Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިންޖެހި މީހުންގެ ތަފާސްހިސާބު

ވެކްސިނުގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 130،000ން މައްޗަށް!

ރާއްޖެއިން ވެކްސިނުގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދަކީ 300،906

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 9 މެއި 2021 | އާދީއްތަ 20:08
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނުގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނުގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ރާއްޖޭގައި ކޮވިޑް ވެކްސިނުގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 130،000ން މައްޗަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހޮނިހިރު ދުވަހު 242 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އޭގެ ތެރެއިން 133 މީހުން ވެކްސިން ޖަހާފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި 109 މީހުން އަތޮޅު ތެރެއިން ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ.

Advertisement - newsAdvertisement

ވެކްސިނުގެ ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދަށް ބަލާއިރު، ހޮނިހިރު ދުވަހު ޖުމްލަ 2،719 މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ. އޭގެތެރެއިން އެންމެ ގިނަ މީހުން ދެވަނަ ޑޯޒް ޖަހާފައި ވަނީ އަތޮޅު ތެރެއިންނެވެ. އަތޮޅު ތެރެއިން 2364 މީހުން ދެވަނަ ޑޯޒް ޖަހާފައި ވާއިރު، މާލެެއިން ދެވަނަ ޑޯޒް ޖެހީ 355 މީހުންނެވެ.

އެއާއެކު، މިހާތަނަށް ރާއްޖެއިން ވެކްސިނުގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދަކީ 300،906 އެވެ. މިހާތަނަށް ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 130،886ށް އަރާފާއެވެ.

މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިނުގެ ދެވަނަ ޑޯޒު ޖެހުން ހުއްޓާލާފައިވާއިރު އެ ވެކްސިނުގެ މިވަގުތު ބާކީ ހުރީ 1700 ޑޯޒް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެހެންނަމަވެސް ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށް އެސްޓްރަޒެނަކާ ވެކްސިން ބޭނުން ކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން ބުނީ ހަމަ އެއް ފޯމިއުލާއެއް ބޭނުން ކޮށްގެން އުފައްދާފައިވާ އެސްޓްރަޒެނެކާ ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު