Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް

ސެލެބްރިޓީ ރޭސް ފައިނަލް ޝޯވ މިރޭ 10:00 ގައި

ގްރޭންޑް ޕްރައިޒް ގޮތުގައި ޖީއެން ސައިކަލަކާއި، ސްކޫޕީ ސައިކަލެއް ލިބޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 މެއި 2021 | ހުކުރު 12:17
ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް ޝޫޓިންގެ ތެރެއިން

ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް ޝޫޓިންގެ ތެރެއިން

މިއަހަރުގެ ރަމަޟާންމަހަށް ޚާއްސަކޮށް ރާއްޖެޓީވީން ގެނެސްދެމުންދާ ރިއަލިޓީ ޝޯވ "ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް" ގެ ފައިނަލް ޝޯވ ހުކުރު ދުވަހުގެރޭ 10:00ށް ޝެޑިއުލްކޮށްފިއެވެ.

މި ޕްރޮގްރާމް ދެއްކުމަށް ކުރިން ތާވަލުކޮށްފައި އޮތީ 13 މެއި 2021 ވީ ބުރާސްފަތި ދުވަހުގެރޭ 11:00 ގައެވެ. ނަމަވެސް މިހާރު ޕޮރޮގްރާމް ވަނީ ހުކުރު ދުވަހުގެރޭ (މިރޭ) 10:00ށް ރީޝެޑިއުލް ކުރެވިފައެވެ. ރާއްޖެޓީވީ އާއި އެސް ޕްރޮޑަކްޝަން ގުޅިގެން ކުރިއަށް ގެންދާ މި ޝޯވ ގެ ޝޫޓިންގ ކުރިއަށް ދިޔައިރު، ޝޯވ ގައި ހަރަކާތްތެރިވި ފަރާތްތަކާއި ކްރޫއަށް ސޭފްޓީ އެންޑް ރެސްކިއު ސަޕޯޓު ދިނުމުގެ ގޮތުން އެމްއެންޑީއެފްގެ ޓީމަކުން ޝޫޓިން ކުރިއަށްދިޔަ ސަރަޙައްދުގައި ވަނީ ބޮޑު ހަރަކާތެއް ހިންގައިދީފައެވެ.

Advertisement - newsAdvertisement

މި ޝޯވ ޑައިރެކްޓްކޮށް އަދި ހުށަހަޅައިދެނީ މަޝްހޫރު ފިލްމީތަރި އަލީ ސީޒަންއާއި، ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމެވެ.

މި ޝޯވ އިން އެއްވަނައަށް އަންނަ ޓީމަކަށް ގްރޭންޑް ޕްރައިޒް ގޮތުގައި ޖީއެން ސައިކަލަކާއި، ސްކޫޕީ ސައިކަލެއް ހުށަހަޅާފައިވެއެވެ. ރާއްޖޭގައި މިހާތަނަށް ހެލިކޮޕްޓަރ ބޭނުންކޮށްގެން އުފެއްދި އެންމެ ބޮޑު ރިއަލިޓީ ޝޯވ އަށް ބެލުންތެރިންގެ އާދަޔާ ޚިލާފު ތަރުހީބެއް ދަނީ ލިބެމުންނެވެ.

ސެލެބްރިޓީ ރޭސްއަކީ ސަރވައިވަލް ޝޯވއެއްގެ ގޮތުގައި ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ ޝޯވ އެވެ. ދ. އަތޮޅުގެ 11 ފަޅު ރަށެއްގައި ޝޫޓުކޮށްފައިވާ މި ޝޯވ އިން ރާއްޖޭގެ މަޝްހޫރު ފިލްމީ ފަންނާނުންގެ އާދަޔާ ޚިލާފު މޮޅު ހުނަރުތަކެއް ދަނީ ފެންނަމުންނެވެ. މިގޮތުން ފިލްމީ ދާއިރާގެ ދުވަސްވީ ފަންނާނުންނާއެކު، މިފަހުން އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓިކްޓޮކް ތަރިންވެސް ހިމެނެއެވެ.

ޕްރިސްޓާ އޮއިލް ސެލެބްރިޓީ ރޭސްރާއްޖެ ޓީވީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
21 އޮކްޓޯބަރު 2025

"އައްޑޫއަށް މޮޅީ ކޮންގޮތެއް؟" ރާއްޖެޓީވީގެ ޙާއްސަ ބަހުސް ބުދަ ދުވަހުގެ ރޭ!

21 އޮކްޓޯބަރު 2025
"އައްޑޫއަށް މޮޅީ ކޮންގޮތެއް؟" ރާއްޖެޓީވީގެ ޙާއްސަ ބަހުސް ބުދަ ދުވަހުގެ ރޭ!
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
03 އޮކްޓޯބަރު 2025

އެސެޓް ރިކަވަރީ ގާނޫނަކީ ރައްޔިތުންނަށް ދައްކާ ދަޅައެއް، އަޅުގަނޑު އަތުގައި ފައިސާއެއް މުދަލެއް ނެތް: ފައްޔާޒް

03 އޮކްޓޯބަރު 2025
އެސެޓް ރިކަވަރީ ގާނޫނަކީ ރައްޔިތުންނަށް ދައްކާ ދަޅައެއް، އަޅުގަނޑު އަތުގައި ފައިސާއެއް މުދަލެއް ނެތް: ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު