Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑީނިއޯގެ ޚާއްސަ ކޭމްޕެއް

ސޮނޭވާ ޖާނީގައި ރޮނާލްޑީނިއޯގެ ޚާއްސަ ކޭމްޕެއް

10 މެއި 2021 | ހޯމަ 11:33

ކޭމްޕުގައި ބައިވެރިވުމުގެ ފީއަކީ 1،500 ޑޮލަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 މެއި 2021 | ހޯމަ 11:33
ބާސެލޯނާއަށް ކުޅުނު ބްރެޒިލުގެ ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ

ބާސެލޯނާއަށް ކުޅުނު ބްރެޒިލުގެ ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ

ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ރިޒޯޓުތަކުގެ ތެރޭގައި ހިމެނޭ ސޮނޭވާ ޖާނީގައި ބްރެޒިލުގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ ކޭމްޕެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

"ސޮނޭވާ ސްޓާސް" ގެ ނަމުގައި ކުރިއަށްގެންދާ އިވެންޓްތަކުގެ ތެރެއިން ރޮނާލްޑީނިއޯގެ ކޭމްޕް ރާވާފައިވަނީ މި މަހު 18 ވަނަ ދުވަހުއެވެ. ނ. މެދުފަރުގައި ތަރައްގީކޮށްފައިވާ ސޮނޭވާ ޖާނީގައި މި ކޭމްޕް ކުރިއަށްދާއިރު، ކޭމްޕުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު މި ހާރު ވަނީސޮނޭވާގެ ވެބްސައިޓް މެދުވެރިކޮށް ހުޅުވާލާފައެވެ. ސޮނެވާއިން މައުލޫމާތުދޭ ގޮތުން މި ފުރުސަތު ހުޅުވާލާފައި ވަނީ އެ ރިޒޯޓުގައި ތިބި ޒުވާން ފުޓްބޯޅަ ސަޕޯޓަރުންނަށެވެ.

ސޮނެވާއިން ހާމަކޮށްފައިވާ ގޮތުން މި ކޭމްޕް ކުރިއަށްގެންދާނީ 90 މިނެޓަށެވެ. އަދި ކޭމްޕުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި 1،500 ޑޮލަރު ހަމަޖައްސާފައިވާއިރު، ކޭމްޕުން ލިބޭ ހުރިހާ ފައިސާއެއް ދިނުމަށް ހަމަޖެހިފައިވަނީ ޗެރިޓީއަށެވެ. މި ކޭމްޕުގެ ތެރެއިން ރޮނާލްޑީނިއޯގެ ހުނަރު ދައްކާލައި، ޒުވާން ފުޓްބޯޅަ ކުޅުންތެރިން އެކުގައި ކުރިއަށްދާނެ ގޮތްތަކުގެ މައުލޫމާތުތައް ކިޔައިދޭނެއެވެ. އަދި ރޮނާލްޑީނިއޯއާއެކު ފޮޓޯ ނެގުމާއި، ޖާޒީގައި ސޮއިކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ރާއްޖޭގައި ރޮނާލްޑީނިއޯގެ ކޭމްޕެއް ބާއްވާއިރު، 2018 ވަނަ އަހަރު ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލި ރޮނާލްޑީނިއޯ އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅައާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން މީގެ ކުރިން އިންޑިއާގައިވެސް ރޮނާލްޑީނިއޯ ވަނީ ހަރަކާތްތަކެއްް ހިންގާފައެވެ.

ރޮނާލްޑީނިއޯއަކީ ބްރެޒިލުން 2002 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ތަށި އުފުލާލިއިރު މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. އަދި ބާސެލޯނާގައި ވިދާލި ރޮނާލްޑީނިއޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު 2005 އަދި 2006 ވަނަ އަހަރު ހޯދާފައެވެ.

ރޮނާލްޑީނިއޯސޮނޭވާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

24 މާރިޗު 2024

ބްރެޒިލްގެ ބައެއް ތަރިން ޖަލުގައި، އަނެއް ބަޔަކު އަޑިނޭނގޭ މައްސަލަތަކެއްގައި

24 މާރިޗު 2024
ބްރެޒިލްގެ ބައެއް ތަރިން ޖަލުގައި، އަނެއް ބަޔަކު އަޑިނޭނގޭ މައްސަލަތަކެއްގައި
22 ނޮވެމްބަރު 2023

ރޮނާލްޑީނިއޯ ބަނގުރޫޓްވެއްޖެ، ބޭންކް އެކައުންޓްގައި ހުރީ 6 ޑޮލަރު

22 ނޮވެމްބަރު 2023
ރޮނާލްޑީނިއޯ ބަނގުރޫޓްވެއްޖެ، ބޭންކް އެކައުންޓްގައި ހުރީ 6 ޑޮލަރު
03 ޖޫން 2023

ނ. އަތޮޅުގެ "އަލުން ބަލުން ރީސޭލް މާކެޓު" ބާއްވައިފި

03 ޖޫން 2023
ނ. އަތޮޅުގެ "އަލުން ބަލުން ރީސޭލް މާކެޓު" ބާއްވައިފި
19 ޑިސެމްބަރު 2022

އެހެން ކުޅުންތެރިންގެ ނެތް ކޮލެޓީ މެސީގެ އެބަހުރި، 50 އަހަރު ވަންދެން ކުޅެވޭނެ: ރޮނާލްޑީނިއޯ

19 ޑިސެމްބަރު 2022
އެހެން ކުޅުންތެރިންގެ ނެތް ކޮލެޓީ މެސީގެ އެބަހުރި، 50 އަހަރު ވަންދެން ކުޅެވޭނެ: ރޮނާލްޑީނިއޯ
08 ނޮވެމްބަރު 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން ކުޅިވަރު ފެސްޓިވަލެއް ބާއްވައިފި

08 ނޮވެމްބަރު 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން ކުޅިވަރު ފެސްޓިވަލެއް ބާއްވައިފި
30 އޯގަސްޓު 2017

ސޮނޭވާ އަތުން ބަދަލުހިފާ ރިސޯޓް ވޮލީ ޗެމްޕިއަންސް ލީގު އަނަންތަރާ ކާމިޔާބުކޮށްފި

30 އޯގަސްޓު 2017
ސޮނޭވާ އަތުން ބަދަލުހިފާ ރިސޯޓް ވޮލީ ޗެމްޕިއަންސް ލީގު އަނަންތަރާ ކާމިޔާބުކޮށްފި
29 އޯގަސްޓު 2017

ރިސޯޓް ވޮލީ ޗެމްޕިއަންސް ލީގު: ފައިނަލުގައި ބައްދަލުކުރާނީ ސޮނޭވާ އަދި އަނަންތަރާ

29 އޯގަސްޓު 2017
ރިސޯޓް ވޮލީ ޗެމްޕިއަންސް ލީގު: ފައިނަލުގައި ބައްދަލުކުރާނީ ސޮނޭވާ އަދި އަނަންތަރާ
16 އޯގަސްޓު 2017

އިންޓަ ރިސޯޓު މުބާރާތުގެ ޒޯނު ފަހެއްގެ ޗެމްޕިއަންކަން ސޮނޭވާ ފުށި ހޯދައިފި

16 އޯގަސްޓު 2017
އިންޓަ ރިސޯޓު މުބާރާތުގެ ޒޯނު ފަހެއްގެ ޗެމްޕިއަންކަން ސޮނޭވާ ފުށި ހޯދައިފި
16 އޯގަސްޓު 2017

އަނަންތަރާ އަދި ސޮނޭވާ ބައްދަލު ކުރާ ފައިނަލް މެޗު މިއަދު ކުޅެން ނިންމައިފި

16 އޯގަސްޓު 2017
އަނަންތަރާ އަދި ސޮނޭވާ ބައްދަލު ކުރާ ފައިނަލް މެޗު މިއަދު ކުޅެން ނިންމައިފި
15 އޯގަސްޓު 2017

ވީއޭއެމް އެކްސޯގެ ބައެއް މެމްބަރުން އަދި އޮފިޝަލުން ސޮނޭވާ އަށް އަރުވަން ދެކޮޅު ހެދުމުން ފައިނަލް މެޗު ކެންސަލްކޮށްފި

15 އޯގަސްޓު 2017
ވީއޭއެމް އެކްސޯގެ ބައެއް މެމްބަރުން އަދި އޮފިޝަލުން ސޮނޭވާ އަށް އަރުވަން ދެކޮޅު ހެދުމުން ފައިނަލް މެޗު ކެންސަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް