Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލަ

އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތުހުމަތު ކުރެވޭ މީހުން މަގާމުތަކުން ވަކިކުރަން ހުށަހަޅައިފި

އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓުގައި 281 މީހަކު ހިމެނޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 10 މެއި 2021 | ހޯމަ 20:34
ޖޮއިންޓް ސަބް ކޮމިޓީން ބޭއްވި ބައްދަލުވުން

ޖޮއިންޓް ސަބް ކޮމިޓީން ބޭއްވި ބައްދަލުވުން

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޝާމިލްވާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި މިހާރު ތިބި މީހުން އެ މަގާމުތަކުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސާ އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވައިފިއެވެ.

އެމްއެމްޕީއާރްސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކާއި، އެ މައްސަލަތައް ގޮސްފައިވާ ހިސާބާއި، އަދި އެ މައްސަލަތައް ކުރިއަށް ނުގޮސް ލަސްވާ ސަބަބު ސާފުކުރުމަށް މަޖިލީހުން ވަނީ ތަހުގީގީ އިދާރާތަކުގައި އެދިފައެވެ.

މަޖިލީހުގެ އެދުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ 281 މީހުންގެ ލިސްޓެއް ފޮނުވާފައެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ މައްޗަށް އެކުލެވޭ ސަބް ކޮމިޓީއަކުން ހޯމަދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި އީވާ ވިދާޅުވީ، ކޮމެޓީގެ ރިޕޯޓުގައި ފޯކަސް ބަހައްޓަން ޖެހެނީ ދައުލަތަށް ކުރިން ޚިދުމަތްކޮށްފައިވާ، އަދި މިހާރުވެސް ކުރަމުންދާ މީހުންނަށް ކަމަށެވެ. އެއީ އެކަމުގައި ރައްޔިތުންގެ މަސްލަހަތު އޮތުމުން ކަމަށް އީވާ ވިދާޅުވިއެވެ.

އެހެންކަމުން ތަހުގީގު ކުރިއަށް ދާއިރު ނުވަތަ ޝަރީއަތުގެ މަރުހަލާގައި ވެސް ދައުލަތުގެ މަގާމުތަކުގައި މިހާރު ތިބި ޚިޔާނާތުގެ ބައިވެރިން ކަމަށް ތުހުމަތު ކުރެވޭ މީހުން އެ މަގާމުތަކުން ދުރުކުރަން އީވާ ހުށަހެޅުއްވިއެވެ.

އީވާގެ މި ހުށަހެޅުއްވުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވަނީ ތާއީދު ކުރައްވާފައެވެ.

ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ތަހުގީގީ އިދާރާތަކުން ކުރިން އާންމުކުރި ލިސްޓުގައި 267 ބޭފުޅުން ހިމެނޭއިރު އެ ލިސްޓުގައި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި, ކުރިއަށްމިދާ 19 ވަނަ މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ހަމައެއާއެކު ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި, ކުރީ ސަރުކާރުގެ އިސް ބޭފުޅުންނާއި، ފަނޑިޔާރުންނާއި، ސަލާމަތީ ބާރުތަކުގައި ތިއްބެވި އޮފިސަރުންނަށް ވެސް ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ކަމަށް ބުނެވެއެވެ.

ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު