Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ގެމެންދޫ އަކީ ސުނާމީ އެރުމަށްފަހު ފަޅުވެފައިވާ ރަށެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 މެއި 2021 | ހޯމަ 06:58
ޝިފާ ފެނުމުން ޝިފާއާ ސީޒަން ސުވާލުކުރަނީ

ޝިފާ ފެނުމުން ޝިފާއާ ސީޒަން ސުވާލުކުރަނީ

މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށް ރާއްޖެޓީވީން ގެނެސްދޭ ރިއަލިޓީ ޝޯވ "ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް" ވަނީ އާންމުންގެ މަގުބޫލުކަން ހޯދާފައެވެ. އެގޮތުން އެންމެ ފަހުން ގެނެސްދިން ޝޯވ ފޭސްބުކް ލައިވް މެދުވެރިކޮށް 24،100ށްވުރެ ގިނަ މީހުން ބަލާފައިވާއިރު 1200 މީހުން ވަނީ ކޮމެންޓްކޮށްފައެވެ.

އެންމެ ފަހުން ދެއްކި ޝޯވގައި އާންމުން އަދި ޝޯވގެ ބައިވެރިން އެންމެ ކަންބޮޑުވީ ޝިފާ ގެއްލުމުންނެވެ. ޝިފާ ގެއްލުނުކަން އެމީހުންނަށް ވެސް އެނގުނީ ޓާސްކްތަކެއް ފުރިހަމަ ކުރުމަށްޓަކައި ހޯދުމުންނެވެ. މި ޝޯވ ހުށަހަޅައިދޭ މަޝްހޫރު ފިލްމީތަރި އަލީ ސީޒަން އާއި ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމާއި ޝޯވގެ ބައިވެރިން ޝިފާ ހޯދުމުގެ މަސައްކަތް ފެށިއެވެ. މުޅި ރަށް ހޯދައި ބެލިއިރުވެސް ޝިފާ ނުފެނުމުން އެންމެން ވަރަށް ހާސްވިއެވެ. އެންމެ ފަހުން ސިފައިންގެ ސްޕެޝަލް ފޯސްގެ ޓީމުގެ އެހީތެރިކަމަށް އެދުނެވެ.

ސިފައިންގެ ސްޕެޝަލް ފޯސްގެ ޓީމުން ޝިފާ ހޯދުމުގެ މަސައްކަތް ފެށިއެވެ. ކައިރީގައި ޖެހިގެން ހުރި ރަށްރަށް ވެސް ބަލަމުންދިޔައިރު ޝިފާ ފެނުނީ ދ. ގެމެންދޫގެ ގޮޑުދޮށުގައި އެކަނިމާ އެކަނި އިށީދެގެން އިން ތަނެވެ. އެ ރަށަކީ ސުނާމީ އެރުމަށްފަހު ފަޅަށް އޮންނަ ރަށެކެވެ. ޝިފާ އެ ރަށުން ފެނުމުން އެކަމާ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. ޝިފާ ފެނުނުއިރު އޭނަ ހުރީ ބިރުގެންފައިވާ ކަހަލަ ގޮތަކަށެވެ. އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއެވެ. ކަނު އަނދިރީގައި ޝިފާ އެތަނަށް ގޮސް އިން ސަބަބު އެކަކަށް ވެސް ނުވިސްނެއެވެ. ޝިފާ ފެނުމުން ސިފައިންގެ ސްޕެޝަލް ފޯސްގެ ޓީމުން ވަނީ އޭނާ ރައްކާތެރިކަމާއެކު ޝޯވގެ ބައިވެރިންނާއި ހަމައަށް ގެންގޮސްދީފައެވެ.

ޝިފާ ގެއްލުނު ސަބަބު ހޯދުމަށްޓަކައި ވަރަށް ގިނަ އާންމުން ތިބީ ކެތްމަދުވެފައެވެ. ހިތުގައި އެތައް ސުވާލުތަކެއް އުފެދިގެން ދިޔައެވެ. ޝިފާ ބުނީ ރަށުގައި ހުރެފައި ދ. ގެމެންދޫއަށް ދިޔައީ ކީއްކުރަން ކަމެއް އަދި ދެވުނީ ކިހިނެއް ކަމެއްވެސް ހަނދާނެއް ނެތް ކަމަށެވެ. މި ޝޯވ ޝޫޓްކޮށްފައިވާ ދ. އަތޮޅުގެ ފަޅު ރަށް ބަރިއަކީ އެއް ރަށާއި އަނެއް ރަށާ ދެމެދު ހިނގާފައި ހުރަސް ކުރެވޭ ވަރަށް ތިލަ ފަޅެއްގެ ތެރޭގައި ހުންނަ ރަށްތަކެކެވެ. ޝޯވ ގެ ބައިވެރިން އެއް އެޕިސޯޑަށް ފަހު އަނެއް އެޕިސޯޑަށް ޖެހިގެން އޮންނަ ރަށަށް ދަނީ މޫދުގެ ތެރޭގައި ހިނގާފައެވެ. އެހެންކަމުން ޝިފާ ގެއްލުނު ރޭ އޭނާ ދިޔަނަމަ، ދާނީ ވެސް ފަޅު ތެރެއިން އެކަނި ހިނގާފައި ކަމަށް ގަބޫލުކުރެވެއެވެ. ޝިފާ ގެއްލުނު ސަބަބާ ގުޅޭ ގޮތުން މަނިކު ބުނެފައިވަނީ މީގެ ކުރިން ވެސް ޝޫޓިނެއްގައި އެހެން ރަށެއްގައި އުޅުނުއިރު އެކަހަލަ ހާދިސާތަކެއް ދިމާވި ކަމަށެވެ.

ޝިފާ އާއި މަނިކުގެ ގުޅުން ޝޯވގައި އެހާ ވަރުގަދަކޮށް ފެނިގެނެއް ނުދެއެވެ. މީގެ ކުރީގެ އެޕިސޯޑުތަކުގައި އެކި ޓާސްތައް ފުރިހަމަ ކުރިއިރު ޝިފާ އާއި މަނިކުއާ ދެމެދު ޒުވާބުތަކެއް ހިނގިއެވެ. ޝޯވގެ ބެލުންތެރިންގެ ފަރާތުން ޝިފާއަށް މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވިއެވެ. މަނިކަކީ ފިލްމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މީހަކަށް ވުމާއި މަނިކަށާއި މަނިކުގެ މަސައްކަތްތަކަށް ޝިފާ އިހުތިރާމު ކުރަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. ޝިފާއަށް އަޒާމުވި ފާޑުކިޔުންތަކާއެކު ވެސް އޭނާ މިވަނީ އަނެއްކާވެސް އާންމުންގެ ލޯބި ހޯދާފައެވެ.

އެންމެ ފަހު އެޕިސޯޑުގައި މޫދުގައި ތިބެ ފިރަމިޑް ވައްތަރަށް ހުރި އެއްޗެއްގެ އެންމެ މައްޗަށް ހުރިހާ ބައިވެރިން އަރަން ޖެހުނެވެ. މި ޓާސްކަކީ މޫދުގައި ފައި ބެލެންސްކޮށްގެން ފުރިހަމަ ކުރަންޖެހޭ ޓާސްކަކަށް ވުމުން ޝޯވގެ ފިރިހެން ބައިވެރިންނަށް ވެސް މި ޓާސްކް އުނދަގޫވެގެން ދިޔައެވެ. ޓާސްކް ފުރިހަމަކޮށްފައިވަނީ ހަމައެކަނި ޝިފާއެވެ. އޭނާ އެކަނި މި ޓާސްކް ފުރިހަމަ ކުރުމުން އާންމުން ވަނީ ޝިފާގެ ހިތްވަރަށް ސާބަސް ދީފައެވެ. މިހާރު މި ސީރީޒްގެ ފައިނަލް ޝޯވގެ ޓްރެއިލަރ ވަނީ އާންމުކޮށްފައެވެ.

ޕްރިސްޓާ އޮއިލް ސެލެބްރިޓީ ރޭސް

އިތުރަށް ކިޔާލަން

25 މެއި 2021

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

25 މެއި 2021
ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
15 މެއި 2021

"ސެލެބްރިޓީ ރޭސް" ގެ ޗެމްޕިއަން ޓީމަކަށް ނާއްކޮއާއި ޖުމާ

15 މެއި 2021
"ސެލެބްރިޓީ ރޭސް" ގެ ޗެމްޕިއަން ޓީމަކަށް ނާއްކޮއާއި ޖުމާ
14 މެއި 2021

ސެލެބްރިޓީ ރޭސް ފައިނަލް ޝޯވ މިރޭ 10:00 ގައި

14 މެއި 2021
ސެލެބްރިޓީ ރޭސް ފައިނަލް ޝޯވ މިރޭ 10:00 ގައި
15 އެޕްރީލު 2021

ސެލެބްރިޓީ ރޭސްގެ ފުރަތަ ޝޯ މިރޭ 11:00 ގައި

15 އެޕްރީލު 2021
ސެލެބްރިޓީ ރޭސްގެ ފުރަތަ ޝޯ މިރޭ 11:00 ގައި
30 ޖެނުއަރީ 2020

ހުރަވީ ދުވަހުގެ އިލްމީ ތަޤްރީރާއެކު ޝިފާނަށް ތަޢުރީފް!

30 ޖެނުއަރީ 2020
ހުރަވީ ދުވަހުގެ އިލްމީ ތަޤްރީރާއެކު ޝިފާނަށް ތަޢުރީފް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު