Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓާ ރިސޯޓް ވޮލީ މުބާރާތް

އިންޓަ ރިސޯޓު މުބާރާތުގެ ޒޯނު ފަހެއްގެ ޗެމްޕިއަންކަން ސޮނޭވާ ފުށި ހޯދައިފި

ސޮނޭވާ ފުށިން މެޗު ކާމިޔާބުކޮށްފައިވަނީ ތިން ސެޓު އެއް ސެޓުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 16 އޯގަސްޓު 2017 | ބުދަ 16:30
ސޮނެވާ ޓީމުން އުފާ ފާޅުކުރަނީ

ސޮނެވާ ޓީމުން އުފާ ފާޅުކުރަނީ

18 ވަނަ އިންޓަ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ޗެމްޕިއަންކަން ސޮނޭވާ ފުށިން ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު އަނަންތާރާ ކިހަވަށް ވިލާސް އާއި ވާދަކޮށް ސޮނޭވާ ފުށިން ކާމިޔާބު ކޮށްފައި ވަނީ ތިން ސެޓު އެއް ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ސޮނޭވާ އިން ގެންގޮސްފައި ވަނީ 25-21، 25-22، 16-25 އަދި 25-22 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސޮނޭވާގެ ޖާޒީ ނަމްބަރު 12 އަލީ ހުޒާމްއެވެ. މި މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ އަމިއްލަ ފުށިންނެވެ.

މި މުބާރާތުގެ ޑްރީމް ޓީމަށް ހޮވިފައިވަނީ ސޮނޭވާގެ ޖާޒީ ނަމްބަރު 12 އަލީ ހުޒާމާއި، ސޮނޭވާގެ ޖާޒީ ނަމްބަރު 4 ޑޮން ސުމޭޑާއާއި އެ ޓީމުގެ ޖާޒީ ނަމްބަރު 11 މުހައްމަދު އަގީލްއެވެ. މީގެ އިތުރުން މި ޓީމުގައި އަމިއްލަ ފުށީގެ މުހައްމަދު އަހުސަންއާއި ހަސަން ނިލާމް ހިމެނެއެވެ.

މުބާރާތުގެ އެންމެ މޮޅު ސެޓަރަކަށް ހޮވިފައި ވަނީ އަނަންތާރާގެ އިޝާން މުހައްމަދެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވިފައިވަނީ ސޮނޭވާގެ މުހައްމަދު އަސްލަމެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ އަނަންތާރާގެ ޖާޒީ ނަމްބަރު 9 އިސްމާއިލް ސާޖިދެވެ. އަދި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ ސޮނެވާގެ ހުސައިން ރަޒާންއެވެ. މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ އަނަންތާރާގެ ކޯޗު އަބްދުﷲ ނަޝީދެވެ.

މި މެޗަކީ އިއްޔެ ކުޅުމަށް ހަމަޖެހިފައި އޮތް މެޗެކެވެ. އެހެން ނަމަވެސް ދިމާވި އެކި މައްސަލަތަކާއިހުރެ މެޗު ކުޅެވިފައި ވަނީ މިއަދުއެވެ. އެ ގޮތުން މުބާރާތުގެ ފައިނަލް މެޗަށް ސޮނެވާ ފުއްޓަށް އިއްޔެ ދިޔަ ވޮލީބޯލް އެސޯސިއޭޝަންގެ ބައެއް އޮފިޝަލުންނާއި އެކްސްކޯ މެމްބަރުންނަށް ވަނީ އެ ރިސޯރޓަށް އެރޭގޮތް ނުވެފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު