Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސެލެބްރިޓީ ރޭސް ސީޒަން 1

"ސެލެބްރިޓީ ރޭސް" ގެ ޗެމްޕިއަން ޓީމަކަށް ނާއްކޮއާއި ޖުމާ

ނާއްކޮއާއި ޖުމާއަށް ގްރޭންޑް ޕްރައިޒް ގޮތުގައި ޖީއެން ސައިކަލަކާއި ސްކޫޕީ ސައިކަލެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 މެއި 2021 | ހޮނިހިރު 12:47
ސެލެބްރިޓީ ރޭސް ސީޒަން 1 ގެ ޗެމްޕިއަން ޓީމް

ސެލެބްރިޓީ ރޭސް ސީޒަން 1 ގެ ޗެމްޕިއަން ޓީމް

މިއަހަރުގެ ރަމަޟާންމަހަށް ޚާއްސަކޮށްގެން ރާއްޖެޓީވީން ގެނެސްދީފައިވާ ރިއަލިޓީ ޝޯވ "ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް" ގެ ފުރަތަމަ ސީޒަނުގެ ޗެމްޕިއަން ޓީމަކަށް ނާޝިދާ މުހައްމަދު (ނާއްކޮ) އާއި، އިސްމާއިލް ޖުމައިހު (ޖުމާ) ހޮވިއްޖެއެވެ.

މި ޝޯވގައި ބައިވެރިވެފައިވާ ފަންނާނުންނަކީ، މުހައްމަދު މަނިކު، ޖުމާ، ޝަރާ، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އީސާ (އާނަންދު)، ޖާދުﷲ، ޝިފާ އަދި އާޝާއެވެ. އެގޮތުން ސީޒަން 1 ގެ ޗެމްޕިއަން ޓީމަކަށް ނާއްކޮ އަދި ޖުމާ ހޮވިފައިވާއިރު، ނާއްކޮއާއި ޖުމާއަށް ގްރޭންޑް ޕްރައިޒް ގޮތުގައި ޖީއެން ސައިކަލަކާއި، ސްކޫޕީ ސައިކަލެއްގެ އިތުރުން، 11،000 ރުފިޔާ ވަނީ ލިބިފައެވެ.

Advertisement - newsAdvertisement

މި ސީޒަނުގެ ރަނަރ އަޕް ޓީމަކަށް ޖާދު އާއި ޝަރާ ހޮވިފައިވާއިރު، 3 ވަނަ ޓީމަކަށް ހޮވިފައިވަނީ އާނަންދު އަދި ޝިފާގެ ޓީމެވެ. އަދި މި ޝޯވގެ ތެރެއިން އަނިޔާވި މަނިކުއާއި އޭނަގެ ޕާޓްނަރ އާޝާ ވަނީ މި ސީޒަނުގެ 4 ވަނައަށް ހޮވިފައެވެ.

މަނިކުއާއި އާޝާއަށް 4 ވަނަ ލިބިފައިވީނަމަވެސް، މި ސީޒަނުގެ "ބެލުންތެރިންގެ މެދުގައި އެންމެ މަގްބޫލު ޓީމް" އަކަށް ހޮވިފައިވަނީ މަނިކާއި އާޝާގެ ޓީމެވެ. މި ޓީމަށް އިނާމެއްގެ ގޮތުން 10،000 ރުފިޔާ ދީފައިވާއިރު، އެކި ވަނަތަކަށް އައި ޓީމުތަކަށްވެސް ތަފާތު އެކި އިނާމުތައް ދީފައިވެއެވެ.

ސެލެބްރިޓީ ރޭހަކީ ސަރވައިވަލް ޝޯވއެއްގެ ގޮތުގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ޝޯވ އެވެ. ދ. އަތޮޅުގެ 11 ފަޅު ރަށެއްގައި ޝޫޓުކޮށްފައިވާ މި ޝޯވ އިން ރާއްޖޭގެ މަޝްހޫރު ފިލްމީ ފަންނާނުންގެ އާދަޔާ ޚިލާފު މޮޅު ހުނަރުތަކެއް ވަނީ ފެނިފައެވެ. މި ޝޯވ ޑައިރެކްޓްކޮށް އަދި ހުށަހަޅައިދީފައިވަނީ މަޝްހޫރު ފިލްމީތަރި އަލީ ސީޒަންއާއި، ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމެވެ.

ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބިގެން ދިޔަ މި ޝޯވ ފޭސްބުކް މެދުވެރިކޮށްވެސް 3 ލައްކައަށްވުރެ ގިނަ މީހުން ބަލާފައިވާއިރު، އަންނަ އަހަރުވެސް މި ޝޯވގެ އިތުރު ސީޒަނެއް ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝޯވ ގެ ޑައިރެކްޓަރުން ކަމަށްވާ އާމިރާއި ސީޒަން މައުލޫމާތު ދެއްވައެވެ.

ޕްރިސްޓާ އޮއިލް ސެލެބްރިޓީ ރޭސްރާއްޖެޓީވީ ޕްރޮގްރާމްސް

އިތުރަށް ކިޔާލަން

04 ޖޫން 2022

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

04 ޖޫން 2022
އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
07 މެއި 2022

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

07 މެއި 2022
އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
23 އެޕްރީލު 2022

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: 6 ބައިވެރިންގެ ވޯޓާއެކު، ސުހާ އެލިމިނޭޓްވެއްޖެ

23 އެޕްރީލު 2022
ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: 6 ބައިވެރިންގެ ވޯޓާއެކު، ސުހާ އެލިމިނޭޓްވެއްޖެ
11 ފެބުރުއަރީ 2022

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

11 ފެބުރުއަރީ 2022
ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
15 ޖެނުއަރީ 2022

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

15 ޖެނުއަރީ 2022
11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު