާއަށް ވަޑައިގަންނަވަނީ ޖަރުމަނަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 11 މެއި 2021 | އަންގާރަ 14:27
ދިޔާތަކެތި ހިއްޕެވުމުގެ ހުއްދަ މިއަދު ޑޮކްޓަރުންވަނީ ދެއްވާފައި

ދިޔާތަކެތި ހިއްޕެވުމުގެ ހުއްދަ މިއަދު ޑޮކްޓަރުންވަނީ ދެއްވާފައި

ރައީސް ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑަިއގަންނަވަން ތައްޔާރުވެވަޑައިގަންނަވަމުން އަންނަ ކަމަށް އާއިލާއިން ބުނެފިއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ރައިީސް ނަޝީދުގެ ބޭބެ ޑރ. އިބްރާހީމް ނާޝިދު ވިދާޅުވީ، ރައީސް ނަޝީދަށް ލިބިލެއްވި އަނިޔާއަށް އިތުރު ފަރުވާ ހޯއްދެވުމަށް މި މަހުގެ 13 ވަނަ ދުވަހު ޖަރުމަނަށް ވަޑައިގަންނަވަން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. އެމަނިކުފާނުގެ ހާލުކޮޅު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށާއި، އަންގާރަ ދުވަހު އެނދުން ފައިބާ ގޮނޑިކޮޅުގައި އިށީނދެ ވަޑައިގެން އިންނަވާ ކަމުގައެވެ. ހަމައެއާއެކު ޑޮކްޓަރުންގެ ހުއްދައާއެކު މިހާރު ދިޔާތަކެތި ބައްލަވާ ކަމަށް ޑރ. ނާޝިދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ކައިރީގައި ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލުމުން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒަރ ފުއް ވަދެ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލި ރޭޒަރ ފުއްތައް ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރިއެވެ.

ރައީސް ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން މީޑިއާތަކަށް އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާކަން އެނގެއެވެ.

ހޭނައްތައިގެން ކުރި ސާޖަރީތަކަށް ފަހު ރައީސް ނަޝީދު ވެންޓިލޭޓަރުން ނެގީ މި ހަފުތާގައެވެ. މިހާރު އެމަނިކުފާނު މީހުންނާ މުއާމަލާތްކުރައްވާ ޑޮކްޓރުންގެ ފަރުވާއަށް ރަނގަޅަށް ރެސްޕޮންޑް ކުރާކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފައެވެ. މި ހަމަލާ އަމާޒުވި ސީދާ ސަބަބެއް އަދި ނޭނގުނުނަމަވެސް ބޮޑަށް ގުޅެނީ ހަރުކަށި ފިކުރާ ކަމަށް ފުުލުހުން މިހާތަނަށް އާއްމުކުރި މައުލޫމާތުތަކުން އެނގެއެވެ.

ރައީސް ނަޝީދު

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2023

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

12 ނޮވެމްބަރު 2023
ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ
08 އޮކްޓޯބަރު 2023

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

08 އޮކްޓޯބަރު 2023
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި
17 ސެޕްޓެމްބަރު 2023

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި
10 ސެޕްޓެމްބަރު 2023

ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި

10 ސެޕްޓެމްބަރު 2023
ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް
08 މެއި 2023

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

08 މެއި 2023
ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
07 އެޕްރީލު 2023

މެމްބަރު ގާސިމާއި ކުރީގެ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

07 އެޕްރީލު 2023
މެމްބަރު ގާސިމާއި ކުރީގެ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
17 މާރިޗު 2023

މެއި 6 ހަމަލާގެ ޝަރީއަތް: ނާޒިމް، ޔާސީން އަދި ޒޫމާލްގެ މައްސަލަ އާދިއްތަ ދުވަހު

17 މާރިޗު 2023
މެއި 6 ހަމަލާގެ ޝަރީއަތް: ނާޒިމް، ޔާސީން އަދި ޒޫމާލްގެ މައްސަލަ އާދިއްތަ ދުވަހު
15 މާރިޗު 2023

ޖޭޕީއާއި ނަޝީދު ފެކްޝަނުގެ ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕެއް އެކުލަވާލުމަކީ ގާނޫނު ދަންނަ ކަމެއް ނޫން، ޕާޓީގެ ގަވާއިދާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެ: އަސްލަމް

15 މާރިޗު 2023
ޖޭޕީއާއި ނަޝީދު ފެކްޝަނުގެ ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕެއް އެކުލަވާލުމަކީ ގާނޫނު ދަންނަ ކަމެއް ނޫން، ޕާޓީގެ ގަވާއިދާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެ: އަސްލަމް
28 ފެބުރުއަރީ 2023

ރާއްޖެ ބަނގުރޫޓު ވާނީ ގަސްތުގައި ބަޔަކު އެކަން ކުރިއްޔާ، އެ ނޫން ހާލަތެއް ނެތް - ޔައުގޫބް

28 ފެބުރުއަރީ 2023
ރާއްޖެ ބަނގުރޫޓު ވާނީ ގަސްތުގައި ބަޔަކު އެކަން ކުރިއްޔާ، އެ ނޫން ހާލަތެއް ނެތް - ޔައުގޫބް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް