Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޭޕީއާއި ނަޝީދު ފެކްޝަންގެ މަސައްކަތް

ޖޭޕީއާއި ނަޝީދު ފެކްޝަނުގެ ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕެއް އެކުލަވާލުމަކީ ގާނޫނު ދަންނަ ކަމެއް ނޫން، ޕާޓީގެ ގަވާއިދާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެ: އަސްލަމް

ޖޭޕީއާއެކު މަސައްކަތް ކުރެވޭނެ ކަމަށް ނަޝީދު ފެކްޝަނުން ބުނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 15 މާރިޗު 2023 | ބުދަ 12:24
ހިތަދޫ އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އަސްލަމް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ, "ފިކުރެއްގެ ދިރުން" ފެކްޝަނާއި ޖުމްހޫރީ ޕާޓީން ޖޮއިންޓް ޕާލިމަންޓަރީ ގުރޫޕެއް އެކުލަވާލުމަކީ ގާނޫނާއި ގަވާއިދު ދަންނަ ކަމެއް ނޫންކަމަށް، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީން ކުރިމަތިވި ނާކާމިޔާބީއަށްފަހު، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން މަސައްކަތް ކުރައްވަމުން އަންނަނީ ވަކިންނެވެ. އަދި މާޗް 14 ވީ އަންގާރަ ދުވަހުގެ ރޭ، ފިކުރެއްގެ ދިރުމުގެ ފުރަތަމަ ޕީޖީ ބައްދަލުވުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމަށްފަހު ބައެއް މީޑިއާތަކަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، ޖޭޕީއާއެކު އެ ފެކްޝަނުން އައީ މަޝްވަރާ ކުރަމުން ކަމަށާއި، އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ފިކުރެއްގެ ދިރުން ފެކްޝަނާއި ޖޭޕީގެ މަޖިލިސް މެމްބަރުން ގުޅިގެން ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕެއް ހެދުމަށް މަޝްވަރާ ކުރަމުންދާކަމަށެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީއަށް އަސްލަމް ވިދާޅުވީ، އިތުރު ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕެއް އެކުލަވާލުމަކީ ގާނޫނާއި ގަވާއިދު ދަންނަ ކަމެއްނޫން ކަމަށެވެ. ޕާޓީގެ ގަވާއިދާ ޚިލާފުވާނަމަ، އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށާއި، އެމްޑީޕީގައި ފިޔަވަޅު އަޅާ ކޮމެޓީއެއް އޮންނަ ކަމަށެވެ. އަދި ޕީޖީ ގުރޫޕުންވެސް އަމަލުކުރާނީ ގަވާއިދާއި އުސޫލާ އެއްގޮތަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ފިކުރެއްގެ ދިރުން ފެކްޝަނާއި ޖޭޕީން މަޝްވަރާތައް ގެންދާއިރު، އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ނިންމަވާފައެވެ.

ޖޭޕީރައީސް ނަޝީދުއެމްޑީޕީމެމްބަރު މުހައްމަދު އަސްލަމް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު